17 އެޕްރީލް 2022
ދެކުނު ކޮރެއާގެ ލަވަކިޔުންތެރިޔާ ޖޭ ކިމް، އިސްލާމް ވުމަށް ފަހު އުމްރާގެ އަޅުކަން އަދާކުރަން މައްކާ އަށް ހިނގައްޖެ އެވެ.
ދެކުނު ކޮރެއާގެ ލަވަކިޔުންތެރިޔާ ޖޭ ކިމް، އިސްލާމް ވުމަށް ފަހު އުމްރާގެ އަޅުކަން އަދާކުރަން މައްކާ އަށް ހިނގައްޖެ އެވެ.
މީގެ ތިން އަހަރު ކުރިން، 2019 ގައި އިސްލާމް ވުމަށް ފަހު ޖޭ ކިމް ވަނީ އޭނާގެ ނަން ދާއޫދު ކިމް އަށް ބަދަލުކޮށްފަ އެވެ. އިންސްޓަގްރާމުގައި މީގެ ހަފްތާއެއް ކުރިން އޭނާ ވަނީ ގެފުޅު ކުރިމަތީގައި ނަގާފައިވާ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ވައިރަލްވި އެ ފޮޓޯގެ ކެޕްޝަންގައި އޭނާ ލިޔެފައި ވަނީ އޭނާ އަށް އުމްރާގެ އަޅުކަން އަދާކުރުމަށް އެތަނަށް ދިއުމުގެ ފުރުސަތު ލިބުމުން އޭނާގެ ނަސީބުގަދަކަން އެނގޭ ކަމަށެވެ. ދުނިޔޭގައިވާ އެންމެ މާތް ބިމަށް ދިއުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި އޭނާ މާތްﷲ އަށް ޝުކުރު އަދާކުރާ ކަމަށް ވެސް ބުންޏެވެ.
އިސްލާމްދީން ގަބޫލުކުރިކަން ދާއޫދު އިއުލާންކުރީ 2019 ވަނަ އަހަރު، އޭނާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށެވެ.
އޭނާ ބުނި ގޮތުގައި އިސްލާމް ދީނަށް ޝައުގުވެރިވީ އޭގެ އަހަރުތަކެއް ކުރިން އިންޑޮނީޝިއާ އަށް ކުރި ދަތުރެއްގަ އެވެ. އެ ދަތުރުގައި ހިތްހެޔޮ އެތައް މުސްލިމުންނަކާ ދިމާވެ، އިސްލާމްދީން ދަސްކުރަން ބޭނުންވި ކަމަށް އޭނާ ބުންޏެވެ.
އިސްލާމްދީނަށް އުފެދުނު ލޯތްބެއްގެ ބޮޑުކަމުން އޭރު ވެސް އޭނާ ވަނީ ރޯދަމަހެއްގައި އެއްކޮށް ރޯދަ ވެސް ހިފައިފަ އެވެ. އަދި ރަސޫލާއާ ބެހޭ މައުލޫމާތުތައް ވެސް މަޑުމަޑުން ދިޔައީ އެއްކުރަމުން ކަމަށް އޭނާ ބުންޏެވެ.
"އަހަންނަށް މި ދުނިޔޭގައި ލިބުނު އެންމެ ބޮޑު ނިއުމަތަކީ އިސްލާމްދީނުގެ ރިވެތި މަގު ފެނުން،" އިސްލާމް ދީން ގަބޫލުކުރުމަށް ފަހު އޭނާ ބުނެފައިވެ އެވެ.
އުމުރުން މިހާރު 39 އަހަރުގެ ދާއޫދަކީ "ޓްރެކްސް" ނަމަކަށް ކިޔާ ކޮރެއާގެ ރޮކް ބޭންޑެއްގެ މެމްބަރެއްގެ ގޮތުގައި އުޅުނު ތަރިއެކެވެ. އެ ގްރޫޕުގައި ހިމެނެނީ އޭނާގެ އިތުރުން ދެ މެމްބަރެކެވެ. ލަވަކިޔުމުގެ އިތުރުން އެކްޓަރެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރި އެވެ.
މަޝްއަރުގެ ހަވާލުގައި ދިޔަ މީހުން މައްކާގައި ތާށިވެއްޖެ
ރާކީ އުމްރާގެ އަޅުކަމަށް ސައުދީގައި
27 ވިލޭރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެފުޅަށް
ދެ ޙަރަމްގައި ގައުމުތަކުގެ 1.3 މިލިއަން އަޅުވެރިން
ރަމަޟާން 17 ވިލޭރޭ ހަރަމްފުޅަށް 1 މިލިއަން މީހުން
ފިރިމީހާއާ އެކު ގޯހަރް އުމްރާ އަށް
ކޮވިޑާ ދެކޮޅު ފިޔަވަޅުތައް ސައޫދީން އުވާލައިފި
އެކްޓަރު އަލީ އުމްރާގައި
ސަނާގެ ދެމަފިރިން އުމްރާގެ އަޅުކަމުގައި
ވެކްސިން ޖެހި އުމްރާވެރިންނަށް ސައޫދީ ހުޅުވާލައިފި