ޣައްޒާ އެއްކޮށް ހިފައި ސިފައިންގެ ބާރުގެ ދަށަށް ގެންދަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރި އަމުރަށް ސިފައިންގެ ވެރިޔާ، ޑިފެންސް ޗީފް އޮފް ސްޓާފް އިޔާލް ޒާމިރު ދެކޮޅުހަދައި އެއީ ސިފައިން ދަންތުރައެއްގައި ޖެންސުން ކަމަށް ބުނެފައިވާ ކަމަށް އިޒްރޭލުގެ މީޑިއާގައި ރިޕޯޓްކޮށްފި އެވެ.
ޣައްޒާ އެއްކޮށް ހިފައި ސިފައިންގެ ބާރުގެ ދަށަށް ގެންދަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރި އަމުރަށް ސިފައިންގެ ވެރިޔާ، ޑިފެންސް ޗީފް އޮފް ސްޓާފް އިޔާލް ޒާމިރު ދެކޮޅުހަދައި އެއީ ސިފައިން ދަންތުރައެއްގައި ޖެންސުން ކަމަށް ބުނެފައިވާ ކަމަށް އިޒްރޭލުގެ މީޑިއާގައި ރިޕޯޓްކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސަރުކާރުގައި ރަސްމީ ދައުރެއް ނެތް، ނަތަންޔާހޫގެ ދަރި ޔައިރު ނަތަންޔާހޫ އެކްސްގައި ކުރި ޕޯސްޓެއްގެ މައްސަލައިގައި ވެސް ނަތަންޔާހޫ އާއި ޒާމިރު ވަނީ އަރާރުންވެފަ އެވެ.
ނަތަންޔާހޫގެ ދަރި އެކްސްގައި ޒާމިރަށް ބަހުގެ ހަމަލާތަކެއް ދެމުން ބުނެފައިވަނީ 1970 ގެ އަހަރުތަކުގައި މެދުތެރޭ އެމެރިކާގެ ގައުމަކުން ފެނުނު ފަދަ އަސްކަރީ ބަޣާވާތެއް ކުރަން ޒާމިރު އުޅެނީ ކަމަށެވެ.
ޒާމިރު އެ ތުހުމަތާ ދެކޮޅު ހަދައި، އެ ބައްދަލުވުމުގައި ވާހަކަ ދެއްކި ކަމަށާއި ނަތަންޔާހޫއަށް ވަރުގަދައަށް ރައްދު ދިން ކަމަށް ޕަބްލިކް ބްރޯޑްކާސްޓަރު ކަން އިން ބުނެފައިވެ އެވެ.
"މިއީ ކިހިނެއްވާ ކަމެއް؟ ކީއްވެ އަހަންނަށް ޓާގެޓް ކުރަނީ؟ ހަނގުރާމައެއްގެ ތެރޭގައި ފާޑުކިޔަނީ ކީއްވެ؟،" ޒާމިރު ނަތަންޔާހޫއަށް ރައްދުގައި ބުނި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ނަތަންޔާހޫ ވަނީ އިސްތިއުފާ ދޭނެ ކަމަށް ބުނެ މީޑިއާގައި ބިރު ނުދެއްކުމަށާއި ސިފައިންގެ ވެރިޔާގެ ޕްލޭނާ ސަރުކާރާ ދެކޮޅުހަދާ ކޮންމެ ފަހަރަކު، އިސްތިއުފާ ދޭނެ ކަމަށް ބުނެ އެހެން ބިރު ދެއްކުން ބަލައިނުގަނެވޭނެ ކަމަށް ބުނެފައި ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. މީޑިއާގައި ބުނެފައިވާ ގޮތުގައި ނަތަންޔާހޫ ވަނީ އޭނާގެ ދަރިއަށް 33 އަހަރު ވެފައިވާ ކަމަށާއި އެއީ ވިސްނޭ ބޮޑު މީހެއް ކަމަށް ވެސް ބުނެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޣައްޒާ އެއްކޮށް ހިފުމަށް ކެބިނެޓުން ބާރުއަޅަމުން ދާތީ މި ފަހަކަށް އައިސް ޒާމިރާއި ކެބިނެޓު މެންބަރުންނާ ދެމެދު ދަނީ ދެބަސްވުންތައް ހިނގަމުންނެވެ. އެތައް ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ޣައްޒާ ހިފުމުގެ ޕްލޭނާ ދެކޮޅުހަދާ ނަމަ ޒާމިރު އިސްތިއުފާ ދޭން ވެސް ކެބިނެޓުން ވަނީ ބުނެފަ އެވެ.
ސިފައިންގެ ވެރިޔާ އަންގާރަ ދުވަހުގެ މަޝްވަރާތަކުގައި ވަނީ ޣައްޒާ ހިފައިފި ނަމަ އިޒްރޭލުގެ 50 ރަހީނުންނަށް އިތުރު ނުރައްކާ ކުރިމަތިވާނެ ކަމަށާއި 20 ރަހީނަކު ގަދަވެ ސަލާމަތުން އެބަތިބި ކަމަށް ބެލެވޭއިރު މި ޕްލޭނާ ހެދި އެ އެންމެންނަށާއި މުޅި އަސްކަރިއްޔާއަށް ވެސް ނުރައްކަލާއި ނުތަނަވަސްކަން ނޫނީ ކުރިމަތިނުވާނެ ކަމަށް ބުނެފަ އެވެ.
މީޑިއާގައި މި ވާހަކަތައް ރިޕޯޓްކޮށްފައި ވާއިރު އިޒްރޭލުގެ ޑިފެންސް މިނިސްޓަރު މިއަދު ވަނީ ސިފައިންގެ ވެރިޔާއަށް އޮންނާނީ ޣައްޒާއާ ގުޅޭ ގޮތުން ސަރުކާރުން އަންގާ ކޮންމެ ކަމެއް ތަންފީޒުކުރުން ކަމަށް ބުނެ، ދެބަސްވުމެއް ނޫޅޭ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކައިފަ އެވެ.
ފަލަސްތީނުގެ ދައުލަތެއް އުފެދުނަކަ ނުދޭނަން: ނަތަންޔާހޫ
"ކުރަންއުޅޭ ކަމެއް ނަތަންޔާހޫއަށް ވެސް ނޭނގޭ"
ޣައްޒާ ބަނޑަށްނުޖެހޭކަން ދައްކަން ދޮގު ކެމްޕޭނެއް
ޣައްޒާ ހިފުމުގެ މަސައްކަތް ފަށައިފި
ޣައްޒާއިން މީހުން ނެރޭ ވާހަކަ އަނެއްކާވެސް ދައްކައިފި
އެންމެން ދެކޮޅުހެދިޔަސް ޣައްޒާ ހިފާނަން: ނަތަންޔާހޫ
ހަމަލާތައް ހުއްޓުމުގެ މަޝްވަރާއަށް އިޒްރޭލުގެ ޓީމެއް
އިޒްރޭލުގައި ރައްޔިތުންގެ ސަރުކާރެއް ނެތް: އިދިކޮޅު
ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލެވިދާނެ: ނަތަންޔާހޫ
ޣައްޒާ ބަނޑަށް ޖެހެން ދޫކޮށްލެވޭކަށް ނެތް: ނަތަންޔާހޫ