17 އެޕްރީލް 2023
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ "ވެލްނެސް ސެންޓަރު" އިމާރާތް ކުރަން ހުޅުމާލެ އިން ބޮޑު ބިމެއް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ގަނެފި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ "ވެލްނެސް ސެންޓަރު" އިމާރާތް ކުރަން ހުޅުމާލެ އިން ބޮޑު ބިމެއް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ގަނެފި އެވެ.
އެ ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފު "މިހާރު" އަށް ވިދާޅުވީ ހުޅުމާލެ 1 އިން 10،000 އަކަފޫޓު ބިމެއް ގަނެ، އެ ތަން އެ އެޖެންސީ އަށް ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މަސްތުވުމުން ސަލާމަތް ވާން ބޭނުންވާ މީހުންނަށް ވެލްނެސް ސެންޓަރުން ފުރިހަމަ ވަސީލަތްތައް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނަށް ފަރުވާ ލިބޭނެ ގޮތްތައް ހިމެނެ އެވެ.
އެ ތަނުގެ ކޮންސެޕްޓް ފައިނަލް ކޮށްފައިވާއިރު، ދެން އޮތީ ވެލްނެސް ސެންޓަރު ކުރެހުމެވެ. ނަމަވެސް، އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރު ކަމަށް، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާ ޝަމާއު ވިދާޅުވި އެވެ.
"މިހާރު ހުރި ސެންޓަރުތަކަށް ވުރެ ބޮޑަށް ޕްރިވެންޝަންއަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވޭނެ ވެލްނެސް ސެންޓަރުން. މިހާރު ބޮޑަށް ފޯކަސް ހުރީ ސަބްސްޓެއިން ޔޫސްއަށް ފަރުވާ ދިނުމަށް،" އޭނާ ވިދާޅުވި އެވެ.
ޝަމާއު ވިދާޅުވިގޮތުގައި، އެންޑީއޭގެ ވެލްނެސް ސެންޓަރުން މަސައްކަތް ފެށުމުން، އާއްމުންގެ ކޮންމެ މީހަކަށް ވެސް އެ ތަނުން އެހީ ހޯދޭނެ އެވެ.
މަސްތުވުމުން ސަލާމަތް ވުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި 11 ސެންޓަރު އެބަހުއްޓެވެ. ނަމަވެސް، އެ ތަންތަނުން އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުލިބޭ ކަމުގެ ޝަކުވާ އަބަދު ވެސް ވަރަށް ބޮޑެވެ.
ބަދަލުތަކެއް ގެންނާނެ ހާފްވޭ ހައުސް ހުޅުވައިފި
ބޮޑު މުސާރައާއެކު ސީއީއޯގެ މަގާމަށް 12 މީހަކު!
މަސްތުވާތަކެއްޗަށް މަހެއްގެ މައްޗަށް 15،000ރ.
މަގުމަތީގައި ނިދުމުގެ ބޭނުމެއް ނެތް، ފަރުވާ އަށް ދޭ!
ރިހެބުގެ ފަރުވާއަށް ދައުލަތުން ބޮލަކަށް 70،000ރ.
އެންޑީއޭ ބޯޑުގެ ޗެއާމަނަށް ޝަމާއު، ސީއީއޯއެއް ނެތް
ސަލާންޖަހަން އުޅޭ 47 މީހަކު ފަރުވާއަށް ގެންގޮސްފި
ސަލާންޖަހާ މީހުން ފަރުވާ އަށް ބަންދުކުރަނީ
ކޮމިއުނިޓީ ފަރުވާއިން އެދެވޭ ނަތީޖާއެއް ނާދޭ: ރާޝިދު
ރާއްޖޭގައި ޑްރަގުގައި ނުޖެހޭ ރަށެއް ނެތް: ލުބްނާ