11 މާޗް 2023
ހުޅުމާލޭގައި މިހާރު ކުރިއަށް ގެންދާ މޯލްޑިވްސް ހާފް މެރެތަންގައި އިންޑިއާ މަޝްހޫރު ފިލްމީ ތަރި، ސުޕަ މޮޑެލް އަދި ދުވުންތެރިޔާ މިލިންދު ސޯމަން ބައިވެރިވެއްޖެ އެވެ.
ހުޅުމާލޭގައި މިހާރު ކުރިއަށް ގެންދާ މޯލްޑިވްސް ހާފް މެރެތަންގައި އިންޑިއާ މަޝްހޫރު ފިލްމީ ތަރި، ސުޕަ މޮޑެލް އަދި ދުވުންތެރިޔާ މިލިންދު ސޯމަން ބައިވެރިވެއްޖެ އެވެ.
އެޗްޑީސީ އާއި އައި-ރަނާސް އާއި މޫވް މޯލްޑިވްސް އަދި އިންޑިއަން ހައިކޮމިޝަން ގުޅިގެން ބާއްވަމުން އަންނަ މި މެރަތަންގައި މިލިންދު ބައިވެރިވީ ރޭސް އެމްބެސެޑާގެ ގޮތުގަ އެވެ.
— HDC (@hdcmaldives) March 11, 2023
މިއަދު ހެނދުނު ފެށި މި މެރެތަންގައި އާންމުންގެ ގިނަ ބަޔަކު ބައިވެރިވި އެވެ.
އެޗްޑީސީން ބުނި ގޮތުގައި، މި މެރެތަން އަކީ ރާއްޖޭގެ ތިމާވެށި، ހާއްސަކޮށް ރާއްޖޭގެ ފަރުތައް ހިމާޔަތްކުރުމަށް ގޮވާލައި ބޭއްވި ހަރަކާތެކެވެ.
މި މެރަތަންގައި 15 ކިލޯމީޓަރާއި 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ ދުވުމުގެ އިތުރުން ފަސް ކިލޯމީޓަރުގެ ވީލް ޗެއާ ރޭހެއް ވެސް ކުރިއަށް ގެންދިޔަ އެވެ. ވީލް ޗެއާ ރޭހުގައި 20 މީހަކު ބައިވެރިވި ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ކުޑަކުދިންނަށް ހާއްސަ ރޭހެކާއި އިންލައިން ސްކޭޓިންގެ އެކި ދުރުމިނުގެ ރޭސްތައް މި ހަރަކާތުގައި އޮންނާނެ ކަމަށެވެ.
މި މެރަތަންގައި ބައިވެރިވާ މީހުންނަށް ޑައިބެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ހިލޭ ހެލްތު ސްކްރީނިން ހެދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އަދި ހެލްތީ ލައިފް ސްޓައިލާއި ތިމާވެށި ރައްކާތެރި ކުރުމާއި ގުޅޭ ހާއްސަ ޕެނަލް ޑިސްކަޝަންތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
While the Half Marathon race is underway, we’re kicking off the 15k & 10k over here. The race ambassador @milindrunning encourages the runners as he joins the race! @MoveMaldives @MyHulhumalemv @HCIMaldives pic.twitter.com/fLCth914at
— HDC (@hdcmaldives) March 11, 2023
ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓްކުރުމުގައި ވަރަށް ބޮޑު މަސައްކަތްތަކެއް ކުރާ މިލިންދު ވަނީ މީގެ ކުރިން ވެސް ރާއްޖޭގައި މި ގޮތަށް ބޭއްވި މެރެތަންއެއްގައި ބައިވެރިވެފަ އެވެ. އެއީ ފެބްރުއަރީ 2019 ގައި އައި-ރަނާސް އާއި އޮބްޖެކްޓް ގުޅިގެން ހުޅުމާލޭގައި ބޭއްވި މެރަތަންގަ އެވެ.
މި އިވެންޓުގެ އެމްބެސެޑަރު ސޯމަން އަކީ ފިލްމީ ތަރިއެއްގެ ގޮތުގައި މަޝްހޫރު ވިޔަސް، އޭނާ އަކީ އެންމެ ކުޑައިރުން ފެށިގެން އެތުލީޓެކެވެ. އޭނާ ވަނީ 1984 އިން ފެށިގެން ޖެހިޖެހިގެން ހަތަރު އަހަރު އިންޑިއާގެ ގައުމީ ފެތުމުގެ ޗެމްޕިއަންކަން ހޯދައި، 1984 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ރިހި މެޑެއްޔެއް ހޯދައިފަ އެވެ.
އޭގެ ހަތަރު އަހަރު ފަހުން މޮޑެލް ކުރަން ފެށި ސޯމަން 1995 ވަނަ އަހަރު އަލީޝާ ޗިނާއީގެ "މޭޑް އިން އިންޑިއާ" ވީޑިއޯ ލަވަ ކުޅުމާއެކު ވަރަށް ބޮޑަށް މަޝްހޫރުވި އެވެ. އެ ހިސާބުން އޭނާ ޓީވީ ސީރީޒްތަކާއި ބޮލީވުޑްގެ ފިލްމްތައް ވެސް ކުޅުނެވެ.
ފިލްމީ ކެރިއަރަށް މަޑުޖެހިލުމެއް ގެނައުމަށް ފަހު ސޯމަން މީގެ އަށް ވަރަކަށް އަހަރު ކުރިން އަނެއްކާ ވެސް ކުޅިވަރުގެ ތެރެއަށް ވަދެ ވަރުގަދަ ދުވުންތެރިއަކަށްވީ އެވެ. އޭނާ ވަނީ އިންޑިއާގެ އެންމެ ބޮޑު އެއް ދުވުމުގެ ހަރަކާތް ކަމަށްވާ ޕިންކެތޮން 2012 ވަނަ އަހަރު ތައާރަފު ކޮށްފަ އެވެ.
އެފްއޭއެމުން އަތުން އަތުލި ބިމާގުޅޭ ޝަކުވާ ބަލަނީ
ހުޅުމާލޭގެ ފިތުރޯނުގަސްތައް ހުރި ބިން ވިޔަފާރިތަކަށް
އެޗްޑީސީ އަށް 14 ބިލިއަން ރުފިޔާ ލިބެންޖެހޭ: ފަޒުލް
އެސްޖޭގެ ބިމާ ގުޅޭ ސުވާލުތައް ހޫނުވެއްޖެ
ހުޅުމާލެއިން ހިލޭދޫކުރި ގޯތިތަކުގެ އަގަށް 5.4ބިލިއަން
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
މޮނިއުމެންޓް މުބާރާތުގެ ޑިޒައިންތައް އަލުން ރިވިއުކުރަނީ
އެޗްޑީސީ އަށް ކުންފުނިތަކުން ނުލިބި 1.2 ބިލިއަން!
ހުޅުމާލެ ކިއޮސްކްތައް ދޫކޮށް ބޭނުންކުރަން ފަށައިފި
ހުޅުމާލެ އިން އަށް ބިމެއް ވިއްކަނީ