Roadha Mihaaru
އިޒްރޭލާ މަޝްވަރާކުރުމުން ފަލަސްތީނު ރުޅިގަދަވެއްޖެ

އިޒްރޭލާ މަޝްވަރާކުރުމުން ފަލަސްތީނުގެ ޖަމާއަތްތައް ރުޅި ގަދަވެއްޖެ

27 ފެބުރުއަރީ 2023

ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލު ސިފައިން ހިންގަމުންދާ ލޭއޮހޮރުވުންތައް އިތުރަށް ފުޅާވެދާނެ ކަމުގެ ބިރު އުފެދުމާ ގުޅިގެން، ޖޯޑްން އިން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި ބައްދަލުވުމުގައި އިޒްރޭލާ އެކު ފަލަސްތީނު ސަރުކާރު މަޝްވަރާކުރުމުން، ފަލަސްތީނުގެ ޖަމާއަތްތައް ރުޅި ގަދަވެ އެކަން ކުށްވެރިކޮށްފި އެވެ.

ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލު ސިފައިން ހިންގަމުންދާ ލޭއޮހޮރުވުންތައް އިތުރަށް ފުޅާވެދާނެ ކަމުގެ ބިރު އުފެދުމާ ގުޅިގެން، ޖޯޑްން އިން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި ބައްދަލުވުމުގައި އިޒްރޭލާ އެކު ފަލަސްތީނު ސަރުކާރު މަޝްވަރާކުރުމުން، ފަލަސްތީނުގެ ޖަމާއަތްތައް ރުޅި ގަދަވެ އެކަން ކުށްވެރިކޮށްފި އެވެ.

ޖޯޑްންގެ އަގަބާގައި އިއްޔެ ބޭއްވި ބައްދަލުވުމުން ނިންމައިލުމަށް ފަހު، އާންމު ކުރި ދެ ފަރާތުގެ ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދެ ފަރާތުގެ މެދުގައި އިތުރު ކުރިމަތިލުން ހިނގިޔަ ނުދިނުމަށް، އިޒްރޭލު ސަރުކާރުންނާއި ފަލަސްތީނު ސަރުކާރުން ވެސް މަސައްކަތް ކުރާނެ އެވެ. މީގެ އިތުރުން، ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް އިތުރު އާބާދީތައް ހަދައިދިނުމާ ބެހޭ ގޮތުން، ކުރިއަށް އޮތް ހަތަރު މަސްތެރޭގައި އެއްވެސް މަޝްވަރާއެއް ނުކުރުމަށް ވެސް އިޒްރޭލުން އިއްޔެ އެއްބަސްވި އެވެ.

ފެބްރުއަރީ 26، 2023؛ ޖޯޑްން ސަރުކާރުން އިންތިޒާމުކޮށްގެން އެ ގައުމުގައި ބޭއްވި ބައްދަލުވުމުގައި އިޒްރޭލާ އެކުގައި ފަލަސްތީނު ޝަރުކާރުން މަޝްވަރާގައި ބައިވެރިވުމުން، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ބައްދަަލުކުރަނީ.

ފެބްރުއަރީ 26، 2023؛ ޖޯޑްން ސަރުކާރުން އިންތިޒާމުކޮށްގެން އެ ގައުމުގައި ބޭއްވި ބައްދަލުވުމުގައި އިޒްރޭލާ އެކުގައި ފަލަސްތީނު ޝަރުކާރުން މަޝްވަރާގައި ބައިވެރިވުމުން، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ބައްދަަލުކުރަނީ.

ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން، ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް އިތުރު އާބާދީތައް ހެދުމަށް، ކުރިއަށް އޮތް ހަ މަސް ތެރޭގައި އެއްވެސް ހުއްދައެއް ނުދިނުމަށް ވެސް އިޒްރޭލުން އެއްބަސްވި އެވެ. މި ބައްދަލުވުމުގައި އިޒްރޭލާއި ފަލަސްތީނުގެ އިތުރުން ޖޯޑްން ސަރުކާރުގެ މަންދޫބުންނާއި މިސްރާއި އެމެރިކާގެ މަންދޫބުން ވެސް ބައިވެރިވި އެވެ.

ގުޅިފައިވާ ބަޔާނުގައި އުންމީދީ ވާހަކަތަކެއް ހުރި ނަމަވެސް، އިޒްރޭލު ސަރުކާރުގެ އިސް ވެރިންގެ ވާހަކަތައް ހުރީ މުޅިން އެހެން މިސްރާބަކަށެވެ. އެ ބައްދަލުވުމުގައި އެއްބަސްވި ގޮތާ ޚިލާފަށް، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅަނގު އައްސޭރީގައި ބިނާކުރަމުންދާ ޔަހޫދީ އާބާދީތަކުގެ މަޝްރޫއަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

އިޒްރޭލުގެ މާލީ ވަޒީރު އަދި، ހުޅަނގު އައްސޭރީގައި އިމާރާތްކުރާ ޔަހޫދީ އާބާދީތަކުގެ ކަންތައް ވިލަރެސް ކުރައްވާ ވެރިޔާ ބިޒަލޭލް ސްމޮޓްރިޗް ވިދާޅުވީ ޔަހޫދީ އާބާދީތަކުގެ މަސައްކަތް ހުއްޓުވާ އެއްވެސް އެއްބަސްވުމަކަށް އޭނާ އިހުތިރާމް ނުކުރައްވާނެ ކަމަށެވެ.

"ޖޯޑްންގައި އެމީހުން ވާހަކަ ދެއްކި ކަންތަކާ ނުދައްކާ ކަންތަކެއް އަހަރެން ނުދެނެހުރިން. އެކަމަކު އެއް ކަމެއް ޔަގީނުން ވެސް އަހަރެންނަށް އެނގޭ؛ އެއީ ޔަހޫދީ އާބާދީތަކުގައި ހަދަމުން އަންނަ އެއްވެސް އިމާރާތެއް އަދި ތަރައްގީކުރުމުގެ މަސައްކަތެއް ވެސް، އަހަރެން މި މަގާމުގައި ހުރިހާ ހިނދަކު، އެންމެ ދުވަހަކަށް ވެސް ނުހުއްޓޭނެ،" އިޒްރޭލުގެ މާލީ ވަޒީރު ބިޒަލޭލް ސްމޮޓްރިޗް ވިދާޅުވި އެވެ.

ޖޯޑްން ސަރުކާރުން މި ބައްދަލުވުން އިންތިޒާމު ކުރީ، މީގެ ތިން ހަފުތާ ފަހުން މިއަހަރުގެ ރޯދަ މަސް ފެށޭއިރު، އިޒްރޭލާއި ފަލަސްތީނާ ދެމެދު މިހާރު ކުރިއަށް ދާ ހަމަނުޖެހުންތައް، ވަރުގަދަ ކުރިމަތިލުމަކަށް ބަދަލުވުމުގެ ފުރުސަތު އޮތުމުންނެވެ. ހަމަނުޖެހުންތައް މައިތިރި ކުރުމުގެ ގޮތުން، މިއަންނަ މާޗް މަހުގެ ތެރޭގައި، މިސްރުގެ ޝަރްމުއް ޝައިޚްގައި ވެސް އިތުރު ބައްދަލުވުމެއް ބާއްވަން، ފަލަސްތީނާއި އިޒްރޭލުން އިއްޔެ ވަނީ އެއްބަސްވެފަ އެވެ.

ފަލަސްތީނުގެ ބިންތަކަށް އިޒްރޭލު ގަދަކަމުން އަރައި އޮވެ، އެއްވެސް ކުށަކާ ނުލައި ފަލަސްތީނުގެ އެތައް ބައެއްގެ ލޭ އޮހޮރުވަމުން ދާއިރު، އިޒްރޭލާ އެކުގައި މަޝްވަރާގެ މޭޒު ދޮށަށް ފަލަސްތީނު ސަރުކާރު ދިއުމުން، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

އެ ޖަމާއަތްތަކުގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ހަމާސް ޖަމާއަތުން ވަނީ ވަރަށް ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފަ އެވެ. އެޖަމާއަތުން ބުނި ގޮތުގައި އިޒްރޭލާ އެކުގައި މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމަކީ އެއްވެސް އަގެއް ނެތް، އަދި އެއްވެސް ނަތީޖާއެއް ހާސިލު ނުކުރެވޭނެ ބައްދަލުވުމެކެވެ.

"ފަލަސްތީނު ރައްޔިތުން މިހާރު ތަހައްމަލު ކުރަމުންދާ ގަތުލުއާންމުގެ އިތުރުން އެމީހުން އެތައް ވޭނެއް ތަހައްމަލު ކުރަމުންދާ އިރުވެސް، އަގަބާގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފަލަސްތީނު ސަރުކާރުން ނިންމީ، ލޭއޮހޮރުވުންތައް ނިމުމަކަށް ގެނައުމުގެ މަގްސަދުގައި،" ފާޑުކިޔުންތަކަށް ރައްދު ދިނުމުގެ ގޮތުން، ވެރިކަން ކުރާ ފަތަހް ޖަމާއަތުން ނެރުނު ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން ހަރަކަތުލް ޖިހާދުލް އިސްލާމީގެ ފަރާތުން ނެރުނު ބަޔާނެއްގައިވެސް ވަނީ، އިޒްރޭލާ އެކުގައި މަޝްވަރާ އަށް ދިއުމުން، ފަލަސްތީނު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ދެކޭ ގޮތުގައި، އިޒްރޭލާ އެކުގައި ވާހަކަ ދައްކައި މަޝްވަރާކޮށްގެން ހާސިލުކުރެވޭނެ އިތުރު ކަމެއް މިހާރަކު ނެތެވެ.