Roadha Mihaaru
ގުރައިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ޝާޒަށް

ގުރައިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ޝާޒަށް

11 މާޗް 2023

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އިބްރާހިމް ޝާޒު މިއަދު ކާމިޔާބުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އިބްރާހިމް ޝާޒު މިއަދު ކާމިޔާބުކޮށްފި އެވެ.

ހުސްވެފައިވާ ގޮނޑިއަށް ސަރުކާރުގެ މައި ޕާޓީގެ ޓިކެޓުގައި ވާދަކުރަން ހުޅުވާލުމުން ހަތަރު މީހަކު ކުރިމަތިލި އެވެ. އެއީ ކ. މާފުށީ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު މުސްތަފާ އާއި އެ ރަށު މާފަރިވާގޭ ސަލްމާން ރަޝީދާއި ކ. ގުރައިދޫ ފައިވްރޯޒް، އިބްރާހިމް ޝާޒް އަދި އެ ރަށު ވެލި އަބްދުﷲ ސައީދެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީގައި ވޯޓު ދިނުމަށް 844 މީހުން ރަޖިސްޓްރީކުރި ކަމަށެވެ. އޭގެ ތެރެއިން، 311 ވޯޓާއެކު ޕާޓީގެ ޓިކެޓު ކަށަވަރުކުރީ ޝާޒެވެ.

ދެ ވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ސަލްމާނަށެވެ. އޭނާއަށް 190 ވޯޓު ލިބުނެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިިދިޔަ 14 އަހަރު މެދުކެނޑުމެއް ނެތި އެ ގޮނޑި ފުރުއްވި ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ ކެންސަރުގެ ބަލީގައި މިދިޔަ މަހުގެ 22 ގައި އަވަހާރަވުމުންނެވެ. އެހެންވެ، އަންނަ މަހުގެ 15 ގައި ބައި-އިލެކްޝަން ބާއްވަން ނިންމައި އެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ޕީޕީއެމްގެ ޕާޓީގެ ޓިކެޓު ހޯދުމަށް ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީ ރިޒާގެ ކޮއްކޮ، ހުސެއިން ރިޒާ އެކަނި ކަމަށް ވާތީ އޭނާއަށް ވަނީ ޓިކެޓު ދީފަ އެވެ.