Roadha Mihaaru
ފަލަސްތީނު އަސީރުން މެރުމުގެ ގާނޫނެއް ފާސްކުރަނީ

ފަލަސްތީނު އަސީރުން މެރުމުގެ ގާނޫނެއް ފާސްކުރަނީ

02 މާޗް 2023

އިޒްރޭލުގެ ޖަލުތަކުގައި ތިބޭ ފަލަސްތީނުގެ އަސީރުންގެ ތެރެއިން ވަކި ކުށްތަކަކަށް ތުހުމަތުކުރެވޭ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ގާނޫނެއް ފާސްކުރުމަށް، އިޒްރޭލު ސަރުކާރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށައަޅައި، އެ ބިލުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

އިޒްރޭލުގެ ޖަލުތަކުގައި ތިބޭ ފަލަސްތީނުގެ އަސީރުންގެ ތެރެއިން ވަކި ކުށްތަކަކަށް ތުހުމަތުކުރެވޭ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ގާނޫނެއް ފާސްކުރުމަށް، އިޒްރޭލު ސަރުކާރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށައަޅައި، އެ ބިލުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

އިއްޔެ ފުރަތަމަ ކިޔުން އިއްވައި މަޖިލީހަށް ބަލައިގެންފައިވާ އެ ބިލުގައިވާ ގޮތުން، މަރުގެ އަދަބު ދެވޭނީ އިޒްރޭލު މީހަކު މަރުވުމަށް މެދުވެރިވި ހަމަލާއެއްގައި ބައިވެރިވެފައިވާ ފަލަސްތީނުގެ އަސީރުންނަށެވެ. އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އީތަމާރް ބިން ޣަފީރު ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކުރުމަށް، އެ ގައުމުގެ ހަރުކަށި ޔަހޫދީ ޕާޓީތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ އިރު، އިޒްރޭލުގެ އެންމެ އިސް ޔަހޫދީ ފާދިރީ ވަނީ އެބިލާ ދެކޮޅު ހައްދަވައިފަ އެވެ.

އިޒްރޭލުގެ އެންމެ އިސް ޔަހޫދީ ފާދިރީ އިސްހާގް ޔޫސުފް ވިދާޅުވި ގޮތުގައި ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމަށް އެކުލަވާލާފައި އޮތް ބިލަކީ ޔަހޫދީ ދީނުގެ އަސާސްތަކާ ޚިލާފަށް އޮތް ބިލެކެވެ. އެހެންކަމުން އެ ފަދަ ބިލެއް ފާސް ނުކުރުމަށް އޭނާ ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ފަރާތުން އެދިވަޑައިގެންފަ އެވެ.

ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމުގެ ގާނޫނެއް ފާސްކުރަން މި އުޅެނީ، އިޒްރޭލުގެ އާ ސަރުކާރު ވެރިކަމަށް ހަވާލުވުމާއެކު، ޔަހޫދީ ވަޒަންވެރިންނާއި ފަލަސްތީނު ރައްޔިތުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އިޒްރޭލު ސިފައިންގެ ހިމާޔަތުގައި ޔަހޫދީ ވަޒަންވެރިން، ފަލަސްތީނު މީހުންގެ ގެދޮރަށާއި މުދަލަށް ގެއްލުން ދިނުން އިތުރުވަމުން ދާތީ، ފަލަސްތީނު ރައްޔިތުން ވެސް ވަނީ ޔަހޫދީ ވަޒަންވެރިންނަށް ހަމަލާ ދިނުން އިތުރު ކޮށްފަ އެވެ.

ފަލަސްތީނުގެ ހަނގުރަމަވެރިން އަތުލައިގަތުމުގެ ބަހަނާގައި، މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އިޒްރޭލު ސިފައިން، ހުޅަނގު އައްސޭރީގެ ނާބުލްސް އަށް އަރައިގަނެ ދިން ޓެރަރިސްޓް ހަމަލާތަކުގައި ފަލަސްތީނުގެ 11 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. އެކަމަށް ބަދަލު ހިފުމުގެ ގޮތުން ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފަލަސްތީނުގެ ހަނގުރާމަވެރިންގެ ދެ މީހަކު، ހުޅަނގު އައްސޭރީގެ ހުވާރާ އަވަށުގައި ދިން ބަޑީގެ ހަމަލާތަކެއްގައި، ޔަހޫދީ ވަޒަންވެރިންގެ ތެރެއިން އެއްބަނޑު އެއްބަފާ ދެބެން މަރައިލި އެވެ.

އެކަމަށް ބަދަލު ހިފުމުގެ ގޮތުން ހަމަ އެ ދުވަހުގެ ރޭ ޔަހޫދީ ވަޒަންވެރިން ވަނީ ހުވާރާ އަވަށުގައި ދިރިއުޅޭ ފަލަސްތީނުގެ މީހުންގެ ގެތަކާއި ފިހާރަތަކާއި ކާރުތަކުގައި ހުޅުޖަހައި އަންދާލައިފަ އެވެ. އިޒްރޭލު ސިފައިންގެ ހިމާޔަތުގައި ޔަހޫދީ ވަޒަންވެރިން ހިންގި މި ލާއިންސާނީ އަމަލުތަކުގެ ތެރޭގައި ބަޑި ޖެހުމުގެ ސަބަބުން ފަލަސްތީނުގެ ޒުވާނަކު ޝަހީދުވި އެވެ.

ހަރުކަށި ޔަހޫދީން ފަލަސްތީނުގެ ގެތަކުގައި ހުޅުޖެހުމުން އެކަމަށް ހިތްވަރު ދެއްވައި އިޒްރޭލުގެ މާލީ ވަޒީރު ބެތަސެލްއީލް ސްމޮޓްރިޗް ވާހަކަދެއްކެވުމުން، އެމެރިކާ އިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. މާލީ ވަޒީރު ވިދާޅުވީ ހުވާރާ އަވަށް އެކުގައި މި ބިންމަތިން ފޮހެލަންވީ ކަމަށާއި، އިޒްރޭލު ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަންވީ އެކަންތައް ކަމަށެވެ.