ފަލަސްތީނުގެ ޣައްޒާއަށް ކެނޑިނޭޅި ހަމަލާދީ، ކާނާ އާއި އަސާސީ އެއްވެސް އެއްޗެއް އެ ސަރަހައްދަށް ވެއްދުން މަނާކޮށްފައި އޮންނާ ދެ މަސް ފަހުން "ކިރިޔާ ފުދޭ މިންވަރަށް" ކާނާ ވެއްދުމުގެ ހުއްދަ ދީފާނެ ކަމަށް އިޒްރޭލުން އިއްޔެ ބުނެފި އެވެ.
ފަލަސްތީނުގެ ޣައްޒާއަށް ކެނޑިނޭޅި ހަމަލާދީ، ކާނާ އާއި އަސާސީ އެއްވެސް އެއްޗެއް އެ ސަރަހައްދަށް ވެއްދުން މަނާކޮށްފައި އޮންނާ ދެ މަސް ފަހުން "ކިރިޔާ ފުދޭ މިންވަރަށް" ކާނާ ވެއްދުމުގެ ހުއްދަ ދީފާނެ ކަމަށް އިޒްރޭލުން އިއްޔެ ބުނެފި އެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި މިހެން ބުނީ ޣައްޒާއަށް އެއްގަމުން މަގުން އަރައި ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާކަން އިޒްރޭލުގެ އަސްކަރިއްޔާއިން އިއުލާނުކުރިތާ އިރުކޮޅެއް ފަހުންނެވެ. އަދި ހަމަ މިވަގުތު އިޒްރޭލާއި ހަމާސްއާ ދެމެދު ގެންދަނީ ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމެއް ހަދަން ނުސީދާކޮށް މަޝްވަރާތައް ވެސް ކުރަމުންނެވެ.
ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ކާނާގެ އަސާސީ މިންވަރެއް ޣައްޒާއަށް ވައްދަން ހުއްދަ ދެނީ އަސްކަރިއްޔާއިން ދިން ލަފަޔަކަށް ކަމަށާއި އެއީ "ޣައްޒާގައި ހައިހޫނުކަން އާންމުވިޔަ ނުދޭން" ކަމަށެވެ.
އެހެން ބުނި ނަމަވެސް ޣައްޒާގެ ދެ މިލިއަނަށް ވުރެ ބޮޑު އާބާދީގައި މިހާރު ގިނައީ ހައިހޫނުކަމުގައި އުޅެންޖެހިފައިވާ މީހުންނެވެ. ކާނާގެ އިތުރުން ސާފު ބޯފެނާއި ބޭސް ވެސް ނުލިބެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ޣައްޒާގައި ހައިހޫނުކަން އާންމުވެފައި އޮންނަ ނަމަ ސިފައިންގެ އާ އޮޕަރޭޝަނަށް ވެސް ހުރަސްއެޅޭނެ ކަމަށެވެ. އަދި ގެންނަ ކާނާ "ހަމާސްގެ މެންބަރުންނަށް ނުލިބޭކަން ކަށަވަރުކުރާނެ" ކަމަށް ވެސް ބުންޏެވެ.
ޣައްޒާގައި ހައިހޫނުކަން އާންމުވާ ހާލަތަކަށް އިޒްރޭލުން ގެންދިޔައީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ކަމަށާއި މިއީ ހަނގުރާމައިގެ ޖަރީމާތާކުގެ އަމަލެއް ކަމަށް ބައިނަލްއަގުވާމީ ޖަމާއަތްތަކުން ބުނަމުން ދާއިރު އިޒްރޭލުން ބުނަނީ އެހީގެ ސާމާނު ލިބެނީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށެވެ. މި ބަހަނާގައި އިޒްރޭލުން މާޗް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ވަނީ ކާނާ އާއި ތެލާއި ފެނާއި ބޭސް ވެސް ޣައްޒާއަށް އެތެރެވުން ހުއްޓުވައިފަ އެވެ.
އިޒްރޭލުން މިހާރު ބުނަމުން ދަނީ ޣައްޒާގައި މިހާރު ފަށާފައި ވަނީ ޣައްޒާއިން ހަމާސް ނައްތާލުމަށް ހިންގާ "ފަހު އޮޕަރޭޝަން" ކަމަށެވެ. މިދިޔަ ހަފްތާއިން ފެށިގެން ހަމަލާތައް ވަރުގަދަކޮށް އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ގިނަ އަދަދަކަށް ހިމެނެ އެވެ.
ޣައްޒާއަށް އޮކްޓޫބަރު 7، 2023 އިން ފެށިގެން ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 53،000 އިން މައްޗަށް ގޮސްފަ އެވެ.
އިޒްރޭލުގައި ރައްޔިތުންގެ ސަރުކާރެއް ނެތް: އިދިކޮޅު
ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލެވިދާނެ: ނަތަންޔާހޫ
ޣައްޒާ ބަނޑަށް ޖެހެން ދޫކޮށްލެވޭކަށް ނެތް: ނަތަންޔާހޫ
ގަތަރު ވާހަކަ ދައްކަނީ ދެ އަނގައިން: ނަތަންޔާހޫ
ޣައްޒާގެ ހަމަލާތަކަކީ އަދި ފެށުމެއް: ނަތަންޔާހޫ
އިޒްރޭލުގެ މިނިވަންވި ރަހީނުން އެދެނީ ސުލްހަވާން
"ރަހީނުކުރީ ހަމާސް އިން، ދުޝްމަނަކީ ނަތަންޔާހޫ"
އަލުން ހަމަލާތައް ފަށާނެކަމުގެ އިންޒާރު ނަތަންޔާހޫ ދީފި
ޓްރަމްޕުގެ ޕްލޭން ތަންފީޒުކުރާނަން: ނަތަންޔާހޫ
ހަމަލާތައް އަލުން ފަށަންޖެހޭ ނަމަ ފަށާނަން: ނަތަންޔާހޫ