13 މާޗް 2023
ރައީސްގެ ކުރީގެ މެމްބަރު އަދި ކުރީގެ މަޝްހޫރު ނޫސްވެރިޔާ މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) އަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ.
ރައީސްގެ ކުރީގެ މެމްބަރު އަދި ކުރީގެ މަޝްހޫރު ނޫސްވެރިޔާ މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) އަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ.
އެ އާއިލާއިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ސަލީމަށް ހާޓް އެޓޭކް ޖެހުނީ ފަތިހު ކަމަށެވެ. އެއާއެކު، ވަގުތުން އޭޑީކޭއަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށް އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.
އެ ހޮސްޕިޓަލުން މިހާރު އަންނަނީ ސަލީމްގެ ހިތުގެ އޮޕަރޭޝަނެއް ކުރަމުންނެވެ. އެހެންވެ، އޭނާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އާއިލާއަކަށް ވެސް އަދި ނޭނގެ އެވެ.
"މިހާތަނަށް ހިތުގެ އެއްވެސް މައްސަލައެއް ހުރިކަމެއް އެނގިފައެއް ނެތް،" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.
"އާފަތިސް" ނޫހުން 1984 ގައި ނޫސްވެރިކަން ފެއްޓެވި ސަލީމް ވަނީ 1986 އިން 1990ގެ އަހަރުތަކާ ހަމައަށް "ހަވީރު" ގައި ނޫސްވެރިކަން ކުރައްވައިފަ އެވެ. އޭގެ ފަހުން "މިއަދު" ނޫހުގެ އެޑިޓަރުކަން ކުރެއްވި އެވެ.
ނޫސްވެރިކަމުގެ ދާއިރާއަށް އޭނާ ކޮށްދެއްވާފައިވާ ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ ގައުމީ އިނާމު ދީފަ އެވެ. އަދި ނޫސްވެރިކަމުގެ ރަންޔޫބީލްގެ ރަންގަލަމާއި އަލިމަސްޔޫބީލްގެ އަލިމަސް ގަލަން ލިބުނެވެ. ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ ހޯރަފުށީ އާދަމް ސަލީމްގެ ބޭފުޅެއް ކަމަށްވާ މުހައްމަދު ސަލީމަކީ ކުޅަދާނަ ޅެންވެރިއެއް ވެސް މެ އެވެ. މީގެ އިތުރުން ސަލީމަކީ ސްކޫލް ދުވަސްވަރުން ފެށިގެން ހުނަރުވެރި ވާހަކަދެއްކުންތެރިއެކެވެ.
ރައްޔިތުންގެ މަޖިލީހަށް ކުރީގެ ރައީސް މައުމޫން އައްޔަން ކުރެެއްވި 8 ބޭފުޅުންގެ ތެރޭގައި ވެސް ހިމެނުނު ސަލީމަކީ، މައުމޫން އުފެއްދެވި ސިޔާސީ ޕާޓީ، ޑީއާރްޕީ ރަޖިސްޓްރީކުރުމުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
ޒުވާނުންގެ ކުއްލި މަރުތަކާއެކު ޑޮކްޓަރުންގެ ކަންބޮޑުވުން
އިސްކަންދަރުގެ ޕްރިންސިލް ހާޓް އެޓޭކެއް ޖެހި ފަރުވާ ހޯއްދަވަނީ
ކޮވިޑް ޖެހުނު ނަމަ ހާޓް އެޓޭކެއްގެ ފުރުސަތު ބޮޑު
މާ ގިނައިން ތަރުކާރީ ކެޔަސް ސަލާތަމަތެއް ނުވޭ
ސްމޯކިންއޭރިއާގައި ހުރި މީހަކަށް ހާޓްއެޓޭކެއް ޖެހި މަރު
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ގިނައިރު އިށީނދެއިނުން ވަރަށް ނުރައްކާ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
4 ހާޓް އެޓޭކާއި ސްޓްރޯކެއް ޖެހި، ދަރިފުޅާއެކު މަރު
ތެލުލި ކާނާގެ ކުޑަ މިންވަރަކުން ވެސް ހިތަށް ނުރައްކާ