03 ފެބުރުއަރީ 2024
އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ހޮވަން މިއަދު ބޭއްވި ޕްރައިމަރީގައި ކާށިދޫ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަބްދުﷲ ޖާބިރު އަދި ޕްރައިމަރީ އަށް މުޅިން އަލަށް ނުކުންނެވި އޭނާގެ ދަރިފުޅު އަހުމަދު މުއާޒު އަބްދުﷲ ޖާބިރު ވެސް ޓިކެޓް ކަށަވަރު ކުރައްވައިފި އެވެ.
އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ހޮވަން މިއަދު ބޭއްވި ޕްރައިމަރީގައި ކާށިދޫ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަބްދުﷲ ޖާބިރު އަދި ޕްރައިމަރީ އަށް މުޅިން އަލަށް ނުކުންނެވި އޭނާގެ ދަރިފުޅު އަހުމަދު މުއާޒު އަބްދުﷲ ޖާބިރު ވެސް ޓިކެޓް ކަށަވަރު ކުރައްވައިފި އެވެ.
ޕްރައިމަރީގައި ޖާބިރު ވާދަކުރެއްވީ މި ފަހަރު ވެސް ކާށިދޫ ދާއިރާއަށެވެ. އޭނާގެ ދަރިފުޅު މުއާޒު ނުކުންނެވީ އދ. މަހިބަދޫ ދާއިރާއަށެވެ.
މަހިބަދޫ، އޮއިސްޓާ، މުއާޒު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރެއްވީ 234 ވޯޓުންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އަބްދުލް ޖަލީލް އިބްރާހީމަށް ލިބުނީ 132 ވޯޓެވެ. ދެން ވާދަކުރެއްވި ބުންޔާމީން ހަސަނަށް 96 ވޯޓު އަދި ހައްވާ ރަޝީދާ އަށް ލިބުނީ އެންމެ 14 ވޯޓެވެ.
ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ދެ ވަނަ ފަހަރަށް ވިޔަފާރިވެރިޔާ ޖާބިރު ދިފާއުކުރެއްވީ އަބްދުﷲ ރިއްފަތާ ވާދަކުރައްވަ އެވެ. ރިއްފަތަށް 150 ވޯޓު ލިބުނުއިރު ޖާބިރު 252 ވޯޓު ހޯއްދެވި އެވެ. މިއީ ޖާބިރު އެ ދާއިރާ ތަމްސީލު ކުރައްވާނެ ދެ ވަނަ ފަހަރެވެ.
ޖާބިރާއި އޭނާގެ ދަރިފުޅު މުއާޒު ވެސް އެމްޑީޕީގެ ޓިކެޓް ހޯއްދެވިއިރު، މިފަހަރުގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމުން ވާދަކުރި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި އޭނާގެ ދަރިފުޅު އިބްރާހިމް ނައުފަލު ވަނީ މުލަކު ދާއިރާގެ ޓިކެޓް ކަށަވަރު ކުރައްވައިފަ އެވެ.
މަޖިލިސް އިންތިހާބުގައި ގިނަ ދާއިރާތަކަށް އެމްޑީޕީން ނުކުތީ އެންމެ ކެންޑިޑޭޓެއް ކަމަށް ވުމުން، ޕްރައިމަރީ ބޭއްވީ 40 ދާއިރާ އަށް ހުޅުވާލައިގެންނެވެ. އޭދަފުއްޓާއި ނިލަންދޫ ދާއިރާ އަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ އެ ދާއިރާތަކަށް މިފަހަރު އެމްޑީޕީން ވާދައެއް ނުކުރާނެ އެވެ.
އެމްޑީޕީގެ މިހާރުގެ ގިނަ މެމްބަރުން ޓިކެޓް ކާމިޔާބު ކުރައްވައިފި https://t.co/pt27xXCK8y
— Mihaaru (@Mihaarunews) February 3, 2024
ޕްރައިމަރީގައި އެމްޑީޕީން މިހާރު ވެސް މެމްބަރުންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ވަނީ އެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރައްވައިފަ އެވެ.
އޭގެ ތެރޭގައި މިހާރު ވެސް ވިލިނގިލީ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި ސައުދު ހުސެއިނާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގާއި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަދި މަނަދޫ ދާއިރާގެ މެމްބަރު ހާރޫން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު އެމްޑީޕީގައި އެންމެ އިސްކޮށް އަދި ވަރުގަދަކޮށް ފެނުނު އައްޑޫ މީދޫ ދާއިރާގެ މިހާރުގެ މެމްބަރު ރޮޒައިނާ އާދަމް މި ފަހަރު ވާދަކުރެއްވި ފޭދޫ އުތުރު ދާއިރާގެ ޓިކެޓް ވަނީ ގެއްލިފަ އެވެ. ރޮޒައިނާ ކަޓުވާލާފައި ފޭދޫ އުތުރު ދާއިރާގެ ޓިކެޓް ހޯއްދެވީ އަހުމަދު ޝަރީފެވެ.
ކާށިދޫ ދާއިރާ ޓިކެޓް ހޯދި ޖާބިރު އެމްޑީޕީން ވަކިކޮށްފި
ހީނާ ކަޓުވާލައި އެމްޑީޕީގެ ޓިކެޓު މާޒް ސަލީމަށް
އެމްޑީޕީގެ މިހާރުގެ ގިނަ މެމްބަރުން ޓިކެޓު ހޯދައިފި
އެމްޑީޕީގެ ޕްރައިމަރީން ރޮޒައިނާ ކަޓައިފި
ޕްރައިމަރީއާ ނުލައި 3 ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް
ހުޅުމާލޭގެ ގޮނޑިތައް ދެއްވަދޫގެ އެއް އާއިލާއަށް
ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ތިބޭނަން: އެމްޑީޕީ
އިތުބާރު އުފައްދަން ހޮވަންވީ ކުޑޫ: 100ޕަސެންޓް ދޭނެ
އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގަޔަށް ކަޅުތެޔޮ ޖަހައިފި
ހުކުމާ ގުޅިގެން ބަދަލެއް ގެންނަން ނުޖެހޭ: އެމްޑީޕީ