13 އެޕްރީލް 2023
މަޝްހޫރު ނިންޓެންޑޯ ގޭމް "ސުޕަ މާރިއޯ" ގެ ކެރެކްޓާތަތަކަށް ބިނާކޮށް އުފައްދާފައިވާ އެނިމޭޓެޑް ފިލްމު "ދަ ސުޕަމާރިއޯ ބްރޯސް. މޫވީ" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
މަޝްހޫރު ނިންޓެންޑޯ ގޭމް "ސުޕަ މާރިއޯ" ގެ ކެރެކްޓާތަތަކަށް ބިނާކޮށް އުފައްދާފައިވާ އެނިމޭޓެޑް ފިލްމު "ދަ ސުޕަމާރިއޯ ބްރޯސް. މޫވީ" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
މި މަހު ހަތަރެއްގައި ސިނަމާތަކުގައި އެޅުވި އެ ފިލްމަށް ވަނީ ރިލީޒްކުރި ފުރަތަމަ ފަސް ދުވަސްތެރޭ ބައިނަލްއަގްވާމީ ޓިކެޓްތަކުން 173 މިލިއަން ޑޮލަރު އަދި ޑޮމެސްޓިކް ޓިކެޓުތަކުން 204 މިލިއަން ޑޮލަރު ހޯދައިފަ އެވެ.
"ދަ ސުޕަމާރިއޯ ބްރޯސް. މޫވީ" ގެ ކެރެކްޓާއިން
"ދަ ސުޕަމާރިއޯ ބްރޯސް. މޫވީ" 70 އަށް ވުރެ ގިނަ ގައުމުގައި އެޅުވިއިރު، ފުރަތަމަ ދުވަހު އެކަނިވެސް އެ ގައުމުތަކުން ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ. އޭގެ ތެރޭގައި، މެކްސިކޯ (27.4 މިލިއަން ޑޮލަރު)، ޖަރުމަން (14 މިލިއަން ޑޮލަރު)، ޗައިނާ (12 މިލިއަން ޑޮލަރު)، އަދި ފްރާންސް (10.4 މިލިއަން ޑޮލަރު) ފާހަގަކޮށްލެވެ އެވެ.
ބޮކްސްއޮފީހުގައި ލިބުނު ކާމިޔާބީގެ ސަބަބުން "މާރިއޯ" ކާޓޫނަށް ވަނީ ރެކޯޑުތަކެއް ވެސް ލިބިފަ އެވެ. އެއީ ބޮކްސްއޮފީހުގެ މި އަހަރުގެ "ބެސްޓް އިންޓަނޭޝަނަލް ޑެބިއު" ގެ ރެކޯޑާއި، ސިނަމާގެ ތާރިހުގައި ނިކުތް، ފިލްމު އެޅުވުމާއެކު އެންމެ ގިނަ އާމްދަނީ ހޯދި ދެވަނަ އެނިމޭޓެޑް ފިލްމުގެ ރެކޯޑެވެ.
"އިލުމިނޭޝަން" އާއި "ނިންޓެންޑޯ" އަދި "ޔުނިވާސަލް" ގުޅިގެން ހަދާފައިވާ މި ފިލްމުގެ ކެރެކްޓާތަކަށް އަޑުއެޅި އެކްޓަރުންތަކުގެ ތެރޭގައި ކްރިސް ޕްރެޓް އާއި ޗާލީ ޑޭ އާއި އަންޔާ ޓޭލޯ-ޖޯއީ އަދި ޖޭކް ބްލެކް ހިމެނެ އެވެ.
ބިލިއަން ޑޮލަރުގެ ފިލްމަކަށް އިންސައިޑް އައުޓް 2
ދެ ކާޓޫނެއްގެ ލައިވް އެކްޝަން ފިލްމު ހަދަނީ
"ސުޕަމާރިއޯ ބްރޯސް" އަށް 700 މިލިއަން ޑޮލަރު
އޮރިޖިނަލް ކާސްޓާ އެކު "ޝްރެކް" އެނބުރި އަންނަނީ
ބޮކްސް އޮފީހުގައި ސޮނިކްގެ ސްޕީޑް ބާރު
މި އަހަރު ދެ "ޕިނޯކިއޯ" އަންނާނެ
"ސްނޯ ވައިޓް" ހަދާތީ ޑިންކްލޭޖް ފާޑުކިޔައިފި
"ސުޕަ މާރިއޯ" އަކީ ކްރިސް
"ލިޓްލް މާމެއިޑް" ގެ ލައިވް-އެކްޝަން 2023 ގައި
ޑިޒްނީގެ "ރާޔާ އެންޑް ދަ ލާސްޓް ޑްރެގަން" މާޗް 5 ގައި