29 ސެޕްޓެމްބަރ 2021
ޔޫރަޕުގެ މީހުންނަކީ ތަންދޮރު ނުދަންނަ ބަޔަކަށް ނުވުމަށާއި، އެމެރިކާއާ އެކުގައި މުއާމަލާތު ކުރާނެ އާ ސްޓްރެޓީޖިކް އުކުޅުތަކެއް ހޯދުމަށް، ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޯން، ވިލާތުގެ ގައުމުތަކަށް ގޮވާލައްވައިފި އެވެ.
ޔޫރަޕުގެ މީހުންނަކީ ތަންދޮރު ނުދަންނަ ބަޔަކަށް ނުވުމަށާއި، އެމެރިކާއާ އެކުގައި މުއާމަލާތު ކުރާނެ އާ ސްޓްރެޓީޖިކް އުކުޅުތަކެއް ހޯދުމަށް، ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޯން، ވިލާތުގެ ގައުމުތަކަށް ގޮވާލައްވައިފި އެވެ.
މެކްރޯން މިކަމަށް މި ގޮވައިލެއްވީ، ފަރަންސޭސި ވިލާތުގެ ސަބްމެރިންތަކެއް ގަތުމަށް އޮސްޓްރޭލިޔާ އިން އެއްބަސްވެފައި އޮތް ވިޔަފާރީގެ އެއްބަސްވުމެއް އުވާލައި އެމެރިކާގެ ސަބްމެރިންތަކެއް ގަތުމަށް އޮސްޓްރޭލިޔާ އިން ނިންމި މައްސަލައިގައި، ފަރަންސޭސި ވިލާތާއި އެމެރިކާއާ ދެމެދު ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.
"ބޮޑު ބާރެއްގެ ފިއްތުންތަކުގެ ނުފޫޒުގެ ތެރޭގައި އޮންނަ އިރު، ބައެއް ފަހަރު މިވާގޮތަކީ، އެ ނުފޫޒު މާބޮޑަށް އެބަ ގަދަވޭ. އެ ނުފޫޒާ ދެކޮޅަށް އެއްޗެއް ބުނުމަކީ، ނުވަތަ އަހަރެމެންގެ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ގާބިލްކަމާއި ބާރުވެސް އަހަރެމެންގެ ކިބައިގައި ހުރި ކަން ސާބިތުކޮށްދިނުމުގެ މާނައަކީ، އަހަރެމެން އެ ގައުމަކާ ދެކޮޅަށް ހަމަނުޖެހުމެއްގެ ތެރެއަށް ނުވަތަ ކޯޅުމެއްގެ ތެރެއަށް ވަންނަން އުޅެނީކީ ނޫނޭ."
މި މޭރުމުން ވާހަކަ ދެއްކެވި ނަމަވެސް މެކްރޯން ތަކުރާރުކޮށް ވިދާޅުވީ އެމެރިކާއަކީ ވަރަށް ޒަމާންވީ ވަރަށް ގާތް އެކުވެރި ގައުމެއް ކަމަށެވެ.
އެމެރިކާ އާއި އޮސްޓްރޭލިޔާ އަދި އިނގިރޭސި ވިލާތުގެ ވެރިން، ސެޕްޓެމްބަރު 15 ވަނަ ދުވަހު އޯކަސް އިއްތިހާދު އިއުލާން ކުރައްވަނީ. --އޭއެފްޕީ
"އެހެން ނަމަވެސް އަހަރެމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އެންމެ ބާރުގަދަ ގައުމުގެ ގޮތުގައި ދެމިއޮތުމަށް އެމެރިކާ މަސައްކަތް ކުރަމުން އަންނަތާ 10 އަހަރުވެއްޖެ. އަދި ޗައިނާ އާއި ޕެސިފިކް ސަރަހައްދަށް އެމެރިކާގެ މަސްލަހަތުތަކުގެ އަމާޒު އެދަނީ ބަދަލުކުރަމުން،" މެކްރޯން ވިދާޅުވި އެވެ.
"އެއީ އެމީހުންގެ ހައްގެއް، އެއީ އެމީހުންގެ ސިޔާދަތީ މިނިވަންކަން. އެހެން ނަމަވެސް މިކަންކަމުން އިބްރަތް ހާސިލްކުރަން އަހަރެމެން ދެކޮޅުހަދައިފިއްޔާ އަހަރެމެން ވާނީ ގަމާރު ބަޔަކަށް، ނުވަތަ އެއީ އަހަރެމެންނަށް ހެދޭ ވަރަށް ބޮޑު ގޯހަކަށް ވެދާނެ."
އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ސްޓްރެޓީޖިކް މަސްލަހަތުތަކުގެ އަމާޒު އެހެން މިސްރާބަކަށް ބަދަލުވެގެން ދާއިރު، ވިލާތުގެ އަމަންއަމާންކަން ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު، ވިލާތުގެ ގައުމުތަކުން އަމިއްލަ އަށް އުފުލަންޖެހޭނެ އެވެ.
"މިބުނީ ފަހަރެއްގައިވެސް އެމެރިކާ އާއި ވިލާތުގެ އިއްތިހާދާ އެކުގައި އޮތް ގުޅުމުގެ ބަދަލުގައި އެހެން ގުޅުމެއް އުފައްދާ ވާހަކައެއް ނޫން. ނުވަތަ އެމެރިކާގެ ބަދަލުގައި އެހެން ބައިވެރިއަކު ހޯދާ ވާހަކައެއް ވެސް ނޫން. މިބުނަނީ ނޭޓޯގެ އޮނިގަނޑުގެ ތެރެއިން އެ މަސްއޫލިއްޔަތު އުފުލުމާ މެދު ވިސްނަންޖެހޭ ވާހަކަ."
އޭނާ ވިދާޅުވި ގޮތުގައި، ވިލާތުގެ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތްކުރުމުގައި އެހެން ބަޔަކަށް ބަރޯސާވުމުގެ ބަދަލުގައި ވިލާތުން އަމިއްލައަށް އެ މަސްއޫލިއްޔަތު އަދާކުރުމުގެ ވަގުތު މިވަނީ ޖެހިފަ އެވެ. އެ ކަމަކީ ހުއްދަ ކަމެއް ކަމަށާއި ދެން އޮތީ އެކަން ތަންފީޒު ކުރުމުގެ މަރުހަލާ ކަމަށް ވެސް މެކްރޯން ވިދާޅުވި އެވެ.
ފަރަންސޭސި ވިލާތާއި އެމެރިކާގެ ޑިޕްލޮމެޓިކް ގުޅުން ހީނަރުވާން ފެށީ، އެމެރިކާ، އިނގިރޭސި ވިލާތް އަދި އޮސްޓްރޭލިޔާ ގުޅިގެން އޯކަސްގެ ނަމުގައި މުޅިން އާ އިއްތިހާދެއް އެކުލަވައިލުމާ ގުޅިގެންނެވެ. އޮސްޓްރޭލިޔާ އާއި ފަރަންސޭސި ވިލާތާ ދެމެދު ސޮއިކޮށްފައި އޮތް، އަސްކަރީ ސަބްމެރިންގެ ވިޔަފާރި އެއްބަސްވުން އޮސްޓްރޭލިޔާ އިން ބާތިލުކުރީ، އޯކަސް އިއްތިހާދުގެ ތެރެއިން، ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރިންތަކެއް އެމެރިކާ އިން އޮސްޓްރޭލިޔާއަށް ބަނދެދޭން އެއްބަސްވުމުންނެވެ.
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
ނިއުކްލިއާ ސަބްމެރިން ވިއްކުމަށް އޯކަސް އެއްބަސްވެއްޖެ
އޯކަސް އެއްބަސްވުމާ ގުޅޭ ގޮތުން ހެދީ ދޮގު: މެކްރޯން
އޯކަސްގެ ތެރެއަށް އަޑަށްވުރެ ބާރު މިސައިލް އިތުރުކުރަނީ
ޕޫޓިންއާ މަޝްވަރާކުރައްވަން ބައިޑަން އެއްބަސް
ގާޒާގެ ގަތުލުއާންމުގައި ނޭޓޯގެ ބޮޑު ދައުރެއް
ފިންލޭންޑާއި ސްވިޑްންއަށް އެމެރިކާގެ ސެނެޓުން ރުހުންދީފި
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ
ޔޫކްރޭން ހަނގުރާމައާ އެކު ދުނިޔެ ބަނަވެއްޖެ: ބައިޑެން
ޔޫކްރޭނަށް ހަތިޔާރު ފޮނުވުން ހުއްޓައިލުމަށް ގޮވާލައިފި