Roadha Mihaaru
ރޯދަ އިނާޔަތް ނުލިބޭނަމަ ހުށަހަޅަން އެދިއްޖެ

ރޯދަ އިނާޔަތް ނުލިބޭ ނަމަ ޝަކުވާ ހުށަހަޅަން އެދިއްޖެ

27 މާޗް 2023

ކޮންމެ ދިވެހި މުވައްޒަފަކަށް ދޭން ޖެހޭނެ ކަމަށް ރާއްޖޭގެ ގާނޫނުގައި ކަނޑައަޅާފައިވާ ރޯދަ އިނާޔާތް، މި ރޯދަމަހު ނުލިބޭ ނަމަ ޝަކުވާ ހުށަހަޅަން ލޭބަ ރިލޭޝަންސް އޮތޯރިޓީން ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކޮންމެ ދިވެހި މުވައްޒަފަކަށް ދޭން ޖެހޭނެ ކަމަށް ރާއްޖޭގެ ގާނޫނުގައި ކަނޑައަޅާފައިވާ ރޯދަ އިނާޔާތް، މި ރޯދަމަހު ނުލިބޭ ނަމަ ޝަކުވާ ހުށަހަޅަން ލޭބަ ރިލޭޝަންސް އޮތޯރިޓީން ހުޅުވާލައިފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން ރޯދަ އިނާޔަތް ކޮންމެ ރޯދަމަހެއްގެ ފުރަތަމަ ދުވަހުގެ ކުރިން، އެ ތަނެއްގައި މަސައްކަތް ކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ދޭން ޖެހޭނެ އެވެ. ރޯދަ އިނާޔަތުގެ ގޮތުގައި މަދުވެގެން 3،000 ރުފިޔާ ދޭން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި ވެ އެވެ.

ލޭބަ ރިލޭޝަންސް އޮތޯރިޓީން ބުނީ، ގާނޫނާ އެއްގޮތަށް ރޯދަމަހުގެ އިނާޔަތް ނުލިބޭ ނަމަ އެ އޮތޯރިޓީގެ ވެބްސައިޓުންނާއި އެ އޮތޯރިޓީ އަށް ގޮސްގެން ފޯމުން ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން އެ ގާނޫނުގައި ކުރަން ލާޒިމް ކަންކަން ވަޒީފާ ދޭ ފަރާތުން އަދާ ނުކުރާ ނަމަ، 5،000ރ. އިން ފެށިގެން 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިިމަނާ ކުރުން ނުވަތަ ވަޒީފާ ދޭ ފަރާތުގެ ހުއްދަ ބާތިލްކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ދީފައި ވެ އެވެ.