Roadha Mihaaru
ކައިޒީނަށް ފުލުހުން ސެކިއުރިޓީއެއް ނުދޭ

އުސްފަސްގަނޑުގައި ފުލުހުން އުޅުނަސް ކައިޒީނަށް ސެކިއުރިޓީއެއް ނުދޭ

02 އެޕްރީލް 2023

ސޯޝަލް މީޑިއާ އިންފްލުއެންސަރު ފާތިމަތު ޒަޔާން (ކައިޒީން) ގެ އުފަން ދުވަސް ފާހަގަކުރިއިރު އޭނާއަށް ސެކިއުރިޓީ ނުދިނަސް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސޯޝަލް މީޑިއާ އިންފްލުއެންސަރު ފާތިމަތު ޒަޔާން (ކައިޒީން) ގެ އުފަން ދުވަސް ފާހަގަކުރިއިރު އޭނާއަށް ސެކިއުރިޓީ ނުދިނަސް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ފުލުހުން މިއަދު ބުނެފި އެވެ.

ގިނަ އަދަދެއްގެ ސެކިއުރިޓީންނާއެކު ކައިޒީން އުސްފަސްގަނޑުގައި ހަރަކާތްތެރިވާ މަންޒަރު ފެނުމުން ފުލުހުންނަށް ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މިދިޔަ ބުދަ ދުވަހުގެ ރޭ އުސްފަސްގަނޑުގައި ހަވާއެރުވިއިރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވީ ހަވާ އެރުވި މަންޒަރު ބެލުމަށް ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވެފައިވާތީ، އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކަމަށެވެ.

"އެ އިވެންޓާ ގުޅިގެން ޕާސަނަލް ސެކިއުރިޓީ އެއްވެސް ފަރާތަކަށް ފޯރުކޮށްދީފައި ނުވާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ކައިޒީންގެ އުފަން ދުވަސް ފާހަގަކުރަން ބޭއްވި ކުލަ ގަދަ ރަސްމިއްޔާތުގައި އޭނާ އަށް ސެކިއުރިޓީ ދިނީ އަމިއްލަ ކުންފުންޏަކުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަނީ، ކައިޒީންގެ 29 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ފަހު، ކާރަށް އަރަން ދާއިރު، އޭނާގެ ވަށައިގެން ސެކިއުރިޓީން ތިބި ތަނެވެ. އެ ކަހަލަ އަމިއްލަ ހަރަކާތްތަކަށް ސިފައިންނާއި ފުލުހުން ޕްރައިވެޓް ސެކިއުރިޓީ ދޭ ކަމަކަށް ބުނެ އާއްމުންގެ ފާޑުކިޔުން އަމާޒުވި އެވެ.

އެކަމަކު، އެ ވާހަކަަތައް ސިފައިންނާއި ފުލުހުން ވެސް ދޮގުކުރި އެވެ.