Roadha Mihaaru
ރޯދަ އިނާޔަތް ދޭން އަންގައިފި

ރޯދަ މަސް ފެށެންވާއިރަށް އިނާޔަތް ދޭން އަންގައިފި

03 މެއި 2018

ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، މި އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން މިއަދު އިލްތިމާސްކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، މި އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން މިއަދު އިލްތިމާސްކޮށްފި އެވެ.

ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރޯދަމަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ދިނުމަކީ ވަޒީފާ ދޭ ފަރާތްތަކަށް ގާނޫނުން ލާޒިމްކުރާ ކަމެކެވެ. ގާނޫނުގައިވާ ގޮތުން، ރޯދަ އިނާޔަތް ދިނުން ވަޒީފާ ދޭ ފަރާތުގެ އިހްތިޔާރީ ކަމަކަށް އޮންނަނީ ބިދޭސީ މުވައްޒަފުންނަށް ދިނުމާއި ނުދިނުމާ މެދު އެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށެނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

ލޭބާ ރިލޭޝަން އޮތޯރިޓީން މިއަދު އިއުލާނެއްގައި ބުނީ ވަޒީފާއާ ބެހޭ ގާނޫނުގައި ވާ ގޮތުގެ މަތިން ރޯދަމަހުގެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އިނާޔަތް ދިން ކަމުގައި ވިޔަސް، ގާނޫނުގައި ބުނެފައިވާ ގޮތަށް އެ އިނާޔަތް ނުދޭކަން ވެސް ފާހަގަކުރެވޭ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

ރޯދަމަހުގެ އިނާއަތް ނުދީގެން މިދިޔަ އަހަރު ވެސް ލޭބާ ރިލޭޝަން އޮތީރިޓީ އަށް ވަނީ 43 މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލަތައް ބެލުމަށް ފަހު، އެ މީހުންނަށް ރޯދަ އިނާޔަތް ދިނުމަށް އެ އޮތޯރިޓީން އަންގާފައި ވެ އެވެ.

ރޯދަ އިނާޔަތް ނުދޭ ފަރާތްތަކުގެ މައްސަލަތައް ބަލައި މީގެ ކުރިން ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.