Roadha Mihaaru
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ޕްރައިމަރީ ބާއްވަނީ

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީން ނުކުންނާނެ ކެންޑިޑޭޓަކު ހޯދަނީ

27 ފެބުރުއަރީ 2023

އަންނަ އޭޕްރީލް 15 ގައި ބާއްވާ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ނުކުންނާނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ބާއްވަން އެ ޕާޓީން ނިންމައި އެ ކަމަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ބައި-އިލެކްޝަނެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ކެންސަރުގެ ބަލީގައި މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވުމުންނެވެ. އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެމްބަރު ރިޒާ ވަނީ ގުރައިދޫ ދާއިރާގެ މެމްބަރުކަން މިދިޔަ 14 އަހަރު މެދުނުކެނޑި ކުރައްވައިފަ އެވެ.

އެމްޑީޕީން ބުނީ، އެ ދާއިރާ އަށް އެ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށްޓަކައި ބާއްވާ ޕްރައިމަރީ އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ހުޅުވާފައިވާ ކަމަށެވެ.

އެ ކަމަށް އެދި ހުށަހަޅާ މީހުން 100 މެމްބަރުންގެ ސޮއި ހުށަހަޅަން ޖެހެ އެވެ. އެއީ ޕްރައިމަރީގައި ބައިވެރިވާ މީހުންނަށް ތާއީދު އޮތް ކަން އަންގައިދޭ 100 މެމްބަރުންގެ ސޮޔެވެ.