09 މެއި 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅީ ސަލާމަތީ ކަންކަން ފެއިލް ވުމުން ކަމަށް ބެލެވޭތީ، އެ މަނިކުފާނުގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކަމުން ސަސްޕެންޑްކުރި ކާނަލް އަބްދުﷲ އިބްރާހިމަށް ބްރިގޭޑިއާ ޖެނެރަލްކަން ދީފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅީ ސަލާމަތީ ކަންކަން ފެއިލް ވުމުން ކަމަށް ބެލެވޭތީ، އެ މަނިކުފާނުގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކަމުން ސަސްޕެންޑްކުރި ކާނަލް އަބްދުﷲ އިބްރާހިމަށް ބްރިގޭޑިއާ ޖެނެރަލްކަން ދީފި އެވެ.
މިއީ ސިފައިންގެ ރޭންކްތައް ބަހާފައިވާ ގޮތުން އެންމެ މަތިން ހަތަރުވަނަ ރޭންކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ހުރަސް އަޅައި، މޮޓޯކޭޑް ހުއްޓުވި މައްސަލައާ ގުޅިގެން ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުން އަބްދުﷲ ސަަސްޕެންޑް ކުރިއިރު އޭނާ ހުންނެވީ ކާނަލްގެ ރޭންކުގަ އެވެ.
އެ މައްސަލާގައި އެމްއެންޑީއެފުން މާޗް 21 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން އަބްދުﷲ އެކަހެރި ކުރީ އެފަދަ ކަމެއް ދިމާވުމުން އެ އިދާރާ އިން އަމަލުކުރާ ޕްރޮސީޖަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އަބްދުﷲ އަށް އޭގެ ދެ މަހެއްހާ ދުވަސް ފަހުން މަގާމުގެ ކުރިއެރުން ދީފައިވާކަން އެމްއެެންޑީއެފްގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ. އެކަމަކު ތަފުސީލެއް ނުދެއްވި އެވެ.
ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުން އަބްދުﷲ ސަސްޕެންޑް ކުރުމުން ވަގުތީ ގޮތުން އެ ޒިންމާ ހަވާލު ކުރެއްވީ މޭޖަ އިބްރާހިމް ހަލީމްއާ އެވެ. އެ ޒިންމާ ދާއިމީކޮށް އެހެން އޮފިސަރަކާ ހަވާލުކުރި ކަމެއް އަދި ނޭނގެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް އިދިކޮޅު ބަޔަކު ހުރަސް އަޅައި ހުއްޓުވީ، މާޗް 20 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި އޮތް ޖަލްސާއަކަށް ފަހު، މާލެ ވަޑައިގެން ބޮޑުތަކުރުފާނު މަގުން ޕީޕީއެމްގެ އޮފީހާ އަރާ ހަމަވި ތަނުންނެވެ. އެކަމާ ގުޅިގެން މޮޓޯކޭޑަށް ޖެހުނީ އަނެއް ކޮޅަށް އަނބުރާލައިގެން ދާށެވެ.
އެ މައްސަލާގައި ކަން ހިނގައިދިޔަ ގޮތް ބަލަން އެމްއެންޑީއެފުން ހާއްސަ ކޮމިޓީއެއް ވެސް އެކުލަވައިލި އެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ސިފައިންގެ އެންމެ އިސް އޮފިސަރުން ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ވެސް ކުރި އެވެ. އެކަމަކު، ނަތީޖާއެއް އަދި ނޭނގެ އެވެ.
މުލީއާގޭގެ ވަށައިގެންވާ ސަރަހައްދުގެ ކާނުތައް މަދުކުރަނީ
އިހުސާންގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެ
ޑިފެންސް ޗީފް ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް
ސިފައިންގެ މުސާރަ ބޮޑުކޮށް, އިތުރު ފްލެޓުތަކެއް ހަދަނީ
މާރިޔާގެ ތާއީދު ރައީސަށް، އެދުނީ ސިފައިން ސިޔާސީނުވާން
ސެކިއުރިޓީ ފެއިލްވުމުގައި އަބްދުﷲގެ އިހުމާލެއް ނެތް
ކައިޒީނަށް ފުލުހުން ސެކިއުރިޓީއެއް ނުދޭ
މޮޓޯކޭޑް ހުއްޓުވުން: ހުރިހާ ބައްދަލުވުމެއް ސިއްރު
މާރިޔާ ވިދާޅުވީ ފާޑުކިޔަނީ އަންހެނެއް ވީމަ ކަމަށް
ސެކިއުރިޓީ ބްރީޗްވި ގޮތާބެހޭ ރިޕޯޓެއް ލިބިއްޖެ: ރައީސް