ކެނެޑާގެ ރަށްވެހިކަން އޮންނަ ފަލަސްތީނު މީހެއް ކަމަށްވާ ފާއިޒާ ނައްޖާރު ހަނގުރާމައިން ސަލާމަތްވާން ކުރި މަސައްކަތުގައި ޣައްޒާއިން މިދިޔަ އަހަރު ޣައްޒާއިން ނުކުމެވުނެވެ. އެކަމަކު ބޮޑުވެފައި ތިބި އޭނާގެ ހަތަރު އަންހެން ދަރިން ޣައްޒާއަށް ދޫކޮށްލައިފަ އެވެ. އިޒްރޭލުގެ ލާއިންސާނީ ހަމަލާތައް ދިގުލައި ޣައްޒާގެ ހާލަތު ގޯހަށް ގޯހަށްދާ މަންޒަރު މާ ދުރުން ބަލަން ހުރުން ނޫން ގޮތެއް ފާއިޒާއަކަށް ނެތެވެ.
ކެނެޑާގެ ރަށްވެހިކަން އޮންނަ ފަލަސްތީނު މީހެއް ކަމަށްވާ ފާއިޒާ ނައްޖާރު ހަނގުރާމައިން ސަލާމަތްވާން ކުރި މަސައްކަތުގައި ޣައްޒާއިން މިދިޔަ އަހަރު ޣައްޒާއިން ނުކުމެވުނެވެ. އެކަމަކު ބޮޑުވެފައި ތިބި އޭނާގެ ހަތަރު އަންހެން ދަރިން ޣައްޒާއަށް ދޫކޮށްލައިފަ އެވެ. އިޒްރޭލުގެ ލާއިންސާނީ ހަމަލާތައް ދިގުލައި ޣައްޒާގެ ހާލަތު ގޯހަށް ގޯހަށްދާ މަންޒަރު މާ ދުރުން ބަލަން ހުރުން ނޫން ގޮތެއް ފާއިޒާއަކަށް ނެތެވެ.
މިހާރު ކެނެޑާގައި، އަނެއް ހަ ދަރިންނާ އެކު އުޅެމުންދާ ފާއިޒާ ޣައްޒާގައި ތިބި ހަތަރު ދަރިން އެތަނުން ނެރެވޭތޯ ހުއްޓާނުލައި ކުރަމުން ދިޔަ މަސައްކަތް މިދިޔަ މަހު ކާމިޔާބުވި އެވެ. އަމިއްލަ ހަތަރު ދަރިންނާއި ހަތް މާމަދަރިންގައިގައި އެތައް ދުވަހެއް ފަހުން ފުރަތަމަ ބައްދާލަން ލިބުނެވެ.
ކެނެޑާގެ ޓޮރޮންޓޯ އެއާޕޯޓުން މި އަސަރުގަދަ މަންޒަރު އެތައް ބަޔަކު ފޮޓޯ ނަގައި ވީޑީއޯކޮށް ސޯޝަލް މީޑިއާއާ ހަމަޔަށް ދިއުމާ އެކު އިޒްރޭލަށް ތާއީދުކުރާ އެކި އެކައުންޓުތަކުން ފެށީ މަލާމާތާއި ފުރައްސާރައިގެ ކެމްޕެއިނެކެވެ. އަދި މި މަންޒަރުތައް ބޭނުންކޮށްގެން ފެށީ، ޣައްޒާ ބަނޑަށް ޖެހިފައިވާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއްކަން އެއިން ހާމަވާ ކަމަށެވެ.
"މިކަމާ ހެދި އަހަރެން ހަލާކުވެއްޖެ،" އުމުރުން 50 އަހަރުގެ ފާއިޒާ ބުންޏެވެ.
އޭނާ އަކީ ޣައްޒާގައި ހައިހޫނުކަން އާންމުވުމުގެ ކުރިން ޣައްޒާއިން ނުކުތް މީހެއް ކަމަށް ވިޔަސް އިޒްރޭލަށް ތާއީދުކޮށް ދޮގު ވާހަކަ ފަތުރާ އެކައުންޓުތަކުން ބުނަމުންދަނީ އެއީ އިހަށް ދުވަހު ޣައްޒާއިން ނުކުތް މީހެއް ކަމަށާއި ކާން ނުލިބި ހުރި މީހަކު އެހެން ނުހުންނާނެ ކަމަށެވެ. މިގޮތަށް ބުނެ ދޮގު ހަދާފައިވާ އެއް ޕޯސްޓް 300،000 އަށް ވުރެ ގިނަ ފަހަރު ބަލައި ރީޕޯސްޓުކޮށް އެކި ފާޑުގެ ކޮމެންޓުތައް ކޮށްފައިވެ އެވެ.
ކާން ނުލިބި އަނަރޫފަވެފައިވާ ކުއްޖަކަށް ޣައްޒާގެ ހޮސްޕިޓަލެއްގައި ފަރުވާދެނީ. -- ފޮޓޯ: އޭއެފްޕީ
"އެ މީހާ އެ ހުރި ގޮތް ފެނިއްޖެތަ؟،" ފާއިޒާ އަކީ ކާން ނުލިބިގެން އުޅުނު މީހެއް ނޫންކަން އޭނާގެ ފޮޓޯއިން އެނގޭކަމަށް ބުނަމުން ކޮށްފައިވާ ޕޯސްޓުގައި ލިޔެފައިވެ އެވެ.
އިޒްރޭލުގެ ހިސާރުގެ ސަބަބުން ޣައްޒާއިން ކާނާ ހުސްވެ އެތައް ލައްކަ ބަޔަކު ހައިހޫނުކަމުގައި އުޅެން ޖެހި އަދި އެ ހާލަތު ނުރައްކާވަމުން ދާތީ އދ. އިން ވެސް ގެންދަނީ އިންޒާރު ދެމުންނެވެ. އަދި ހައިހޫނު ކަމުގެ ސަބަބުން އަނަރޫފަވެފައިވާ ކުދިންނާއި މީހުންގެ ފޮޓޯތަކުން ދުނިޔޭގެ ސަމާލުކަން އެކަމަށް ވަނީ ވަރަށް ބޮޑަށް ލިބިފަ އެވެ.
އެކަމަކު އިޒްރޭލުން އެ ވާހަކަ ދޮގުކޮށް ބުނަމުންދަނީ "ޣައްޒާގައި ހައިހޫނުކަމެއް ނެތް" ކަމަށެވެ.
ފާއިޒާ ވެފައިވަނީ އިޒްރޭލުގެ މި ކެމްޕެއިނުގެ މައިގަނޑު އަމާޒަށެވެ.
އިޒްރޭލުގެ ކަނާފު ފިޔައިގެ ފިކުރަށް ތާއީދުކުރާ އަދި "ހިބްރޫ ފޮކްސް ނިއުސް" ޗެނަލްގެ. ގޮތުގައި ސިފަކުރާ ޗެނަލް 14 އިން ވަނީ "ފަލަ މައިން" ދަރިންގެ ކާނާކޮޅު ކާލަނީ ކަމަށް ވެދާނެ ކަމަށް ބުނެ އެ ދަރަޖައަށް މަލާމާތްތައް ގެންގޮސްފަ އެވެ.
ފާއިޒާ ބުނީ މި ދޮގު މައުލޫމާތުގެ ކެމްޕެއިނުގެ ތެރެއަށް އޭނާ އާއި އާއިލާ ވެއްދުމުން ބޮޑު ހިތްދަތިކަމެއް ލިބިފައިވާ ކަމަށެވެ.
ޣައްޒާގައި ކާނާ ބަހާ ތަނެއްގެ ކައިރީ މީހުން ކާނާ ހޯދަން ކިއޫ ހަދައިގެން: އިޒްރޭލުން ބުނަނީ ޣައްޒާގެ އާންމުންނަށްވާ ވަރަށް ކާނާ ލިބޭ ކަމަށް. -- ފޮޓޯ: އޭއެފްޕީ
"މި ހުރިހާ ކެކުޅުންތަކަށް ފަހު، ހުރިހާ އެއްޗެއް ގެއްލުމަށް ފަހު އަދި މަރުގެ ތުންފަތްމައްޗަށް ދިއުމަށް ފަހު މި ހިސާބަށް އާދެވުމުން ވެސް ފުރައްސާރަކުރަން އެ މީހުންނަށް އެބަ ކެރޭ،" އާއިލާއަށް ޖެހުނު ހާލަށް އިޝާރާތްކޮށް ފާއިޒާ ބުންޏެވެ.
"އަހަރެންގެ އަންހެން ދަރިން އުޅުނީ އެތަނުގައި. އެ މީހުންގެ ދަރިން ނިދީ ބަނޑުހައިވެފައި ތިބެގެން ... ޓެންޓުތަކުގެ ބޭރުގައި ހުންނަނީ ބޮން،" ފާއިޒާ ބުންޏެވެ.
އެކަމަކު އިޒްރޭލަށް ތާއީދުކޮށް ދޮގު ފަތުރާ އެކައުންޓުތަކުން ވަނީ ފާއިޒާގެ މާމަ ދަރިންގެ ހަށިގަނޑު ވެސް ރަނގަޅު ކަމަށާއި އެއީ ކާން ނުލިބި ތިބި ކުދިންތަކެއް ނޫން ކަމަށް ބުނެފަ އެވެ. އެކަމަކު ފާއިޒާ ބުނީ ޣައްޒާއިން ނުކުތް އިރު އެ ކުދިން ވެސް ތިބީ އަނަރޫފަވެފައި ކަމަށާއި ކެނެޑާއަށް އެ ކުދިން ދިއުމުގެ ކުރިން ޖޯޑަންގެ ހޮސްޕިޓަލެއްގައި ފަރުވާދީފައިވާ ކަމަށެވެ.
ޔުނިވާސިޓީ އޮފް ވޮޝިންޓަންގެ ސެންޓަ ފޯގެ އިންފޮމޭޓެޑް ޕަބްލިކްގެ ޕޯސްޓްޑޮކްޓޯރަލް ފެލޯ، މާޓް ކޭން ބަޔާރު ވިދާޅުވީ ފާއިޒާއަށް އަމާޒުކޮށް ކޮށްފައިވާ ޕޯސްޓުތަކަކީ އޮންލައިންގައި ހިންގާ ދޮގު ފެތުރުމުގެ ކެމްޕެއިނުން ކުޑަ މިންވަރެއް ކަމަށެވެ.
ޣައްޒާ ބަނޑަށް ޖައްސާފައި ބާއްވައި ހަނގުރާމަ އަދިވެސް އިތުރަށް ފުޅާކުރާތީ އިޒްރޭލުގައި މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ
ފާއިޒާގެ އާއިލާއަށް މަރުހަބާ ކިޔުމަށް ޓޮރޮންޓޯގެ މޭޔަރު އޮލިވިއާ ޗައު އިންސްޓަގްރާމްގައި ޕޯސްޓުކުރި ވީޑިއޯއެއް ވެސް ވަނީ އެ އާއިލާއަށް އަމާޒުކުރި ހުތުރުގެ ކޮމެންޓްތަކާ ހެދި ޑިލީޓުކޮށްފަ އެވެ.
އޭއެފްޕީން މި އަހަރު ޣައްޒާގައި ނަގާފައިވާ، ބަލިކަށިވެފައިވާ ކުއްޖެއްގެ ފޮޓޯ ވެސް އެކްސްގެ ޗެޓްބޮޓް ގްރޯކް އިން ވަނީ އެއީ މީގެ ހަތް އަހަރު ކުރިން ޔަމަނުގައި ނަގާފައިވާ ފޮޓޯއެއް ކަމަށް ބުނެ ގޯސްކޮށް ފްލެގްކޮށްފަ އެވެ. މި ފޮޓޯ މިގޮތަށް ފްލެގްވުމާ އެކު، ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުވެފައިވާ ވާހަކަ އަކީ ދޮގެއް ކަމަށް ބުނާ މީހުންގެ އަޑު އިތުރަށް ގަދަކޮށްލި އެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސް އިން ދިން ހަމަލާއަށް ފަހު އިޒްރޭލުން ހަމަ އެ ދުވަހު ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 61،430 މީހަކު ޝަހީދުވިކަން ކަށަވަރުވެފައިވެ އެވެ. މިއީ ސައްހަ އަދަދެއް ކަމަށް އދ. އިން ބުނާއިރު އިޒްރޭލުން އަބަދުވެސް ބުނަނީ މިއީ ހަމާސް އިން ދޭ އަދަދުތަކެއް ކަމަށާއި އެވަރަށް މީހުން މަރުނުވާނެ ކަމަށެވެ. ހަމަ އެގޮތަށް، ހައިހޫނުކަމުގައި މީހުން މަރުވަމުން ދާއިރު ވެސް އިޒްރޭލުން މަސައްކަތްކުރަމުންދަނީ ޣައްޒާގައި ކާބޯތަކެތި އެބަހުރި ކަމަށާއި އެ ތަކެތި ހަމާސް އިން ފޭރި، އާންމުން ބަނޑަށް ޖައްސަނީ ކަމަށް ވިސްނައިދޭށެވެ.
ފަލަސްތީނުގެ ދައުލަތެއް އުފެދުނަކަ ނުދޭނަން: ނަތަންޔާހޫ
"ކުރަންއުޅޭ ކަމެއް ނަތަންޔާހޫއަށް ވެސް ނޭނގޭ"
ޣައްޒާ ހިފުމުގެ މަސައްކަތް ފަށައިފި
ޣައްޒާއިން މީހުން ނެރޭ ވާހަކަ އަނެއްކާވެސް ދައްކައިފި
އެންމެން ދެކޮޅުހެދިޔަސް ޣައްޒާ ހިފާނަން: ނަތަންޔާހޫ
ޣައްޒާ ހިފަން ކުރި އަމުރަށް އިޒްރޭލު ސިފައިން ދެކޮޅު؟
ހަމަލާތައް ހުއްޓުމުގެ މަޝްވަރާއަށް އިޒްރޭލުގެ ޓީމެއް
އިޒްރޭލުގައި ރައްޔިތުންގެ ސަރުކާރެއް ނެތް: އިދިކޮޅު
ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލެވިދާނެ: ނަތަންޔާހޫ
ޣައްޒާ ބަނޑަށް ޖެހެން ދޫކޮށްލެވޭކަށް ނެތް: ނަތަންޔާހޫ