09 އެޕްރީލް 2023
ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މި އަހަރު އުމްރާ އަށް ދާ 200 އާ ގާތްކުރާ އަދަދެއްގެ ބަޔަކަށް ނުފުރި ލަސްވީ ވިސާ ނަގަން ހަވާލުކުރި ސައޫދީ އަރަބިއްޔާގެ ކުންފުނީގެ މައްސަލައަކުން ކަމަށާއި އެ މީހުންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ވެސް ހުރީ ދައްކާފައި ކަމަށް ސަފާ ގުރޫޕުގެ ވެރިޔާ އަބްދުﷲ ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މި އަހަރު އުމްރާ އަށް ދާ 200 އާ ގާތްކުރާ އަދަދެއްގެ ބަޔަކަށް ނުފުރި ލަސްވީ ވިސާ ނަގަން ހަވާލުކުރި ސައޫދީ އަރަބިއްޔާގެ ކުންފުނީގެ މައްސަލައަކުން ކަމަށާއި އެ މީހުންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ވެސް ހުރީ ދައްކާފައި ކަމަށް ސަފާ ގުރޫޕުގެ ވެރިޔާ އަބްދުﷲ ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ 18 އަހަރު ކުރިން ފެށިގެން ހައްޖަށާއި އުމްރާ އަށް މީހުން ގެންދާ ސަފާ ގުރޫޕްގެ ހަވާލުގައި މި ރޯދަމަހު އުމްރާ އަށް ދާ 181 މީހުން ފުރުން މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ކުއްލި ގޮތަކަށް ކެންސަލްކުރީ ވިސާ ހަމަނުޖެހޭ ކަމަށް ބުނެ އެވެ. އެހެންވެ، އެތައް ބައެއްގެ ފާޑުކިޔުމާއި ފިއްތުންތައް ސަފާ ގުރޫޕަށް ވަނީ ކުރިމަތިވެފަ އެވެ.
އެ ހުރިހާ ޕްރެޝަރުތަކާ އެކު، ސަފާ ގުރޫޕުން މިހާރު ވަނީ 181 މީހުން އުމްރާ އަށް ގެންދަން ފްލައިޓެއް ޗާޓަރު ކޮށްފަ އެވެ. އެ ޖަމާއަތުގެ ވެރިޔާ އަދި މެނޭޖިން ޑިރެކްޓަރު ނަސީމް "މިހާރު" އަށް ވިދާޅުވީ އަންނަ އަންގާރަ ދުވަހު އެ އެންމެން އުމްރާ އަށް ފުރުވައިލުމުގެ ހުރިހާ އިންތިޒާމެއް މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.
"އެ މީހުންގެ ވިސާގެ ހުރިހާ ކަމެއް މިހާރު ވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ އެއްވެސް މައްސަލައެއް ދެން ދިމައެއް ނުވާނެ،" ނަސީމް ވިދާޅުވި އެވެ.
އުމްރާވެރިންގެ ވިސާ ނަގައި ދިނުމުގެ ހުރިހާ ކަމެއް ސަފާ ގުރޫޕުން ފުރަތަމަ ހަވާލުކުރީ ސައޫދީގެ ކުންފުންޏެއް ކަމަށްވާ އުސޫލުލް ބައިތާ އެވެ. ނަސީމް ތުހުމަތު ކުރައްވާ ގޮތުގައި ވިސާ ހަމަނުޖެހި، ބޮޑު ކަންތައްގަނޑަކާ ކުރިމަތިލާން ޖެހުނީ ސައޫދީ ކުންފުންޏާ ގުޅިގެން ދިވެހިންގެ ބަޔަކު ދިން "ލަނޑެއްގެ" ސަބަބުންނެވެ.
"ފުރަތަމަ ވެސް ތިމަންނަމެންނަށް މި ކަން ނުކޮށްދެވޭނެއޭ ބުނި ނަމަ އެހެން ބަޔަކު ލައްވާ ވެސް ވަގުތު އޮއްވައި މިކަން ކުރެވުނީސް. ދެ ދުވަހާއި އެ ރޭގެ ހަތަރުދަން ދިޔައީ [ވިސާ] މި ނިންމައިދެނީއޭ، ހަމަޖެހެނީއޭ، އެބަ ލިބެއޭ ކިޔަމުން. އަޅުގަނޑު ބުނަމުން ދިޔައިން ކަލޭމެންނަށް އަޅުގަނޑުމެން ދިން ފައިސާ ނުލިބުނު ކަމަށް ވިޔަސް ތި ކެންސަލް ކުރާށޭ. ބުނާއިރަށް ބުނޭ، ވިސާ ސިސްޓަމްގައި އެބަހުއްޓޭ. ފޮނުވައިދެނީއޭ،" ނަސީމް ވިދާޅުވި އެވެ.
"އެ ކަހަލަ ދޮގާއި މަކަރުތަކެއް ހަދައިގެން ހިފަހައްޓަމުން ދިޔައީ. މާދަމާ ފުރާ ކަމަށް ވަންޏާ އެ ރޭގެ ދަންވަރު ދެގަޑި ބަޔާއި ތިން ގަޑި ބައިގައި ވެސް އަޅުގަނޑު ގުޅަމުން ދަނިކޮށް އެންމެ ފަހު ވަގުތު ބުނީ ވަރަށް ބޮޑަށް ސޮރީއޭ، ސިސްޓަމް އެއްކޮށް ފެއިލް ވެއްޖެއޭ. ދެން ނެތް އެހެން މީހަކާ ގުޅައިގެން ވިސާ ހަމަޖައްސާނެ ވަގުތެއް ވެސް."
ނަސީމް ވިދާޅުވީ، އެ ޖަވާބު ލިބުމާ އެކު އެހެން ތިން ކުންފުންޏަކަށް ގުޅުއްވި ކަމަށާއި ސިސްޓަމަށް ވިސާ އަޕްލޯޑް ކުރަން ހަ ގަޑިއިރު ނަގާނެ ކަމަށް އެ ކުންފުނިތަކުން އެންގި ކަމަށެވެ.
މި ރޯދަމަހު ސަފާ ގުރޫޕްގެ ހަވާލުގައި އުމްރާ އަށް ދާ މީހުންނާއެކު، އެ ގުރޫޕުން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި މީހުން.
"ފައިސާގެ އެއްވެސް މައްސަލައެއް ނޫޅޭނެ. އިސްލާމިކް މިނިސްޓްރީން ބޭނުންވެގެން އެ ހުރިހާ މުއާމަލާތްތަކެއް ވާނީ އެ މިނިސްޓްރީއާ ވެސް ހިއްސާ ކޮށްފައި. ވިސާ އަށް ފައިސާ ދެއްކި ތަފުސީލުތަކާއި ޕާސްޕޯޓް ސިސްޓަމަށް އަޕްލޯޑް ކުރި ތާރީހާއި މައްކާގެ ހޮޓަލަށް ދެއްކި ފައިސާގެ މުއާމަލާތުތައް ވެސް ވާނީ އިސްލާމިކް މިނިސްޓްރީ އަށް ސާފުކޮށްދީފައި. ލިޔެކިޔުންތައް ވެސް ފޮނުވިން،" ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވިސާގެ ކަންތައްތަކުގައި ލަނޑު ދިން ކުންފުންޏަށް ސަފާ ގުރޫޕުން ވަރަށް ބޮޑަށް އިތުބާރު ކުރި ކަމަށާއި ވިސާ ނެގުމަށް ފަހު، އުމްރާ ނިންމާފައި ފައިސާ ދައްކަން ވެސް ގުރޫޕުން އަނގަބަހުން ފުރަތަމަ އެއްބަސްވި ކަމަށެވެ.
އެކަމަކު ވެސް ކުރިން އެ ކުންފުންޏަށް ވިސާގެ ފައިސާ ވެސް ޖަމާކޮށްދީ، އަދި މި ރޯދަމަހުގެ ފަސް ވަނަ ދުވަހު ޕާސްޕޯޓްތައް ވެސް ސިސްޓަމަށް އަޕްލޯޑް ކޮށްދިން ކަމަށް ނަސީމް ވިދާޅުވި އެވެ.
"އެހެންވީމާ މި ހިސާބަށް އެ މީހުންނަށް ވިސާ ހޯދައި ނުދެވުން އެއީ އެ މީހުން ޒިންމާވާން ޖެހޭނެ ކަމެއް. އެންމެ ފަހު ވަގުތު ނޫން ސިސްޓަމް އެރާ އަރަން ޖެހެނީކީ. ފޯނުން ވަރަށް ދިގުކޮށް އަޅުގަނޑުމެން ވާހަކަ ދައްކައިގެން ވެސް ހައްލުވާ ގޮތެއް ނުވި،" ނަސީމް ވިދާޅުވި އެވެ.
ސަފާ ގުރޫޕްގެ ވެރިޔާ ވިދާޅުވީ، މި ރޯދަމަހު އެ ގުރޫޕްގެ ހަވާލުގައި އުމްރާ އަށް ދާ 181 މީހުންގެ ވިސާގެ ކަންކަން މިހާރު ހަމަޖައްސައި، ފްލައިޓް ވެސް ޗާޓަރު ކޮށްފައިވާ ކަމަށެވެ. މި ފަހަރު ވިސާގެ ކަންކަން ހަމަޖައްސައިދިނީ "ވަރަށް އިތުބާރު ކުރެވޭ" ސައުދީގެ ކުންފުންޏަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަފާ ގުރޫޕުން ޗާޓަރުކުރީ "ސަލާމް އެއާ" އެވެ.
ފައިސާގެ އެއްވެސް މައްސަލައެއް ނޫޅޭނެ. އިސްލާމިކް މިނިސްޓްރީން ބޭނުންވެގެން އެ ހުރިހާ މުއާމަލާތްތަކެއް ވާނީ އެ މިނިސްޓްރީއާ ވެސް ހިއްސާ ކޮށްފައި. ވިސާ އަށް ފައިސާ ދެއްކި ތަފުސީލުތަކާއި ޕާސްޕޯޓް ސިސްޓަމަށް އަޕްލޯޑް ކުރި ތާރީހާއި މައްކާގެ ހޮޓަލަށް ދެއްކި ފައިސާގެ މުއާމަލާތުތައް ވެސް ވާނީ އިސްލާމިކް މިނިސްޓްރީ އަށް ސާފުކޮށްދީފައި. ---ނަސީމް
ނަސީމް ވިދާޅުވީ، ފްލައިޓް ޗާޓަރު ކުރުމާއި 181 މީހުންގެ ވިސާ އަލުން ހަމަޖައްސަން 3.35 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހުނު ކަމަށެވެ.
"ސަފާ ގުރޫޕުގެ ފައިސާ އިން ހަމަނުވެގެން އަޅުގަނޑުގެ އާއިލާގެ އެކި މީސްމީހުންގެ އަތުން ފައިސާ ނަގައިގެން މި ހަމަޖެއްސީ. ދައްތަމެންނާއި ކޮއްކޮމެންގެ އަތުން ވެސް ފައިސާ ނަގަން ޖެހުނު،" އޭނާ ވިދާޅުވި އެވެ.
"ފްލައިޓް ޗާޓަރު ކުރި ލިޔެކިޔުންތަކާއި ވިސާގެ ލިޔުންތައް ވެސް އަޅުގަނޑުމެން ވާނީ އިސްލާމިކް މިނިސްޓްރީއާ ހިއްސާ ކޮށްފައި."
ނަސީމް ވިދާޅުވިގޮތުގައި މިއީ މިދިޔަ 18 އަހަރުގެ ތެރޭގައި އޭނާ އަށް މިވަރުގެ ކަމެއް ދިމާވި ފުރަތަމަ ފަހަރެވެ.
ސަފާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާ މީހުން ފުރައިފި
ކުންފުނިން މާފަށް އެދި ވިސާގެ ފައިސާ އަނބުރާ ދީފި
ސަފާ ގްރޫޕްގެ 100 އުމްރާވެރިންނަށް ނުފުރުނު
އުމްރާއަށް ދިޔަ 24 މީހަކު ރާއްޖެ ނާދެވިފައި
އެއް އާއިލާގެ 40 މީހުން އުމްރާއަށް
"ރައީސްގެ ދަތުރުން ފެންނަނީ އަހުވަންތަކަމުގެ ގުޅުން"
ރައީސްގެ ދެކަނބަލުން އުމްރާ އަށް ފުރާވަޑައިގެންފި
މަޝްއަރު ޓުއާސްގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި
އުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު
މަޝްއަރު ޓުއާސްގެ ހަވާލުގައި ދިޔަ އުމްރާވެރިން ގެނެސްފި