09 އެޕްރީލް 2023
އުމްރާ އާއި އެހެނިހެން އަޅުކަންތަކަށް ރަމަޟާން މަހުގެ 17 ވިލޭރޭ ހަރަމްފުޅަށް ދިޔަ މީހުންގެ އަދަދު 1 މިލިއަނަށް ވުރެ ގިނަ ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.
އުމްރާ އާއި އެހެނިހެން އަޅުކަންތަކަށް ރަމަޟާން މަހުގެ 17 ވިލޭރޭ ހަރަމްފުޅަށް ދިޔަ މީހުންގެ އަދަދު 1 މިލިއަނަށް ވުރެ ގިނަ ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.
ދެ ހަރަމްފުޅު ބަލަހައްޓާ އިދާރާއިން ބުނީ 17 ވިލޭރޭ ހަރަމްފުޅަށް ދިއުމަށް އާންމު 5،000 ވެހިކަލް އަދި އިލެކްޓްރިކް 3،000 ވެހިކަލް އަށް، ހުއްދަތައް ދިނުމަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ދޫކޮށްފައިވާ ކަމަށެވެ.
މި ކޮވިޑްގެ ބަލިމަޑުކަމާ ހެދި އެޅި ފިޔަވަޅުތައް އެއްކޮށް ދޫކޮށްލުމާ އެކު މި އަހަރު ރޯދަ މަހު ހަރަމްފުޅަށް ދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ސައޫދީ ސަރުކާރުން ބުނި ގޮތުގައި ހަރަމްފުޅު ތެރޭގެ އިންތިޒާމްތައް ބެލެހެއްޓުމަށް 4،000 މުވައްޒަފުން މިހާރު ހަރަކާތްތެރިވަމުން ދާއިރު އެ މީހުންގެ މަސައްކަތް ފުރިހަމަކަން ޔަގީންކުރުމަށް މިހާރު އިތުރު 200 ސުޕަވައިޒަރުން ވެސް ހަމަޖައްސާފައިވާ ކަމަށެވެ.
ހަރަމްފުޅަށް އުމްރާއަށް މީހުން ޖަމާވެފައި
ހަރަމްފުޅު ސަރަހައްދު ބަަލަހައްޓާ މުވައްޒަފުން އެ ސަރަހައްދު ކޮންމެ ދުވަހަކު 10 ފަހަރު ދޮވެ ސާފުކުރާނެ އެވެ. އަދި އަޅުކަމަށް އަންނަ މީހުންނަށް ކޮންމެ ދުވަހަކަށް ޒަމްޒަމް ފެނުގެ 7،000 ފުޅި ބަހަން 800 މީހަކު ހަރަކާތްތެރިވެ އެވެ. މީގެ އިތުރުން ވެސް 500،000 ލިޓަރުގެ ފެން ކޮންމެ ދުވަހަކު ހަރަމްފުޅު ސަރަހައްދުން ދޫކުރަމުން ގެންދެ އެވެ.
ސައޫދީ ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ރޯދަ މަހުގެ ފުރަތަމަ 10 ނިމުނު އިރު 10.3 މުސްލިމުން މަސްޖިދުއް ނަބަވީ އަށް ވެސް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
ހަރަމްފުޅުގެ ހުޅަނގު ފަރާތަށް އަލަށް އިތުރުކުރި ބައިގެ ސަބަބުން، އެއް ފަހަރާ ގިނަ ބަޔަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސްވެފަ އެވެ. ހަރަމްފުޅުގެ ހުރިހާ ބައިތަކެއްގައި ވެސް މި ރޯދަ މަހަށް ދޫލަ އަޅާފައި ވާއިރު ޓެރަހުގައި ވެސް ދޫލަ އަޅައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ވާތީ ތޮއްޖެހުން ވަނީ ކުރިއަށްވުރެ ކުޑަވެފަ އެވެ.
މަޝްއަރުގެ ހަވާލުގައި ދިޔަ މީހުން މައްކާގައި ތާށިވެއްޖެ
ރާކީ އުމްރާގެ އަޅުކަމަށް ސައުދީގައި
27 ވިލޭރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެފުޅަށް
ދެ ޙަރަމްގައި ގައުމުތަކުގެ 1.3 މިލިއަން އަޅުވެރިން
އިސްލާމްވުމަށް ފަހު ކޭޕޮޕް ތަރި ޖޭކިމް އުމްރާ އަށް
ފިރިމީހާއާ އެކު ގޯހަރް އުމްރާ އަށް
ކޮވިޑާ ދެކޮޅު ފިޔަވަޅުތައް ސައޫދީން އުވާލައިފި
އެކްޓަރު އަލީ އުމްރާގައި
ސަނާގެ ދެމަފިރިން އުމްރާގެ އަޅުކަމުގައި
ވެކްސިން ޖެހި އުމްރާވެރިންނަށް ސައޫދީ ހުޅުވާލައިފި