Roadha Mihaaru
ރައީސްގެ ސެކިއުރިޓީގެ ކޮމާންޑިން އޮފިސަރު ސަސްޕެންޑް

ރައީސްގެ ސެކިއުރިޓީގެ ކޮމާންޑިން އޮފިސަރު ސަސްޕެންޑްކޮށްފި

21 މާޗް 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ރޭ ބަޔަކު ހުރަސް އެޅި ސަލާމަތީ ކަންކަން ފެއިލް ވުމުން ކަމަށް ބެލެވޭތީ، އެ މަނިކުފާނުގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކާނަލް އަބްދުﷲ އިބްރާހިމް މިއަދު ސަސްޕެންޑް ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ރޭ ބަޔަކު ހުރަސް އެޅި ސަލާމަތީ ކަންކަން ފެއިލް ވުމުން ކަމަށް ބެލެވޭތީ، އެ މަނިކުފާނުގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކާނަލް އަބްދުﷲ އިބްރާހިމް މިއަދު ސަސްޕެންޑް ކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، ރައީސްގެ ސެކިއުރިޓީ ޔުނިޓް ވަގުތީ ގޮތުން ހިންގުން މިހާރު ޑެޕިއުޓީ ކޮމާންޑަރު އިބްރާހިމް ހަލީމާ ހަވާލުކޮށްފަ އެވެ.

އެ ނިންމުމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެ އެވެ.

ހުޅުމާލޭގައި އޮތް ޖަލްސާއަކަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ މޮޓޯކޭޑްގައި ވަޑައިގެން ބޮޑުތަކުރުފާނު މަގުން އިދިކޮޅު ޕީޕީއެމްގެ އޮފީހާ އަރާ ހަމަވި ތަކުން، އިދިކޮޅު މީހުން ނުކުމެ މޮޓޯކޭޑަށް ހުރަސް އަޅައި މުޅި މޮޓޮކޭޓް 15 ވަރަކަށް މިނިޓް ވަންދެން ހުއްޓުވިއިރު ކޮމާންޑިން އޮފިސަރު އަބްދުﷲ ވެސް ހުންނެވި އެވެ.

އާންމުކޮށް ރައީސް ވަޑައިގަންނަވާ ހަފުލާތަކާއި ހަރަކާތްތަކަށް ކޮމާންޑިން އޮފިސަރު ނުވަތަ ޑެޕިއުޓީ ކޮމާންޑިން އޮފިސަރު ވަޑައިގަންނަވަ އެވެ.

ރައީސްގެ ސެކިއުރިޓީ ފެއިލްވި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން ވެސް މިހާރު ވަނީ ބަލަން ފަށައިފަ އެވެ.