Roadha Mihaaru
ބޭރުގެ އެކަމަޑީއަކުން ޕައިލެޓުންނަށް ހާއްސަ ނެޓްވޯކިން އިވެންޓެއް

ރޯޔަލް އޭވިއޭޝަން އެކަޑަމީން އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބާއްވަނީ

18 އެޕްރީލް 2023

ދިވެހި ގިނަ އަދަދެއްގެ ޕައިލެޓުން ތަމްރީނު ހޯދަމުން އަންނަ ފިލިޕީންސްގެ ރޯޔަލް އޭވިއޭޝަން އެކަޑަމީން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން ސެޝަނެއް ބާއްވަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިވެހި ގިނަ އަދަދެއްގެ ޕައިލެޓުން ތަމްރީނު ހޯދަމުން އަންނަ ފިލިޕީންސްގެ ރޯޔަލް އޭވިއޭޝަން އެކަޑަމީން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން ސެޝަނެއް ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގެ އިވެންޓް އޮގަނައިޒާ، ހައިރައިޒްއާ ގުޅިގެން އެ އެކަޑަމީން މި މަހުގެ 29 ވަނަ ދުވަހު ބާއްވާ މި އިވެންޓް ކުރިއަށް ދާނީ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގަ އެވެ.

ހައިރައިޒުން ބުނީ މި އިވެންޓުގައި ރޯޔަލް އޭވިއޭޝަން އެކަޑަމީގެ ހެޑް އޮފް ޓްރެއިނިން ކެޕްޓަން މަދޫ ޕުލިއަން ކަލަތު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އޭގެ އިތުރުން ވެސް އެ އެކަޑަމީގެ އިސް ބައެއް ފަރާތްތަކުން އެ ސެޝަންގައި ބައިވެރިވާނެ އެވެ.

ރޯޔަލް އެކަޑަމީން ޕައިލެޓް ކޯސް ފުރިހަމަކޮށް ރާއްޖޭގައި ގިނަ އަދަދެއްގެ ޕައިލެޓުން މަސައްކަތުގައި އުޅޭ އިރު، މިހާރު ވެސް އަންނަނީ އެ އެކަޑަމީގައި ގިނަ އަދަދެއްގެ ކުދިން އަންނަނީ ކިޔަވަމުންނެވެ. އެ އެކަޑަމީގައި މިވަގުތު ވެސް 80 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ އިރު މި އަހަރު ވެސް އިތުރު 50 ކުދިން ވަނީ ޕައިލެޓް ޓްރެއިނިން ކޯހުގައި ބައިވެރިވެފަ އެވެ.

އެ އެކަޑަމީ އިން ޕީޕީއެލް އާއި ސީޕީއެލް، މަލްޓި އިންޖީން، އޭޓީޕީއެލް ތިއަރީ އަދި ގްރައުންޑް، ފްލައިޓް އެންޑް ގްރައުންޑް އިންސްޓްރަކްޓާ ކޯސްތައް ކުރިއަށްދާނެ އެވެ.

އެ އިވެންޓުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އޮންލައިންކޮށް ރެޖިސްޓާވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.