22 މާޗް 2023
މާދަމާ ރޯދަމަސް ފެށޭއިރު ކުއްލިއަކަށް ކަރާގެ އަގު ބޮޑުކޮށްފި އެވެ.
މާދަމާ ރޯދަމަސް ފެށޭއިރު ކުއްލިއަކަށް ކަރާގެ އަގު ބޮޑުކޮށްފި އެވެ.
މާރުކޭޓުގައި މިވަގުތު ދިވެހި ކަރާގެ އަގު ހުރީ ކިލޯއެއް 30ރ. އަށެވެ. އިންޑިއާއިން ގެނެސްގެން ވިއްކާ ކަރާގެ ކިލޯއެއް 25ރ. އަށެވެ.
މާލޭގެ ލޯކަލް މާރުކޭޓުގައި މިވަގުތު ހުރީ، ލ. އަތޮޅު ކަރަ އެވެ. އެންމެ ގިނައިން ކަރާ ހައްދާ ތޮއްޑޫ ދަނޑުވެރިން ބުނީ އެ ރަށު ކަރާ ލިބޭނީ މާދަމާ ކަމަށެވެ.
މިދިޔަ އަހަރުގެ ރޯދަ މަސް ފެށުނު އިރު ކަރާ ކިލޯއެއްގެ އަގު އުޅުނީ 20-25ރ. އާ ދެމެދުގަ އެވެ.
ކަރާގެ އަގު މިހާރު ބޮޑުކޮށްފައި ވިޔަސް މީގެ ދުވަސްކޮޅެއް ކުރިން ކަރާ ކިލޯއެއް 15ރ. އާއި 20ރ. އާ ދެމެދުގެ އަގުތަކެއްގައި ލިބުނެވެ.
ކޮންމެ ރޯދަ މަހަކު ވެސް ކަރައަށް ޑިމާންޑު ވަރަށް ބޮޑުވާތީ އާންމުކޮށް މި ދުވަސްވަރު ކަރާގެ އަގު ބޮޑުކުރެ އެވެ.
މާރުކޭޓުގައި ކަރާ ވިއްކާ ވިޔަފާރިވެރިން ބުނީ އަގު ބޮޑުކޮށް ވިއްކަން ޖެހެނީ ދަނޑުވެރިވެރިންގެ އަތުން އެ ގަންނަން ލިބޭ އަގު ވެސް ބޮޑުވުމުން ކަމަށެވެ.
ކަރާ ހެއްދުމުގައި އެންމެ ކުރީގައި އުޅޭ ތޮއްޑޫ އިން ރޯދަ މަހުގެ ކޮންމެ ދުވަހަކު 5،000 - 8،000 ކިލޯއާ ދެމެދުގެ އަދަދަކަށް ކަރާ މާލެއަށް ގެނެވޭނެ ކަމަށް ލަފާކުރެ އެވެ.
ތޮއްޑޫއިން މިއަހަރުގެ ރޯދައަށް ގާތްގަނޑަކަށް 200 ޓަނުގެ ކަރާ އުފެއްދޭނެ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
ކަރާގެ އަގު ހެޔޮ ރޯދަ މަހެއް
ކަރާގެ އަގު ބޮޑުވާނެ ކަމަކަށް ނުބެލެވޭ
ކަރާގެ އަގު 15-20ރ. އަށް
ރޯދަމަސް ފެށޭއިރު ކަރާގެ އަގު 30ރ. އަށް އުފުލޭނެ
އިންޑިއާއިން ބޯޓުތަކަށް ނާދެވި ބާޒާރުން މުދާ ހުސްވެފައި
12ރ. އަށް ލިބުނު ކަރާ މިހާރު 25ރ. އަށް!
ކަރާ ކިލޯއެއްގެ އަގު ދެގުނަ ދަށަށް
ދަތިކަމެއް ނެތި ކަރާ ލިބޭނެ: ދަނޑުވެރިން
ކަރާގެ އަގު ދެ ގުނަ ބޮޑުވެ ކިލޯއެއް 30ރ. އަށް
ކަރާގެ އަގު އަނެއްކާ ވެސް 35ރ. އަށް އުފުލިއްޖެ