ފަލަސްތީނުގެ ޣައްޒާ އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންދަން ނިންމާފައި ނިންމުމަށް އެންމެ ދެކޮޅު ހެދިޔަސް އެކަން ކުރާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ބުނެފި އެވެ.
ފަލަސްތީނުގެ ޣައްޒާ އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންދަން ނިންމާފައި ނިންމުމަށް އެންމެ ދެކޮޅު ހެދިޔަސް އެކަން ކުރާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ބުނެފި އެވެ.
ގުދުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ، އޭނާގެ ޕްލޭނަށް އަމާޒުވެފައިވާ ބޮޑެތި ފާޑުކިޔުންތަކަށް ރައްދު ދެމުން ބުނީ ޣައްޒާ ހިފައިގެން ތިބެން އިޒްރޭލުން ނޫޅޭ ކަމަށާއި މިއީ "ހަނގުރާމަ ނިންމަން ބޭނުންވާތީ ކުރު މުއްދަތަކަށް ގެންގުޅޭ ޕްލޭނެއް" ކަމަށެވެ.
އޭނާ ބުނީ އަސްކަރިއްޔާއަށް މިހާރު ވާނީ ޣައްޒާގައި ހަމާސްގެ ބާރު އޮތް ދެ ސަރަހައްދު ނައްތާލުމުގެ އަމުރު ދީފައި ކަމަށެވެ.
"ޣައްޒާގެ 70-75 ޕަސެންޓް މިހާރުވެސް އޮތީ އިޒްރޭލުގެ ކޮންޓްރޯލްގެ ދަށުގައި. އެކަމަކު ހަމާސްގެ ބާރު ގަދަ ދެ ސަރަހައްދެއް އަދި އެބަ އޮތް. އެއީ ޣައްޒާ ސިޓީ އަދި މެދުތެރޭގައި އޮންނަ އަލް މަވާސީ ކޭމްޕުތައް،" ނަތަންޔާހޫ ބުންޏެވެ.
ނަތަންޔާހޫ ބުނީ އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ދިފާއީ ބާރުތަކަށް އަންގާފައިވަނީ ޣައްޒާ ސިޓީގައި އޮތް ހަމާސް ޖަމާއަތުގެ އެންމެ ފަހުގެ ދެ ބާރުގެ އިތުރުން ސެންޓްރަލް ކޭމްޕްތައް ނައްތާލަން ކަމަށެވެ.
"މިއީ ހަނގުރާމަ ނިންމަން އެންމެ ރަނގަޅ ގޮތް. އަދި އެންމެ އަވަހަށް އެކަން ކުރެވޭނެ ގޮތް."
ނަތަންޔާހޫ ބުނީ މިކަން ކުރުމަށް ރާވާފައި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ކަމަށާއި އެކަމަކު ސީދާ މުއްދަތެއް ބުނަން ނޭނގޭ ކަމަށެވެ.
އަމާޒުވެފައިވާ ފާޑުކިޔުންތަކާއި އިޒްރޭލުގެ އެކުވެރި ޖަރުމަނު ފަދަ ބައެއް ގައުމުތަކުން ހަތިޔާރު ވިއްކުން ހުއްޓާލުމާ ގުޅޭ ގޮތުން ސުވާލުކުރުން ނަތަންޔާހޫ ބުނީ "މިކަން މި ކުރަނީ އެކަނިވިޔަސް ކޮށް ނިންމަން" ތައްޔާރުވެގެން ކަމަށެވެ.
"ބަޔަކު ތާއީދު ކުރިޔަސް، ނުކުރިޔަސް ހަނގުރާމަ ކާމިޔާބުކޮށް ނިންމާނަން،" އޭނާ ބުންޏެވެ.
ނަތަންޔާހޫ ބުނީ އޮޕަރޭޝަންތައް ފެށުމުގެ ކުރިން "ކޮމްބެޓް ޒޯންތަކުން" އާންމުން ނުކުންނަން ހުއްދަ ދޭނެ ކަމަށާއި އެ ސަރަހައްދުތަކުން ނުކުތުމަށް ރައްކާތެރި މަގެއް ތަނަވަސްކޮށްދޭނެ ކަމަށެވެ. އަދި އެ މީހުންނަށް ކާނާ އާއި ބޯފެންނާއި އެހީތެރިކަން ވެސް ލިބޭނެ ކަމަށް ބުންޏެވެ. -- އޭއެފްޕީ
ފަލަސްތީނުގެ ދައުލަތެއް އުފެދުނަކަ ނުދޭނަން: ނަތަންޔާހޫ
"ކުރަންއުޅޭ ކަމެއް ނަތަންޔާހޫއަށް ވެސް ނޭނގޭ"
ޣައްޒާ ބަނޑަށްނުޖެހޭކަން ދައްކަން ދޮގު ކެމްޕޭނެއް
ޣައްޒާ ހިފުމުގެ މަސައްކަތް ފަށައިފި
ޣައްޒާއިން މީހުން ނެރޭ ވާހަކަ އަނެއްކާވެސް ދައްކައިފި
ޣައްޒާ ހިފަން ކުރި އަމުރަށް އިޒްރޭލު ސިފައިން ދެކޮޅު؟
ހަމަލާތައް ހުއްޓުމުގެ މަޝްވަރާއަށް އިޒްރޭލުގެ ޓީމެއް
އިޒްރޭލުގައި ރައްޔިތުންގެ ސަރުކާރެއް ނެތް: އިދިކޮޅު
ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލެވިދާނެ: ނަތަންޔާހޫ
ޣައްޒާ ބަނޑަށް ޖެހެން ދޫކޮށްލެވޭކަށް ނެތް: ނަތަންޔާހޫ