10 މެއި 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅި މައްސަލައިގައި ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކަމުގައި އޭރު ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމްގެ އެއްވެސް އިހުމާލެއް ނެތް ކަމަށް އެމްއެންޑީއެފުން ނިންމައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅި މައްސަލައިގައި ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކަމުގައި އޭރު ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމްގެ އެއްވެސް އިހުމާލެއް ނެތް ކަމަށް އެމްއެންޑީއެފުން ނިންމައިފި އެވެ.
ރައީސްގެ މޮޓޯކޭޑަށް މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ހުރަސް އަޅައި، މޮޓޯކޭޑް ހުއްޓުވި މައްސަލައާ ގުޅިގެން ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުން އަބްދުﷲ އެކަހެރިކުރި އެވެ.
ކާނަލްގެ ރޭންކުގައި ހުންނެވި އަބްދުﷲ އަށް ފަހުން ވަނީ ބްރިގޭޑިއާ ޖެނެރަލްކަން ދީފަ އެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮމާންޑަރުން އަދާކުރައްވާ ޒިންމާ އާއި މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އެކަހެރިކުރަނީ އެފަދަ ކަންކަމުގެ އިންކުއަރީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުވެރިކަމާއެކު ހިންގުމަށް ކަމަށެވެ.
އެމްއެންޑީއެފްގެ އަމަލުކުރަމުން އަންނަ ޕްރޮސީޖާތަކާ އެއްގޮތަށް، ކާނަލް އަބްދުﷲ އިބްރާހިމް އެ މަގާމުގެ މަސްއޫލިޔަތާއި ޒިންމާތަކުން އެކަހެރި ކުރެވުނު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
"އަދި މި މައްސަލަ ބެލިބެލުމުން ކޮމާންޑިން އޮފިސަރުގެ އެއްވެސް އިހުމާލެއް ފެންނަން ނެތް ކަމުގައި ދަންނަވަމެވެ." އެމްއެންޑީއެފްގެ ބަޔާނުގައިވެ އެވެ.
ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުން އަބްދުﷲ ސަސްޕެންޑް ކުރުމުން ވަގުތީ ގޮތުން އެ ޒިންމާ ހަވާލު ކުރެއްވީ މޭޖަ އިބްރާހިމް ހަލީމްއާ އެވެ. އެ ޒިންމާ ދާއިމީކޮށް އެހެން އޮފިސަރަކާ ހަވާލުކުރި ކަމެއް އަދި ސާފެއް އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް އިދިކޮޅު ބަޔަކު ހުރަސް އަޅައި ހުއްޓުވީ، މާޗް 20 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި އޮތް ޖަލްސާއަކަށް ފަހު، މާލެ ވަޑައިގެން ބޮޑުތަކުރުފާނު މަގުން ޕީޕީއެމްގެ އޮފީހާ އަރާ ހަމަވި ތަނުންނެވެ. އެކަމާ ގުޅިގެން މޮޓޯކޭޑަށް ޖެހުނީ އަނެއް ކޮޅަށް އަނބުރާލައިގެން ދާށެވެ.
އެ މައްސަލާގައި ކަން ހިނގައިދިޔަ ގޮތް ބަލަން އެމްއެންޑީއެފުން ހާއްސަ ކޮމިޓީއެއް ވެސް އެކުލަވައިލި އެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ސިފައިންގެ އެންމެ އިސް އޮފިސަރުން ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ވެސް ކުރި އެވެ.
ސަސްޕެންޑްކުރި އަބްދުﷲ ބްރިގޭޑިއާ ޖެނަރަލަކަށް!
މޮޓޯކޭޑް ހުއްޓުވުން: ހުރިހާ ބައްދަލުވުމެއް ސިއްރު
މާރިޔާ ވިދާޅުވީ ފާޑުކިޔަނީ އަންހެނެއް ވީމަ ކަމަށް
ސެކިއުރިޓީ ބްރީޗްވި ގޮތާބެހޭ ރިޕޯޓެއް ލިބިއްޖެ: ރައީސް
ރައީސްގެ މޮޓޯކޭޑް ހުއްޓުވި މައްސަލަ ބަލަން ކޮމިޓީއެއް
މުލީއާގޭގެ ވަށައިގެންވާ ސަރަހައްދުގެ ކާނުތައް މަދުކުރަނީ
ކަމެއް ވީހެން ވެސް ހީނުވޭ، މާލޭ ފުރެންދެން ކެމިކަލް!
އިހުސާންގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެ
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ފޮނުވައިފި
ޑިފެންސް ޗީފް ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް