ފަލަސްތީނުގެ ޣައްޒާއިން ކާބޯތަކެތި ހުސްވެ އެންމެ ބަނޑަށްޖެހޭ ހާލަތަށް ދިއުން ހުއްޓުވަންޖެހޭނެ ކަމަށާއި އެއީ ޑިޕްލޮމެޓިކް ސަބަބުތަކާ ހެދި ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
ފަލަސްތީނުގެ ޣައްޒާއިން ކާބޯތަކެތި ހުސްވެ އެންމެ ބަނޑަށްޖެހޭ ހާލަތަށް ދިއުން ހުއްޓުވަންޖެހޭނެ ކަމަށާއި އެއީ ޑިޕްލޮމެޓިކް ސަބަބުތަކާ ހެދި ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
ނަތަންޔާހޫ މިހެން ބުނީ، ހަމަލާތަކާއި އިޒްރޭލުގެ ހިސާރުގެ ސަބަބުން މިހާރުވެސް ގިނަ މީހުން ހައިހޫނުކަމުގައި އުޅެންޖެހިފައިވާ ޣައްޒާއަށް އަސާސީ ކާނާގެ ބާވަތްތައް، ހަމައެކަނި ބޭނުންވާ މިންވަރަށް އެކަނި އެތެރެކުރުމުގެ ހުއްދަ ދޭނެ ކަމަށް އިއުލާނުކުރުމަށް ފަހުގަ އެވެ.
ކާނާ ވައްދަން ފުރުސަތު ދޭނެ ކަމަށް އިއުލާނުކުރުމާ އެކު ޔަހޫދީންގެ ހަރުކަށި ފިކުރުގެ މީހުން ވަނީ އެކަމަށް ދެކޮޅުހަދައި ނަތަންޔާހޫއަށް ފާޑުކިޔައިފަ އެވެ.
"ހާލަތުގެ ގޮތުންނާއި ޑިޕްލޮމެޓިކް ސަބަބުތަކަށްޓަކައި ޣައްޒާގެ އާބާދީ ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓެން ދޫކޮށްލައިގެން ނުވާނެ،" ނަތަންޔާހޫ އޭނާގެ ޓެލެގްރާމް ޗެނަލްގައި އާންމުކުރި ވީޑިއޯއެއްގައި ބުންޏެވެ.
އޭނާ ބުނީ ޣައްޒާގެ އާންމުން ހައިހޫނުކަމުގައި ތިބޭ މަންޒަރު ފެންނަ ފޮޓޯތައް "އިޒްރޭލުގެ އެކުވެރިންގެ ވެސް ބަލައިނުގަންނާނެ" ކަމަށެވެ.
އިޒްރޭލުން މިހާ ހިސާބަށް ވެސް ބުނަމުން އައީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން މާޗް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ހުއްޓުވާފައި އޮންނަނީ ހަމާސް ޖަމާއަތަށް އެހީގެ ތަކެތި ލިބޭތީ ކަމަށެވެ. އެކަމަކު އިޒްރޭލުގެ އެ ނިންމުމާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން ބޮޑުވަމުން ގޮސް މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ. އެހީގެ ޖަމިއްޔާތަކުން ބުނަމުންދަނީ ކާނާ އާއި ބޭހާއި ތެލާއި ސާފު ބޯފެން ވެސް ޣައްޒާއިން މިހާރު ގާތްގަނޑަކަށް ހުސްވެފައިވާ ކަމަށެވެ.
އދ. އާއި އެންޖީއޯތަކުގެ އެހީގައި ހިންގާ އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) އިން މި މަހު ބުނި ގޮތުގައި ޣައްޒާ އަކީ "ކާރިސާގެ ނާޒުކު ނުރައްކަލެއް" އޮތް ސަރަހައްދެއް ކަމަށާއި އާބާދީގެ 22 ޕަސެންޓް މީހުންނަށް އިންސާނީ ކާރިސާއެއްގެ ބިރު މިހާރު ވެސް އެބަ އޮތެވެ.
ނަތަންޔާހޫ ގޮތް ދޫނުކޮށް ހިފަހައްޓަމުން ދިއުމަށް ފަހު އެހީގެ ސާމާނު ވެއްދުމުގެ ފުރުސަތު ދެމުން ބުނީ މިއީ ފާޑުކިޔުންތަކާ ހެދި ނިންމި ނިންމުމެއް ނޫން ކަމަށާއި މިއީ ހާލަތުގެ ގޮތުން ނިންމަން ޖެހުނު އުނދަގޫ އަދި މުހިންމު ނިންމުމެއް ކަމަށެވެ. -- އޭއެފްޕީ
ފަލަސްތީނުގެ ދައުލަތެއް އުފެދުނަކަ ނުދޭނަން: ނަތަންޔާހޫ
"ކުރަންއުޅޭ ކަމެއް ނަތަންޔާހޫއަށް ވެސް ނޭނގޭ"
ޣައްޒާ ބަނޑަށްނުޖެހޭކަން ދައްކަން ދޮގު ކެމްޕޭނެއް
ޣައްޒާ ހިފުމުގެ މަސައްކަތް ފަށައިފި
ޣައްޒާއިން މީހުން ނެރޭ ވާހަކަ އަނެއްކާވެސް ދައްކައިފި
އެންމެން ދެކޮޅުހެދިޔަސް ޣައްޒާ ހިފާނަން: ނަތަންޔާހޫ
ޣައްޒާ ހިފަން ކުރި އަމުރަށް އިޒްރޭލު ސިފައިން ދެކޮޅު؟
ހަމަލާތައް ހުއްޓުމުގެ މަޝްވަރާއަށް އިޒްރޭލުގެ ޓީމެއް
އިޒްރޭލުގައި ރައްޔިތުންގެ ސަރުކާރެއް ނެތް: އިދިކޮޅު
ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލެވިދާނެ: ނަތަންޔާހޫ