މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް)ގައި ކުރިއަށް ގެންދާ ކަލިނަރީ ޗެލެންޖަށް ޝެފުން ތައްޔާރުކުރުމަށް ވޯކްޝޮޕެއް ބާއްވައިފި އެވެ.
21 މާޗް 2023
މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް)ގައި ކުރިއަށް ގެންދާ ކަލިނަރީ ޗެލެންޖަށް ޝެފުން ތައްޔާރުކުރުމަށް ވޯކްޝޮޕެއް ބާއްވައިފި އެވެ.
މި ވޯކްޝޮޕުގައި ރާއްޖޭގެ ހޮޓެލް އިންޑަސްޓްރީގައި މަސައްކަތް ކުރާ 100 އަށް ވުރެ ގިނަ ޝެފުން ބައިވެރިވި އެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ޝެފުންނާއި އެކި ރިސޯޓުތަކުގައި މަސައްކަތް ކުރާ ޝެފުން ހިމެނެއެވެ.
ވޯކުްޝޮޕުގެ ބައެއް ބައިވެރިން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ވޯކްޝޮޕުގައި ޝެފުންނަށް ވަނީ މި އަހަރުގެ ކަލިނަރީ ޗެލެންޖާއި ޗެލެންޖުގެ އެކި ކެޓަގަރީތަކާ ބެހޭ މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. މި އަހަރުގެ ކަލިނަރީ ޗެލެންޖުގައި އާ ތިން ކެޓަގަރީއެއް ހިމެނުމަށް ނިންމާފައިވާ އިރު، ދިވެހި ރަހަތައް ދައްކައިދޭނެ ކެޓަގަރީ އަކާއި ވެޑިން ކޭކު ކެޓަގަރީއެއް ވަނީ ހިމަނައިފަ އެވެ.
ކަލިނަރީ ޗެލެންޖުގައި އެންމެ މޮޅު ޝެފުގެ މަގާމު ހޯދުމަށް ވާދަކުރުމަށް މަދުވެގެން އަށް ކެޓަގަރީއެއްގައި ވާދަ ކުރަން ޖެހެ އެވެ.
އިވެންޓް އޮގަނައިޒް ކުރާ ސީޑީސީ ކުންފުނިން ބުނި ގޮތުގައި މި ވޯކްޝޮޕަކީ ކަލިނަރީ ޗެލެންޖަށް ޝެފުން ތައްޔާރު ކުރުމުގެ އިތުރުން ޝެފުންގެ ހުނަރު ތަރައްގީކޮށް މިހާރަށް ވުރެ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށް ފަހި ކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.
ވޯކުްޝޮޕުގެ ބައެއް ބައިވެރިން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ވޯކްޝޮޕުގައި އެކްސްޕޯގެ ސްޕޮންސަރެއްގެ ގޮތުގައި ހިމެނޭ ނެސްލޭގެ އެކި ޕްރޮޑަކްޓްތައް ވަނީ ބޭނުން ކޮށްފަ އެވެ.
ކަލިނަރީ ޗެލެންޖަކީ ބޮޑެތި އިނާމުތަކެއް ހުށަހަޅައިގެން ކޮންމެ އެފްއެޗްއޭއެމް އެކްސްޕޯއެއްގައި ވެސް ކުރިއަށް ގެންދާ ޗެލެންޖެކެވެ. މި ޗެލެންޖަށް ރިސޯޓުތަކުގެ ބޮޑު ތަރުހީބެއް ލިބެ އެވެ.
މި އަހަރުގެ އެފްއެޗްއޭއެމް ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި މަހު އެވެ.
ލިލީން ދުނިޔޭގެ މަޝްހޫރު ކޮފީ ބްރޭންޑެއް ތައާރަފުކުރަނީ
އުރީދޫގެ އުމްރާ ދަތުރުގެ 7 ވަނަ ނަސީބުވެރިޔާ ހޮވައިފި
އެސްޓީއޯ "މެގަ ސޭލް"ގައި އަގުހުރި އިނާމުތަކެއް
ދިވެހީންނަށް ސްޕޯޓްސް އިންޖަރީގެ ދުނިޔޭގެ ފެންވަރުގެ ފަރުވާ
ކޮސްމޯ ބައި އެކްސްކޯގައި ބޮޑު ކްލިއަރެންސް ސޭލެއް
"ސަނީ ސަޓަޑޭ" ޕްރޮމޯޝަން އަންނަ ހޮނިހިރު ދުވަހު
ޖޫސްޕެޓީއަކުން އުފަންވި "ޕެޓީސް" ފެކްޓްރީއަކަށް
ޓޯޓަލްފިޒިއޯ:ހިލޭ ކޮންސަލްޓޭޝަނާއެކު ޒަމާނީ ފިޒިއޯތެރަޕީ
އެލައިޑަށް 40 އަހަރު ފުރުން ކަސްޓަމަރުންނާ އެކު
އިންޑޯމިލްކްގެ ބޮޑު އިނާމު ދިނުން އަންނަ ހުކުރު ދުވަހު