އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީންގެ ސަރުކާރުން އެ ގައުމުގެ ގާނޫނީ އަދި ޝަރުއީ އޮނިގަނޑު ބަދަލުކުރުމާ ގުޅޭ ގޮތުން، ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހީ އެޖެންޑާގެ މަސައްކަތް ހުއްޓައިލެއްވުމަށް، އޭނާގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް، ނަތަންޔާހޫ އަށް ގޮވާލައްވައިފި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީންގެ ސަރުކާރުން އެ ގައުމުގެ ގާނޫނީ އަދި ޝަރުއީ އޮނިގަނޑު ބަދަލުކުރުމާ ގުޅޭ ގޮތުން، ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހީ އެޖެންޑާގެ މަސައްކަތް ހުއްޓައިލެއްވުމަށް، އޭނާގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް، ނަތަންޔާހޫ އަށް ގޮވާލައްވައިފި އެވެ.
އިސްލާހީ އެޖެންޑާގެ މަސައްކަތް ހުއްޓައިލެއްވުމަށް، ނަތަންޔާހޫގެ ކެބިނެޓްގައި ހިމެނޭ އެންމެ ސީނިއާ އެއް ވަޒީރު ގޮވައިލެއްވި އިރު، އިސްލާހީ އެޖެންޑާއާ ދެކޮޅަށް އެ ގައުމުގެ އާންމުން މުޒާހަރާ ކުރާތާ މިހާރު ތިން މަސް ވަނީ އެވެ. ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް ވިދާޅުވި ގޮތުގައި އިސްލާހީ އެޖެންޑާގެ ސަބަބުން އުފެދެމުން ދަނީ އިޖްތިމާއީ ހަމަނުޖެހުމާއި ސަލާމަތީ ނުރައްކާތަކެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އާއި ފަނޑިޔާރުން އަދި ގާނޫނީ ވަކީލުން ވެސް، ނަތަންޔާހޫގެ އިސްލާހީ އެޖެންޑާއާ ދެކޮޅު ހަދާފައިވާ އިރު، އިސްލާހީ އެޖެންޑާގެ މަސައްކަތް ހުއްޓައިލެއްވުމަށް އޭނާ އަދި ގަސްދެއް ނުކުރައްވަ އެވެ.
ދިފާއީ ވަޒީރު ވިދާޅުވި ގޮތުގައި ނަތަންޔާހޫގެ އިސްލާހީ އެޖެންޑާއާ މެދު އެ ގައުމުގެ އަސްކަރިއްޔާގެ މެމްބަރުން ތިބީ ވަރަށް ބޮޑަށް ރުޅިގަދަވެ ނާއުންމީދުވެފަ އެވެ. އަދި ސަރުކާރުން ރޭވި އެއްވެސް ކަމަކާ މެދު މިހާތަނަށް އެ ގައުމުގެ އަސްކަރިއްޔާގެ ތެރޭގައި މިހާ ބޮޑު ރުޅިވަރެއް ނުއުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަތަންޔާހޫގެ އިސްލާހީ އެޖެންޑާ އަށް ދިފާއީ ވަޒީރު ދެކޮޅު ހެއްދެވުމާއެކު އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ޔައީރް ލަޕީޑް ވަނީ ދިފާއީ ވަޒީރަށް ތައުރީފު ކުރައްވައިފަ އެވެ. އެހެން ނަމަވެސް، ނަތަންޔާހޫގެ ކެބިނެޓްގައި ހިމެނޭ ފުލުހުންގެ ކަންކަމާ ބެހޭ ވަޒީރު އިތަމާރް ބިން-ޣަފީރު، ބޮޑުވަޒީރަށް ގޮވައިލެއްވީ، ދިފާއީ ވަޒީރު މަގާމުން ދުރުކުރުމަށެވެ.
ނަތަންޔާހޫގެ އިސްލާހީ އެޖެންޑާގައި ހިމެނެނީ، އެ ގައުމުގެ ޝަރުއީ ދާއިރާއަށް ލިބިގެންވާ ބައެއް ބާރުތައް ހަނިކޮށް އޭގެ ތެރެއިން ބައެއް ބާރުތައް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ދިނުމާއި، ބޮޑުވަޒީރާއި ކެބިނެޓްގެ އެހެން މެމްބަރުން މަގާމުން ވަކިކުރުމަށް ހުށަހެޅުމުގެ ބާރު ބަންޑާރަ ނާއިބުގެ އަތުން ނެގުމެވެ.
މި ބަދަލުތައް ގެނައުމާ ގުޅޭ ގޮތުން ނަތަންޔާހޫގެ ސަރުކާރުން އިއުލާންކޮށްފައިވާ އިސްލާހީ އެޖެންޑާގައި ހިމެނޭ ގާނޫނުތަކަށް އަމަލުކުރަން ފެށުމުން، އިޒްރޭލުގެ ހައި ކޯޓަށް ލިބިގެންވާ ބައެއް ބާރުތައް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އަދި ބައެއް ބާރުތައް ޖަސްޓިސް މިނިސްޓްރީ އަށް ލިބިގެންދާނެ އެވެ. ގާނޫނު ހަދާ މަޖިލީހަށް ލިބިގެންދާނެ ބައެއް ބާރުތަކަކީ، ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، މީގެ ކުރިން ހައި ކޯޓުން ބާތިލުކޮށްފައިވާ ބައެއް ގާނޫނުތައް އަލުން ފާސްކުރުމުގެ ބާރު ލިބުމެވެ.
އިސްލާހީ ޕްރޮގްރާމްގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަށް ލިބިދޭނެ އަނެއް ބާރަކީ، ސުޕްރީމް ކޯޓުން ނިންމާ ނިންމުންތައް ވެސް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޖުމްލަ 120 މެމްބަރުންގެ ތެރެއިން، ސާދާ އަޣުލަބިއްޔަތު ކަމަށްވާ 61 މެމްބަރުންގެ ވޯޓުން ބަދަލުކޮށްލުމުގެ ބާރު ލިބުމެވެ.
އެ ގާނޫނުތަކުގެ ތެރެއިން، ބޮޑުވަޒީރާއި އޭނާގެ ސަރުކާރުގައި ހިމެނޭ ވަޒީރުން، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނާގާބިލުވެއްޖެ ކަމަށް ކަނޑައެޅުމާ ބެހޭ ގޮތުން ގާނޫނަށް ހުށަހެޅި އިސްލާހުތައް، މިދިޔަ ބުރާސްފަތި ދުވަހު ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ. އެ އިސްލާހުތައް ފާސްވީ، ޖުމްލަ 120 މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ 47 މެމްބަރުންނެވެ.
މި ބިލު ފާސްވުމާއެކު، ބޮޑުވަޒީރާއި އޭނާގެ ސަރުކާރުގައި ހިމެނޭ ވަޒީރުން، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނާގާބިލުވެއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު، އެ ގައުމުގެ ބަންޑާރަ ނައިބަށް ގެއްލުނީ އެވެ. އޭގެ ބަދަލުގައި، ޖިސްމާނީ ނުވަތަ ނަފްސާނީ ހާލަތެއްގެ ސަބަބުން، ބޮޑުވަޒީރު ނާގާބިލުވެއްޖެ ކަމަށް ކަނޑައެޅޭނީ، ކެބިނެޓްގެ ހަތަރު ބައިކުޅަ ތިން ބައިގެ އަޣުލަބިއްޔަތުންނެވެ. އަދި ވަޒީރަކު މަގާމަށް ނާގާބިލުވެއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު ލިބެނީ ބޮޑުވަޒީރަށެވެ.
ނަތަންޔާހޫގެ އިސްލާހީ އެޖެންޑާ ފަސްކޮށްލައިފި
އިޒްރޭލުގެ ދިފާއީވަޒީރު ވަކިކުރުމުން މުޒާހަރާ ހޫނުވެއްޖެ
ނަތަންޔާހޫއާ ދެކޮޅު މުޒާހަރާގައި ބައި މިލިއަން
ފަލަސްތީނު އަސީރުން މެރުމުގެ ގާނޫނެއް ފާސްކުރަނީ
ނަތަންޔާހޫއަކީ އިޒްރޭލާއި ފަލަސްތީނަށް ވެސް ނުރައްކަލެއް
އިޒްރޭލުގެ ރަހީނުން މިނިވަންކުރަން އާ އެއްބަސްވުމެއް
ނަތަންޔާހޫ އެންމެފަހުން ކޯޓުތަކުގެ ކޮންޓްރޯލް ނަގަނީ
ޣައްޒާގެ ހަމަލާތަކަކީ އަދި ފެށުމެއް: ނަތަންޔާހޫ
އިޒްރޭލުގެ މިނިވަންވި ރަހީނުން އެދެނީ ސުލްހަވާން
"ރަހީނުކުރީ ހަމާސް އިން، ދުޝްމަނަކީ ނަތަންޔާހޫ"