Roadha Mihaaru
ގުރައިދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ އަށް 4 މީހެއް

ގުރައިދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ އަށް ހަތަރު މީހަކު ކުރިމަތިލައިފި

04 މާޗް 2023

އަންނަ މަހުގެ 15 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީ އަށް ހަތަރު މީހަކު ކުރިމަތިލައިފި އެވެ.

އަންނަ މަހުގެ 15 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީ އަށް ހަތަރު މީހަކު ކުރިމަތިލައިފި އެވެ.

އެ ޕާޓީން ބުނިގޮތުގައި މި މަހުގެ 11 ގައި ބާއްވާ ޕްރައިމަރީ އަށް ކުރިމަތިލީ ކ. މާފުށި ވިވިޑް، މުހައްމަދު މުސްތަފާ އާއި އެ ރަށު މާފަރިވާގޭ ސަލްމާން ރަޝީދާއި ކ. ގުރައިދޫ ފައިވްރޯޒް، އިބްރާހިމް ޝާޒް އަދި އެ ރަށު ވެލި އަބްދުﷲ ސައީދެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓް ދޭނީ އެ ޕްރައިމަރީން މޮޅުވާ ކެންޑިޑޭޓަކަށެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިިދިޔަ 14 އަހަރު މެދުކެނޑުމެއް ނެތި އެ ގޮނޑި ފުރުއްވި ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ ކެންސަރުގެ ބަލީގައި މިދިޔަ ފެބްރުއަރީ 22 ގައި އަވަހާރަވުމުންނެވެ.

އެ ދާއިރާ އަށް ވާދަކުރަން މިހާތަނަށް ނިންމާފައި ވަނީ އެމްޑީޕީގެ އިތުރުން ޕީޕީއެމާއި އެމްއެންޕީ އެވެ.