Roadha Mihaaru
ރޯދަމަސް ފެށޭއިރު ކަރާގެ އަގު 30ރ. އަށް އުފުލޭނެ

ރޯދަމަސް ފެށޭއިރު ކަރާ ކިލޯއެއްގެ އަގު 30ރ. އަށް އުފުލޭނެ: ވިޔަފާރިވެރިން

17 މާޗް 2022

ކުރިއަށް އޮތް ރޯދަމަހަށް އަނެއްކާވެސް މި އޮތީ ކަރަލުގެ ވާހަކަ ދައްކަން ޖެހިފަ އެވެ. ރޯދަ ވީއްލުމަށް ގިނަ ބަޔަކު އަދިވެސް ކަރާފަނި ބޭނުންކުރާއިރު، މި ފަހަރު ވެސް އޭގެ ޑިމާންޑް މައްޗަށް ގޮސް އަގު އުފުލޭނެ ކަމަށް މާލޭގެ ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ވިޔަފާރިވެރިން މިހާރު ވަނީ ބުނަން ފަށައިފަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރިއަށް އޮތް ރޯދަމަހަށް އަނެއްކާވެސް މި އޮތީ ކަރަލުގެ ވާހަކަ ދައްކަން ޖެހިފަ އެވެ. ރޯދަ ވީއްލުމަށް ގިނަ ބަޔަކު އަދިވެސް ކަރާފަނި ބޭނުންކުރާއިރު، މި ފަހަރު ވެސް އޭގެ ޑިމާންޑް މައްޗަށް ގޮސް އަގު އުފުލޭނެ ކަމަށް މާލޭގެ ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ވިޔަފާރިވެރިން މިހާރު ވަނީ ބުނަން ފަށައިފަ އެވެ.

ލޯކަލް މާރުކޭޓުގައި މި ވަގުތު ގިނައީ ދިވެހި ކަރަލުގެ ބަދަލުގައި އިންޑިއާ އިން ގެންނަ ކަރަލެވެ. އެ ގައުމުން އެތެރެކޮށްފައިވާ ކަރޯ ކިލޯއެއްގެ އަގު 15ރ.- 18ރ. އާ ދެމެދު ހުރިއިރު، ދިވެހި ކަރަލުގެ އަގު އުޅެނީ ކިލޯއެއް 23ރ. އާއި 25ރ. އަށެވެ.

ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ މީހަކު ބުނީ، ރާއްޖޭގައި ހައްދާ ކަރާ ލިބެން ފަށާނީ އަންނަ ހަފުތާގަ އެވެ. ކަރާ ހެއްދުމަށް މަޝްހޫރު ތޮއްޑޫގެ އިތުރުން ލ. އިސްދު އާއި ކ. ކާށިދޫގެ ކަރާ ވެސް ލިބޭނީ އަންނަ ހަފުތާ އިން ފެށިގެން ކަމަށް އޭނާ ބުންޏެވެ.

ލޯކަލް މާރުކޭޓުން މީހަކު ކަރައެއް ގަންނަނީ. ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ކަރާގެ ޑިމާންޑް އެތައް ގުނައަކަށް އުފުލޭ--ފޮޓޯ:މިހާރު

ލޯކަލް މާރުކޭޓުން މީހަކު ކަރައެއް ގަންނަނީ. ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ކަރާގެ ޑިމާންޑް އެތައް ގުނައަކަށް އުފުލޭ--ފޮޓޯ:މިހާރު

އެހެން ވިޔަފާރިވެރިއަކު ބުނިގޮތުގައި، މި ރޯދަމަސް ފެށޭއިރު ކަރާގެ އަގު 30ރ. އާއި 35ރ. އަށް އުފުލޭނެ އެވެ.

"ހީއެއްއް ނުވޭ އަގު ވެއްޓޭނެ ހެއްނެއް. އަގު އުފުލެނީ އެހާ ބޮޑަށް ޑިމާންޑް އުފުލޭނެތީ،" އޭނާ ބުންޏެވެ.

އެހެން ވިޔަފާރިވެރިއަކު ބުނީ، ކަރާގެ އަގު 25ރ. އަށް ވުރެ ދަށް ނުވާނެ ކަމަށެވެ. އަގު ދަށަށް ނުދަނީ ދަނޑުވެރިން ވެސް ވިއްކާ އަގު ބޮޑުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށޭނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ.

މިދިޔަ އަހަރުގެ ރޯދަ މަސް ފެށުނުއިރު މާރުކޭޓުގައި ކަރާ ކިލޯއެއްގެ އަގު ހުރީ 12ރ. އާއި 15ރ. އަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ރޯދަ މަހުގެ ފަހު ހަފުތާގައި ކަރާ ކިލޯއެއްގެ އަގު 20ރ. އާއި 25. އަށް އުފުލުނެވެ.