12 އެޕްރީލް 2023
އިންޑިއާގެ ބިލިއަނަރު، ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕަށް މާލީ ތާށިކަން ކުރިމަތިވެ އެ ކުންފުނީގެ ދަށުން ހިންގާ އެފްކޮންސް އިންސްފްރާސްޓްރަކްޗާ ވިއްކާލަން ނިންމައިފި އެވެ. އެފްކޮންސް އަކީ، ވިލިމާލެ- ތިލަފުށި- ގުޅިފަޅު- މާލެ ގުޅައިލާ ބްރިޖާއި އައްޑޫގެ މަގުތައް ހަދަން ހަވާލުކޮށްފައިވާ ކުންފުންޏެވެ.
އިންޑިއާގެ ބިލިއަނަރު، ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕަށް މާލީ ތާށިކަން ކުރިމަތިވެ އެ ކުންފުނީގެ ދަށުން ހިންގާ އެފްކޮންސް އިންސްފްރާސްޓްރަކްޗާ ވިއްކާލަން ނިންމައިފި އެވެ. އެފްކޮންސް އަކީ، ވިލިމާލެ- ތިލަފުށި- ގުޅިފަޅު- މާލެ ގުޅައިލާ ބްރިޖާއި އައްޑޫގެ މަގުތައް ހަދަން ހަވާލުކޮށްފައިވާ ކުންފުންޏެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން އެސްޕީ ގްރޫޕުން އަންނަނީ އެ ކުންފުނީގެ ދެ ބިލިއަން ޑޮލަރުގެ އެސެޓް ވިއްކާލަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި އެ ކުންފުނީގެ ދަށުން އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު އެއް ޕޯޓު ކަމަށްވާ ގޯޕާލްޕޫރު ޕޯޓު ހިމެނެ އެވެ.
އިންޑިއާގެ އެސްޕީ ގްރޫޕަކީ 1865 ވަނަ އަހަރުން ފެށިގެން އޭޝިއާގެ އެކި ގައުމުތަކުގައި ލަގްޒަރީ ހޮޓާތަކާއި ސްޓޭޑިއަމްތަކާއި ފެކްޓްރީތައް އަޅަމުން އައި ކުންފުންޏެކެވެ. އެ ކުންފުނީގެ ދަށުން އަޅާފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ހޮޓަލަކީ މުމްބާއީގައި ހުރި ތާޖް މަހަލް ޕެލަސް އެވެ. އެސްޕީގެ ދަށުން ހިންގާ އެފްކޯންސް އަކީ ޓަނަލް އާއި ބްރިޖާއި މަގުތައް ހެދުމަށް ހާއްސަ ކުންފުންޏެވެ.
އެފްކޮންސްގެ މުވައްޒަފުން އައްޑޫ ސިޓީގެ މަގު ހެދުމުގެ މަސައްކަތުގައި: އެ ޕްރޮޖެކްޓަށް 1.1 ބިލިއަން ރުފިޔާ ހޭދަވޭ-- ފޮޓޯ: މިހާރު
އެފްކޮންސް ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އަގު ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ، ބްރިޖަށް 8.2 އަދި އައްޑޫ މަގުތައް ހެދުމަށް 1.1 ބިލިއަން ރުފިޔާ އެވެ.
ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރުގެ އެސްޕީ ގްރޫޕުގެ އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓާޓާ ކުންފުނިންނެވެ. އެހެން ނަމަވެސް ޓާޓާ ކުންފުނީގެ އެތެރޭގެ މައްސަލަތަކާ ގުޅިގެން، އެ ކުންފުނީގެ 90 ޕަސެންޓް އެސެޓު ހުރީ ހޯލްޑްކޮށްފަ އެވެ.
މާލީ ގޮތުން އެސްޕީ އަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް މިދިޔަ އަހަރު އެ ކުންފުނިން ވަނީ 536 މިލިއަން ޑޮލަރުގެ، ޕިއުރިފަޔާ އުފައްދާ ކުންފުނި، ޔުރެކާ ފޯބްސް ލިމިޑެޓް ވެސް ވިއްކާލައިފަ އެވެ. އެ ކުންފުނި ވިއްކާލުމަށް ފަހު އެސްޕީއިން ވަނީ 1.5 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައިފަ އެވެ.
ތިލަމާލެ ބްރިޖުގެ 33 ޕަސެންޓް މަސައްކަތް ނިމިއްޖެ
ފެނުން މައްޗަށް ނޭރިއަސް ބްރިޖަށް 2.8ބިލިއަން ރުފިޔާ
ރައީސް ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓަށް
އެފްކޮންސްގެ ޖޫރިމަނާ މުރާޖައާ ކުރާތާ އަހަރެއް ވަނީ
ވިލިމާލެ ފަރު ފޫއަޅުވައިލިތާ 8 މަސް: އަޅައެއް ނުލި!
އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 74 މީހަކަށް އަނިޔާ
ޑިސެމްބަރުގައި ބްރިޖުމަތިން ވިލިމާލެއަށް ދެވޭނެ
ބްރިޖުގެ ޑިޒައިން އާންމުނުކުރާތީ އިދިކޮޅުގެ ކަންބޮޑުވުން
ވިލިމާލެ ފަރަށް ގެއްލުންވި މައްސަލަ އިސްތިއުނާފުކޮށްފި
ބްރިޖު އެޅުމަށް ބޭނުންކުރާ ކެރޭނެއްގެ ބައެއް ވެއްޓިއްޖެ