14 މާޗް 2023
މިދިޔަ މަހު ފަހުކޮޅު މާލޭގައި މީހެއްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލަ އާއި ސިލްސިލާ އެހެން ބައެއް މާރާމާރީތަކާ ގުޅިގެން އަދިވެސް އިތުރު މާރާމާރީތަކެއް ހިންގަން ގްރޫޕްތަކުން ރާވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ މަހު ފަހުކޮޅު މާލޭގައި މީހެއްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލަ އާއި ސިލްސިލާ އެހެން ބައެއް މާރާމާރީތަކާ ގުޅިގެން އަދިވެސް އިތުރު މާރާމާރީތަކެއް ހިންގަން ގްރޫޕްތަކުން ރާވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ ފިހާރައެއްގެ ތެރޭ ވަޅިހަރައި މީހަކު މަރާލި މައްސަލާގައި ހިމެނޭ ސިރުހާން އަލީ، 20، ގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކޮށް ދެއްކި ވާހަކައިގަ އެވެ. ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
ތ. ގާދިއްފުށީ މީހެއް ކަމަށްވާ ސިރުހާނަކީ މީހަކު މަރާލި މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވޭ ދެ މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައިވާ މީހާ އެވެ. އެ މައްސަލާގައި ހިމެނޭ އެހެން މީހުން ހޯދަން ފުލުހުން އަދިވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
މާރާމާރީގައި ޒަހަމްވި 30 އަހަރުގެ މުހައްމަދު އަހްމަދު ދީދީ (ނައުއްޓެ) މަރުވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެނިކޮށް މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
ސިރުހާން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނެރުނު އަމުރުގައި ގާޒީ ވިދާޅުވެފައިވަނީ ތުހުމަތުކޮށްފައިވާ ކުށް ކުރި ކަމަށް ބެލެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށެވެ. އޭނާއާ ދެކޮޅަށް ފުލުހުން ވަނީ އިންޓެލިޖެންސް ރިޕޯޓަކާއި ކްރައިމް ސީންގެ ފޮޓޯތަކާއި ސީސީޓީވީ ފުޓޭޖް ހުށަހަޅައިފަ އެވެ.
މި ކަންކަމަށް ބަލައި، ބަންދުގައި ބަހައްޓަން ނިންމީ ބިރުދެއްކުމާއި ތޫނު ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ މާރާމާރީ ހިންގީ ސިލްސިލާކޮށް މާރާމާރީތަކެއް ހިންގައި އަދި ހުޅުމާލޭގައި ހުންނަ ކެފޭއަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދިން ހާދިސާއަކަށް ފަހުގަ އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވާ ގޮތުގައި، އެ މާރާމާރީތަކާއި ވިޔަފާރިތަކަށް ގެއްލުން ދިނުން ގުޅިފައި ވަނީ ހަތަރު ގޭންގަކާ އެވެ. އަދި އެ ހަމަނުޖެހުންތަކުގެ ފެށުމަކީ މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ކެފޭއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ޖެހުނު މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.
މާރާމާރީހިންގަން އުޅުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލައިފި
މާރާމާރީ ހިންގި ބަޔަކަށް ދައުވާ ލަސްވެ ސަލާމަތްވެއްޖެ
އަސްވާން ދޫކޮށްލީ ބަންދުކުރަން އެދުނު ގޮތް ގޯސްވުމުން
ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހުން ހައްޔަރު
ރެޑް ނޯޓިސް ނެރެގެން ހޯދަމުންއައި މީހަކު އަތުލައިގަނެފި
ތޫނު ހަތިޔާރުން ހަމަލާދޭ މީހާ އަނެއްކާ ހައްޔަރުކޮށްފި
ޝަމީމަށް ހަމަލާދިން މައްސަލައިގެ ޝަރީއަތް ފަށައިފި
މާރާމާރީއެއްގެ ވީޑިއޯ ގެއްލި، އެންމެން ސަލާމަތްވެއްޖެ
އެއާޕޯޓްގައި މާރާމާރީ ހިންގި މީހާއަށް ޖޫރިމަނާގެ އަދަބު
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި