09 މާޗް 2023
އެމެރިކާގައި އުފައްދައި ބޭނުންކުރަމުން އަންނަ އަސްކަރީ ސަބްމެރިންތަކުގެ ތެރެއިން، ޔޫއެސްއެސް ވާޖީނިއާ ގިންތީގެ ފަސް ސަބްމެރިން ގަތުމަށް އޮސްޓްރޭލިޔާ އިން ނިންމާފައިވާ ކަމަށް، އެމެރިކާ ސަރުކާރުގެ ބައެއް އޮފިޝަލުން ބުނެފި އެވެ.
އެމެރިކާގައި އުފައްދައި ބޭނުންކުރަމުން އަންނަ އަސްކަރީ ސަބްމެރިންތަކުގެ ތެރެއިން، ޔޫއެސްއެސް ވާޖީނިއާ ގިންތީގެ ފަސް ސަބްމެރިން ގަތުމަށް އޮސްޓްރޭލިޔާ އިން ނިންމާފައިވާ ކަމަށް، އެމެރިކާ ސަރުކާރުގެ ބައެއް އޮފިޝަލުން ބުނެފި އެވެ.
އެމެރިކާ އިން އޮސްޓްރޭލިޔާ އަށް، ނިއުކްލިއާ ސަބްމެރިންތަކެއް މި ވިއްކަނީ، އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި އޮސްޓްރޭލިޔާ އިން މިދިޔަ އަހަރު ގާއިމުކުރި އޯކަސް އެގްރީމެންޓްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން އޮސްޓްރޭލިޔާ އަށް ގަންނަ ފަސް ސަބްމެރިންގެ ތެރެއިން ފުރަތަމަ ސަބްމެރިން ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި އޮސްޓްރޭލިޔާ އަށް ގެންދާނެ އެވެ.
އަނެއް ހަތަރު ސަބްމެރިންއަކީ އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިނގިރޭސި ވިލާތުގެ ފަރުމާއަކަށް އަލަށް ބަންނަ ސަބްމެރިންތަކެކެވެ. މި ސަބްމެރިންތައް ވެސް 2030 ވަނަ އަހަރުގެ ފަހުކޮޅު ބަނދެ ނިންމައި އޮސްޓްރޭލިޔާގެ އަސްކަރިއްޔާއާ ހަވާލު ކުރާނެ އެވެ.
އޯގަސް އެއްބަސްވުމުގެ ދަށުން ތިން ގައުމުން ދެން ކުރަން ހުރި ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެ ތިން ގައުމުގެ ވެރިންގެ ބައްދަލުވުމެއް މިއަންނަ ހޯމަ ދުވަހު އެމެރިކާގައި އޮންނާނެ އެވެ. އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭސް އާއި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް އަދި އެމެރިކާގެ ރައީސް ކޯ ބައިޑެންގެ މި ބައްދަލުކުރެއްވުން އޮންނާނީ އެމެރިކާގެ ސަން ޑިއާގޯގަ އެވެ.
އޯކަސް އެއްބަސްވުމަކީ، އޭޝިޔާ ޕެސިފިކް ސަރަހައްދުގައި ގަދަވަމުން އަންނަ ޗައިނާގެ ނުފޫޒާ ކުރިމަތިލުމުގެ ގޮތުން އެމެރިކާ އާއި އޮސްޓްރޭލިޔާ އަދި އިނގިރޭސި ވިލާތް ގުޅިގެން އުފެއްދި އިއްތިހާދެކެވެ. މި އެއްބަސްވުމުގެ ދަށުން 2027 ވަނަ އަހަރުން ފެށިގެން، އެމެރިކާގެ ނިއުކްލިއާ ސަބްމެރިންތަކެއް އޮސްޓްރޭލިޔާގެ ހުޅަނގު ސަރަހައްދުގައި މަރުކަޒު ކޮށްފައި ބަހައްޓާނެ އެވެ.
އޮސްޓްރޭލިޔާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުގައި މިހާރު ބޭނުންކުރަނީ، ޑީސަލް އިންޖީނުން ދުއްވާ ޒާތުގެ ކޮލިންސް ގިންތީގެ ހަ ސަބްމެރިން އެވެ. އެ ސަބްމެރިންތަކުގެ ޚިދުމަތުގެ މުއްދަތު މިހާރު ވަނީ 2036 ވަނަ އަހަރުގެ ނިޔަލަށް އިތުރު ކޮށްފަ އެވެ.
އެމެރިކާގައި އުފައްދާފައިވާ ވާޖިނިއާ ގިންތީގެ ނިއުކްލިއާ ސަބްމެރިން އޮސްޓްރޭލިޔާ އަށް ގަތުމުން ޕެސިފިކް ސަރަހައްދުގެ ކަނޑާއި ކަނޑު އަޑީގައި ޗައިނާ އަސްކަރީ ހަރަކާތްތައް ހުންނަ ގޮތް ފާރަލައި ބެލުމުގެ ގާބިލުކަން، މިހާރަށް ވުރެ ބޮޑަށް އޮސްޓްރޭލިޔާ އަށް ލިބޭނެ އެވެ.
އެމެރިކާގެ އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން އިޒްރޭލަށް
ނިއުކްލިއާ ސަބްމެރިން ވިއްކުމަށް އޯކަސް އެއްބަސްވެއްޖެ
އޯކަސްގެ ތެރެއަށް އަޑަށްވުރެ ބާރު މިސައިލް އިތުރުކުރަނީ
އޯކަސް އެއްބަސްވުމާ ގުޅޭ ގޮތުން ހެދީ ދޮގު: މެކްރޯން
ޖާސޫސްކުރި އެމެރިކާގެ އަސްކަރީ އިންޖިނޭރެއް ހައްޔަރުކޮށްފި
އެމެރިކާ އަށް ބަރޯސާނުވުމަށް މެކްރޯން ގޮވާލައްވައިފި
އޯކަސް އިއްތިހާދު: ޔޫރަޕާއި އެމެރިކާގެ ގުޅުމަށް ބުރޫ
އެމެރިކާ، އޮސްޓްރޭލިޔާ، އިނގިރޭސީންގެ އާ އިއްތިހާދެއް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި