Roadha Mihaaru
ކަރާގެ އަގު 15-20ރ. އަށް

ކަރާގެ އަގު 15-20ރ. އަށް

02 އެޕްރީލް 2023

މާލޭގެ ބާޒާރުގައި ކަރާ ތިޔާގިވެ، އަގުތައް ދަށްވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލޭގެ ބާޒާރުގައި ކަރާ ތިޔާގިވެ، އަގުތައް ދަށްވެއްޖެ އެވެ.

މި ރޯދަމަސް ފެށުނު އިރު ކަރާ ކިލޯއެއްގެ އަގު ހުރީ 30ރ. އާއި 25ރ. އާ ދެމެދުގަ އެވެ. ނަމަވެސް މިހާރު ކަރާ ކިލޯއެއް ލިބެނީ 15ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ލޯކަލް މާރުކޭޓުގައި އެންމެ ގިނައިން މިހާރު ލިބެން ހުރީ ތޮއްޑޫ ކަރަ އެވެ. ކަރާގެ އަގު އެހާ ބޮޑަށް ހެޔޮވީ، ރަށްރަށުން ކަރާ ލިބޭ ވަރު އިތުރުވުމުން ކަމަށް ގޮޅިތައް ހިންގާ ބައެއް ވިޔަފާރިވެރިން ބުންޏެވެ.

ކަރާގެ އަގު ރޯދަމަހުގެ ކުރިން ވެސް ހުރީ ކިލޯއެއް 15ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ކޮންމެ ރޯދަމަހަކު ވެސް ކަރައަށް ޑިމާންޑް ވަރަށް ބޮޑުވާތީ އާންމުކޮށް މި ދުވަސްވަރު ކަރާގެ އަގު ބޮޑު ކުރެ އެވެ. އެކަމަކު، މާލޭގެ އެތެރޭގެ މާރުކޭޓުތައް އިތުރުވުމުން ބާޒާރުމަތީ މާރުކޭޓުތަކުގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.

ކަރާގެ އަގު ވެއްޓުނު އިރު ކުރިއަށް އޮތްތަނުގައި ވެސް އިތުރަށް ކަރާގެ އަގު ހެޔޮވެދާނެ ކަަމަށް ވިޔަފާރިވެރިއަކު ބުންޏެވެ.

ކަރާ ހެއްދުމުގައި އެންމެ ކުރީގައި އުޅޭ ތޮއްޑޫން ރޯދަމަހުގެ ކޮންމެ ދުވަހަކު 5،00-8،000 ކިލޯއާ ދެމެދުގެ އަދަދަކަށް މާލެ އަށް ކަރާ ގެނެވޭނެ ކަމަށް ލަފާކުރެ އެވެ.

މި އަހަރުގެ ރޯދަމަހަށް ގާތްގަނޑަކަށް 200 ޓަނުގެ ކަރާ އުފެއްދޭނެ ކަމަށް ތޮއްޑޫ ކައުންސިލުން ބުންޏެވެ.