ކުރެއްދޫ އައިލެންޑް ރިސޯޓުގައި، އެ ރިސޯޓުގެ ޓީމާ ދެކޮޅަށް އޮކްޓޫބަރު 2021 ގައި ދިވެހި ގައުމީ ޓީމުން ކުޅުނު އަގު ބޮޑު ފުޓްބޯޅަ މެޗުގެ އިނާމު ފައިސާ ބައެއް ކުޅުންތެރިންނަށް މިހާރު ދީފައިވާ ކަމަށާއި ބާކީ ކުޅުންތެރިންނަށް މި މަސް ނިމުމުގެ ކުރިން ފައިސާ ދިނުމުގެ ކަންކަން ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.
03 އެޕްރީލް 2023
ކުރެއްދޫ އައިލެންޑް ރިސޯޓުގައި، އެ ރިސޯޓުގެ ޓީމާ ދެކޮޅަށް އޮކްޓޫބަރު 2021 ގައި ދިވެހި ގައުމީ ޓީމުން ކުޅުނު އަގު ބޮޑު ފުޓްބޯޅަ މެޗުގެ އިނާމު ފައިސާ ބައެއް ކުޅުންތެރިންނަށް މިހާރު ދީފައިވާ ކަމަށާއި ބާކީ ކުޅުންތެރިންނަށް މި މަސް ނިމުމުގެ ކުރިން ފައިސާ ދިނުމުގެ ކަންކަން ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގެ ހާއްސަ ދައުވަތަކަށް ކުުރެއްދޫ ރިސޯޓުގައި އޮކްޓޫބަރު 29، 2021 ގައި ކުޅުނު މެޗުގެ ޖުމްލަ ފައިސާގެ އިނާމެއްގެ ގޮތުން 1.2 މިލިއަން ރުފިޔާ ހުށަހަޅާފައި ވެ އެވެ.
އެ މެޗު ގައުމީ ޓީމު ކާމިޔާބު ކުރީ 7-1 އިންނެވެ.
އުއްޗު އަދި އެސްޓީއޯ އިން ކޮންމެ ފަރާތަކުން 500،000 ރުފިޔާ ގެ އިތުރުން ދިރާގާއި ވިލާ ޓްރެވެލްސްގެ ތެރެއިން ކޮންމެ ކުންފުންޏަކުން ވެސް 100،000 ރުފިޔާ ހުށަހެޅި އެވެ.
ނަމަވެސް ވިލާ ޓްރެވެލްސްގެ ފައިސާ އަދިވެސް އެފްއޭއެމަށް ލިބިފައި ނުވާ ކަމަށް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް މިއަދު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ކުޅުންތެރިންނަށް ފައިސާ ދިނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. މިހާތަނަށް ފައިސާ ދިނީ މިދިޔަ މަހު ލ. ގަމުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު ގައުމީ ޓީމުގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ކުރެއްދޫ މެޗުގައި ބައިވެރިވި ބައެއް ކުޅުންތެރިންނަށެވެ. ކޮންމެ ކުޅުންތެރިއަކަށް ދިނީ 30،000ރ. އެވެ.
ފުޓްބޯޅަ އެސޯސިއޭޝަނަށް މި ފަހުން ވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފަ އެވެ. އެ އެސޯސިއޭޝަންގެ ބިދޭސީ ކޯޗުންނަށް ދޭން ޖެހޭ ފައިސާ ދައްކަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ވެސް އޮތީ އަންގައިފަ އެވެ.
އެފްއޭއެމުން ކްލަބްތަކަށް ދޭން ޖެހޭ މާލީ އެހީތެރިކަން ދިނުމުގެ ކަންކަން ވެސް ހަމަނުޖެހި ވާތީ ގިނަ ކްލަބްތަކުން ޕްރީ ސީޒަން ފަރިތަ ކުރުންތައް ވެސް އަދި ނުފަށަ އެވެ. އެފްއޭއެމުން ބުނީ އެ ކަންކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އުއްޗު ދެއްވި ފައިސާ އެހެން ކަންކަމަށް ބޭނުން ކުރި
އުއްޗު ފައިސާ ދީފި، އެފްއޭއެމުން ކުޅުންތެރިންނަށް ނުދޭ
ސީނިއާ ޓީމުގެ ކާމިޔާބަކީ ޒުވާން ޓީމުތަކަށް ހިތްވަރެއް
ގައުމީ ޓީމު ޖާގަދޭން ކްލަބްގެ ޕްރެކްޓިސް ވެސް ބަލަނީ
ފުޓްބޯޅަ އިމޭޖް ރީތިކުރުމަކީ ޓީމުގެ ޒިންމާއެއް: ކޯޗު
ގައުމީ ޓީމުގެ މެނޭޖަރަކަށް އަނެއްކާވެސް އެކްސްކޯ މީހެއް
ދެ އަހަރަށް ފަހު ފައިސަލް އެނބުރި ގައުމީ ޓީމަށް!
ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ އަގުވަޒަން ކުރަނީ
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް އަންނަ އަހަރު
ރާއްޖޭގެ ގުރޫޕުގައި އިންޑިއާ، ޕާކިސްތާން އަދި ބޫޓާން