Roadha Mihaaru
ތިލަފުށި ބިމެއް ވިއްކަން އުޅުނު މުވައްޒަފު ވަކިކޮށްފި

ތިލަފުށީގެ ބިމެއް ވިއްކަން އުޅުނު މުވައްޒަފު އެޗްޑީސީން ވަކިކޮށްފި

30 މާޗް 2023

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އުސޫލުތަކާ ހިލާފަށް ރިޝްވަތު ނަގައިގެން ކ. ތިލަފުށީގެ ބިމެއް ވިއްކަން އުޅުނު މައްސަލާގައި ތުހުމަތުވާ މުވައްޒަފު އެ ކުންފުނީގެ ވަޒީފާއިން އިއްޔެ ވަކިކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އުސޫލުތަކާ ހިލާފަށް ރިޝްވަތު ނަގައިގެން ކ. ތިލަފުށީގެ ބިމެއް ވިއްކަން އުޅުނު މައްސަލާގައި ތުހުމަތުވާ މުވައްޒަފު އެ ކުންފުނީގެ ވަޒީފާއިން އިއްޔެ ވަކިކޮށްފި އެވެ.

އަމިއްލަ ފަރާތެއްގެ އަތުން ފައިސާ ނަގައިގެން އެޗްޑީސީގެ މުވައްޒަފަކު ތިލަފުށީގެ ބިމެއް ވިއްކަން އުޅުނު މައްސަލައެއް މި މަހު ފެންމަތިވުމާ އެކު އޭނާ ހުރީ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ. އެޗްޑީސީން އޭރު ބުނެފައިވާ ގޮތުގައި އެ ބިން ވިއްކާފައިނުވާ ކަމަށެވެ.

އެޗްޑީސީން މިއަދު ބުނީ އެ ކުންފުނީގެ އިންޓާނަލް އޮޑިޓް ތެރެއިން އެ މައްސަލަ ފެންމަތިވުމާ އެކު އެ މައްސަލަ ބެލުމަށްފަހު އިއްޔެ އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

ދާދި ފަހުން އެޗްޑީސީން ވައްކަންކުރި މައްސަލައެއްގައި ވެސް އެ ކުންފުނީގެ މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އެކަމަކު އެ ވައްކަމާ ބެހޭ އެއްވެސް ތަފްސީލެއް އެ ކުންފުނިން މިހާތަނަށް ހާމައެއް ނުކުރެ އެވެ.