08 މާޗް 2023
މިއުނިކް (މާޗު 8) - ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ކިލިއަން އެމްބާޕޭ، ކުލަބުގައި އޭނާގެ ކުރިމަގު ބިނާ ވެފައި އޮތީ ޗެމްޕިއަންސް ލީގަށް ނޫން ކަމަށް ބުނެފި އެވެ.
މިއުނިކް (މާޗު 8) - ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ކިލިއަން އެމްބާޕޭ، ކުލަބުގައި އޭނާގެ ކުރިމަގު ބިނާ ވެފައި އޮތީ ޗެމްޕިއަންސް ލީގަށް ނޫން ކަމަށް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ޕީއެސްޖީން މިރޭ ޖަރުމަނުގައި ބެޔާން މިއުނިކާ ދެކޮޅަށް ކުޅޭއިރު، އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ވަނީ 1-0 އިން ބަލި ވެފަ އެވެ. އެ މެޗުގައި ބެޔާންގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޕީއެސްޖީން ކެރިއަރު ފެށި ފްރާންސްގެ ވިންގާ ކިންގްސްލީ ކޯމަން އެވެ.
މެސީ އާއި ނޭމާއަށް ބަޔާން ކައިރީ ގަދައެއް ނުވެވުނު https://t.co/ILM10ncmPo
— Mihaaru (@Mihaarunews) February 15, 2023
ޕީއެސްޖީ އަށް އަދި މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. މުބާރާޓް ކާމިޔާބު ކުރުމާ އެންމެ ގާތަށް ވެސް ދަތުރު ކުރީ 2020 ވަނަ އަހަރު އެވެ. އެ އަހަރުގެ ފައިނަލުން ވެސް ބަލިވީ ކޯމަންގެ ގޯލަކާ އެކު 1-0 ގެ ނަތީޖާއަކުންނެވެ.
އެމްބާޕޭ ބުނީ މިރޭގެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައި ވިއަސް އެއީ ކުލަބުގައި އޭނާގެ ކުރިމަގާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ.
"އަހަރެންގެ ކުރިމަގު ޗެމްޕިއަންސް ލީގާ ގުޅުވައިފި ނަމަ، ކުލަބަށް އިހުތިރާމް ކުޑަ ނުކޮށް އަހަރެން މާ ކުރިން ކުލަބު ދޫކޮށްލީމުސް،" އެމްބާޕޭ ބުންޏެވެ.
"އަހަރެން ހިއެއް ނުކުރަން [ޕީއެސްޖީ ގައި އެމްބާޕޭގެ ކުރިމަގާ] މި މެޗުގެ ނަތީޖާއިން އަސަރެއް ކޮށްފާނެ ކަމަކަށް. އަހަރެން މިތަނުގައި މިހުރީ ވަރަށް އުފަލުން. އަހަރެންގެ ވިސްނުން މިވަގުތު ހުރީ ޕީއެސްޖީ އަށް ކާމިޔާބު ހޯދައިދޭން."
އަހަރެން ކުޅެނީ ތާރީހުން ޖާގަ ހޯދަން: އެމްބާޕޭ https://t.co/7HlOGC826Q
— Mihaaru (@Mihaarunews) March 6, 2023
ޕީއެސްޖީ ގައި އެމްބާޕޭގެ ކުރިމަގާ ގުޅޭގޮތުން ޔޫރަޕުގެ އެކި މީޑިއާތަކުން ތަފާތު ގޮތްގޮތަށް ބަހުސްތައް ކުރެވެމުން ދާ މި ދަނޑިވަޅުގައި އުމުރުން 24 އަހަރުގެ އެމްބާޕޭ ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޕީއެސްޖީ އަށް 201 ގޯލު ޖަހައިދީ، ކުލަބުގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމަށް ޖެހިލައިފަ އެވެ.
ޕީއެސްޖީން މިރޭ މުހިއްމު މެޗަކަށް ނުކުންނަ އިރު އެޓީމުގެ ބްރެޒިލް ފޯވާޑް ނޭމާ އަށް ވަނީ ކުޑަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ސީޒަން ނިމިފަ އެވެ. ޓީމުގެ ކެޕްޓަން މާކީނިއޯސް އާއި ޑިފެންޑަރު ނޯޑީ މުކިއެލޭ އަށް ވަނީ ފިތްނަސްގެ މައްސަލަތަކެއް ކުރިމަތި ވެފަ އެވެ.
އަނިޔާއާ ގުޅިގެން ނޭމާ އަށް ސީޒަން ނިމިއްޖެ، މެސީ އާއި އެމްބާޕޭއާއެކު ދެން ނުފެނިދާނެ https://t.co/899AFKm3Mc
— Mihaaru (@Mihaarunews) March 7, 2023
ބެޔާން މިއުނިކުން ވަނީ މި ސީޒަން ގައި ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗު ވެސް، ބައިކޮޅަށް ގޯލެއް ނުވަދެ ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ޓީމުގެ ކޯޗު ހޫލިއަން ނާގެލްސްމަން ބުނީ ޕީއެސްޖީގެ ކައުންޓާ އެޓޭކުތަކަށް ސަމާލު ނުވެވިއްޖެ ނަމަ ހެދޭ އެންމެ ގޯހަކުން ވެސް ލަނޑެއް ލިބިދާނެ ކަމަށެވެ.
"އަހަރެމެން ގޭމުގެ ތެރެއަށް ވަންނަން މާ ގިނައިރު ނަގައިގެން ނުވާނެ. އަހަރެމެން ޖެހޭނެ ޑިފެންސް ލައިނުގައި ހުސް ޖާގަތައް ނުބާއްވަން ސަމާލު ވާން. އެކަން އަހަރެމެންނަށް މުހިއްމު ވަނީ އެއީ [ލިއޮނެލް] މެސީ އަށް ދޭ ޕާސްތައް ހުއްޓުވަން އަހަރެމެންނަށް ފަސޭހަ ވާނެތީ،" ނާގެލްސްމަން ބުންޏެވެ.
ޕީއެސްޖީގެ ނާކާމިޔާބުގެ ޒިންމާ އެމްބާޕޭ ނަގައިފި
އެމްބާޕޭ ހުއްޓުވައި ބާސާ އިން ޕީއެސްޖީ ބަލިކޮށްފި
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
މައްސަލަ އެބަހުރި، އެކަމަކު ކޯޗު ނުހިމެނޭ: އެމްބާޕޭ
ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަށް ވަރުގަދަ ގުރޫޕެއް
ޔޫރަޕުގައި ޕީއެސްޖީގެ އުއްމީދުތައް ފެނަށް
މެސީ އާއި ނޭމާއަށް ބަޔާން ކައިރީ ގަދައެއް ނުވެވުނު
ޕީއެސްޖީ އަށް ބެންފީކާ ބައްޔެއް ނުކުރެވުނު
އެމްބާޕޭ ވަށައިގެން ހިނގާ ކަންކަމުން އަސަރެއް ނުކުރާނެ
އެމްބާޕޭ ފަހުވަގުތު ޖެހި ލަނޑުން ރެއާލް ބަލިކޮށްފި