23 ފެބުރުއަރީ 2023
އެމެރިކާ އަށް މިހާރު ކުރިމަތިވެފައިވާ ފިނި މޫސުމުގައި އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ޚިލާފަށް ފިނިވެ ބޯކޮށް ސްނޯ ފައިބަމުން ދާއިރު، އެ ގައުމުގެ އިރުދެކުނު ސަރަހައްދުތަކަށް ވަނީ އާދަޔާ ހިލާފު ހޫނުކަމެއް ކުރިމަތިވަމުންނެވެ.
އެމެރިކާ އަށް މިހާރު ކުރިމަތިވެފައިވާ ފިނި މޫސުމުގައި އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ޚިލާފަށް ފިނިވެ ބޯކޮށް ސްނޯ ފައިބަމުން ދާއިރު، އެ ގައުމުގެ އިރުދެކުނު ސަރަހައްދުތަކަށް ވަނީ އާދަޔާ ހިލާފު ހޫނުކަމެއް ކުރިމަތިވަމުންނެވެ.
އެ ގައުމުގެ 28 ސްޓޭޓަކަށް މިހާރު ކުރިމަތިވެފައިވާ ގަދަ ފިނީގެ ސަބަބުން ގާތްގަނޑަކަށް 75 މިލިއަން މީހުން މިހާރު ތިބީ މަޖުބޫރު ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުމެވޭ ފަދަ ހާލަތެއްގަ އެވެ. ބޯކޮށް ސްނޯ ފޭބުމުގެ އިތުރުން ގަދަ ވަޔާ އެކު ވެހެމުންދާ ބޯ ވާރޭގެ ސަބަބުން، އާންމު ދަތުރުފަތުރުތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.
ޑަކޯޓާ އާއި މިނެސޮޓާ އަދި ވިސްކޮންސިންގައި އިއްޔެ އިން ފެށިގެން ވަނީ ސްކޫލްތަކާއި ގިނަ ފިހާރަތައް ވެސް ބަންދުކޮށްފަ އެވެ. އަދި ގިނަ ސަރަހައްދުތަކުގައި މިހާރު ދަނީ ކަރަންޓުގެ ހިދުމަތަށް ވެސް ބުރޫ އަރަމުންނެވެ.
މިއާ ހިލާފަށް ވެރިރަށް ވޮޝިންޓަން ޑީސީ އަށާއި އެ ގައުމުގެ އިރުދެކުނު ސަރަހައްދުތަކަށް މިހާރު ކުރިމަތިވެފައިވަނީ އާދަޔާ ހިލާފު ހޫނު ކަމެކެވެ. އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި ވޮޝިންޓަންގެ ހޫނުމިން މިހާރު ވަނީ މިދިޔަ 150 އަހަރުގެ ތެރޭގައި ނުދާހާ މައްޗަށް ދިއުމާ ދާދި ގާތުގަ އެވެ.
މީގެ މާނައަކީ، އެއް ދުވަހެއްގައި އެމެރިކާގެ ދެ ސަރަހައްދެއްގައި ފިނި ހޫނުމިނުގެ ތަފާތު 38 ޑިގްރީ ސެލްސިއެސް އަށް މިވަނީ އަރައިފަ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާ ކުރެވޭ މޫސުމަށް ބަލާއިރު، އެމެރިކާގެ ބައެއް ފިނި މޫސުމުގެ ކޮޅިގަނޑުތައް މިހާރު ޖެހެމުންދާ ސަރަހައްދުތަކުގައި ގަޑިއަކު 50 މޭލު ބާރުމިނުގައި ވައި ޖެހޭނެ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި މައިނަސް 50 ޑިގްރީ އަށް ފިނިމިން ދަށަށް ދާނެ ކަމަށް ބެލެވެ އެވެ.
އޭގެ އިތުރުން އެންމެ އުތުރުގެ ސްޓޭޓްތަކުގައި ދެ ފޫޓު ބޯމިނަށް ސްނޯ ހެދޭނެ ކަމަށް ބެލެވެ އެވެ. އެ ސަރަހައްދުތަކުގެ ފިނި މޫސުމުގެ ރެކޯޑްތަކަށް ބަލާއިރު މިއީ، ވޭތުވެ ދިޔަ 30 އަހަރުގެ ތެރޭގައި މިހާ ބޯކޮށް ސްނޯ ފައިބާ ފުރަތަމަ ފަހަރަށް ވާނެ އެވެ.
މެދުތެރޭގެ ނެބްރާސްކާ ސްޓޭޓުން ފެށިގެން އެންމެ އިރުއުތުރުގައި އޮންނަ ނިއުހެމްޝަޔާއާ ހަމައަށް، ގާތްގަނޑަކަށް 1300 މޭލުގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ މި ފިނިކަން ކުރިއަށް އޮތް ހަފުތާ އަށް ވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެ އެވެ.
އެމެރިކާގެ ބޮޑު ސަރަހައްދަކަށް މިހާރު ކުރިމަތިވެފައިވާ ގަދަ ފިނީގެ ސަބަބުން، މަތިންދާބޯޓުގެ 5000 އަށްވުރެ ގިނަ ދަތުރު މިހާތަނަށް ކެންސަލްކޮށްފި އެވެ. އަދި ބައެއް ދަތުރުތައް، ކަނޑައެޅިފައިވާ ވަގުތަށް ވުރެ ފަސްކުރަން ޖެހުމުން، ގިނަ ބަޔަކު ވައިގެ ބަނދަރުތަކުގައި ވަރަށް ގިނަ އިރު އިންތިޒާރުގައި ތިބެންޖެހުމުގެ ޝަކުވާ އަންނަނީ އިތުރުވަމުންނެވެ.
ފިނީގެ ތޫފާނުގައި އެމެރިކާ އިން 50 މީހުން މަރުވެއްޖެ
އެމެރިކާ އަށް ނަގޫރޯޅި އާއި ގަނޑުފެނުގެ ނުރައްކާ
ބާރަ ދުވަސް، 10 ސަރަހައްދެއްގައި ފެން ބޮޑުވެއްޖެ
ނަގޫރޯޅިތަކުގައި އެމެރިކާ އިން 26 މީހުން މަރުވެއްޖެ
އިރުމަތީ އޭޝިޔާއަށް އާދަޔާ ޚިލާފު ފިނި މޫސުމެއް
ފިނި ގަދަވެގެން އަފްޣާނުން 157 މީހުން މަރުވެއްޖެ
އެމެރިކާ އާއި ކެނެޑާ ރައްޔިތުން ގަދަ ފިނީގައި
އިއާން ތޫފާނުގެ ބާރު ގަދަވެ، ފްލޮރިޑާއާ ދިމާލަށް
އެމެރިކާގެ ކަނޑުގެ ލޮނުގަނޑު ބައި މީޓަރަށް އުފުލޭނެ
ކެލިފޯނިއާ އަށް 17 ފޫޓުގެ ސްނޯ