25 ޖެނުއަރީ 2023
މިއަހަރުގެ ފިނި މޫސުމުގެ ފިނިކަން އާދަޔާ ޚިލާފަށް މައްޗަށް ދިއުމުގެ ސަބަބުން، މިހާތަނަށް މަދުވެގެން 157 މީހުން އެ ގައުމުން މަރުވެފައިވާ ކަމަށް، ވެރިކަން ކުރާ ތާލިބާން ޖަމާއަތުން ބުނެފި އެވެ.
މިއަހަރުގެ ފިނި މޫސުމުގެ ފިނިކަން އާދަޔާ ޚިލާފަށް މައްޗަށް ދިއުމުގެ ސަބަބުން، މިހާތަނަށް މަދުވެގެން 157 މީހުން އެ ގައުމުން މަރުވެފައިވާ ކަމަށް، ވެރިކަން ކުރާ ތާލިބާން ޖަމާއަތުން ބުނެފި އެވެ.
އެ ގައުމުގެ ސަރުކާރުގެ އިދާރާތަކުންނާއި އާންމުން ބުނާ ގޮތުގައި މިހާރު އެމީހުން ތަޖުރިބާ ކުރަމުން ދަނީ، އެމީހުންގެ މުޅި ހަޔާތުގައި ވެސް ކުރިމަތިނުވާ ފަދަ ފިނި ކަމެކެވެ. ފިނި މޫސުމުގެ އެންމެ ފިނި ދުވަސްތައް މި މަހުގެ ކުރީކޮޅު ފެށުނު ފަހުން، ފިނީގެ ސަބަބުން މިދިޔަ ހަފުތާގެ ނިޔަލަށް އެ ގައުމުން މަރުވެފައިވަނީ 70 ވަރަކަށް މީހުންނެވެ.
?? Two-thirds of Afghanistan’s population will need urgent humanitarian assistance in order to survive this year https://t.co/6VLTSQhymY
— The Telegraph (@Telegraph) January 24, 2023
ނަމަވެސް އޭގެ އެއް ހަފުތާ ފަހުން އެ އަދަދު ދެ ގުނަ އަށް އިތުރުވެ، މަރުވި މީހުންގެ އަދަދު ވަނީ 157 އަށް އަރައިފަ އެވެ. އަހަރުގެ މި ދުވަސްވަރު އަފްޣާނިސްތާނުގެ އެވްރެޖް ފިނިމިން ހުންނަނީ ސުން ދަރަޖަ އާއި މައިނަސް ފަސް ދަރަޖައިގަ އެވެ. ނަމަވެސް މި ދުވަސްވަރު އެ ގައުމުގެ ހުރިހާ ސަރަހައްދެއްގެ އެވްރެޖް ފިނިމިނަކީ، މައިނަސް 28 ދަރަޖަ ކަމަށް ރަސްމީ އިދާރާތަކުން ބުނެ އެވެ.
ހުޅަނގުގެ ގައުމުތަކުން އަފްޣާނިސްތާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނާއި، އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުގައި ހުރި އަފްޣާނިސްތާނު ސަރުކާރުގެ ފައިސާތައް އެ ގައުމުތަކުން ހިފަހައްޓާފައިވާތީ، އަފްޣާނިސްތާނުގެ ރައްޔިތުން މިހާރު ތިބީ ހާލުގައި ޖެހިފަ އެވެ. އެހެންކަމުން، ގަދަ ފިނިން ސަލާމަތްވުމަށްޓަކައި ކޮންމެހެން ބޭނުންވާ ހީޓަރާއި ރަޖާ ފަދަ ތަކެތި ހޯދުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.
Afghanistan’s winter of all winters - freezing weather has killed more than 120 Afghans in the past 2 weeks, and tens of thousands of livestock. We travel to the legendary #Salang Tunnel w/ @sanjayganguly @_rachaelthorn #Afghanistan @BBCWorld #BBCnewsTen pic.twitter.com/BV0nJMoQth
— lyse doucet (@bbclysedoucet) January 24, 2023
އެ ދަތިކަމުގެ ތެރޭގައި ގައުމު އޮއްވައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަންހެނުން ބައިވެރިވުން، އަފްޣާނު ސަރުކާރުން މަނާކުރުމާ ގުޅިގެން، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަށް ވެސް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ. ތާލިބާން ސަރުކާރުގެ އެ ނިންމުމާ ގުޅިގެން، އެހީގެ މަސައްކަތުގައި އުޅުނު ބޭރުގެ ޖަމާއަތްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ޖަމާއަތްތަކުން ވަނީ މަސައްކަތް ހުއްޓާލައިފަ އެވެ.
ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޝަފީއުﷲ ރަހީމީ ބުނި ގޮތުގައި އެ ގައުމުގެ އެކި ސަރަހައްދުގައި އާންމު ރައްޔިތުން ގެންގުޅޭ ގެރިބަކަރި އާއި ކުކުޅު ފަދަ ތަކެތީގެ ތެރެއިން 70000 ޖަނަވާރު، ގަދަ ފިނީގެ ސަބަބުން ގަނޑުވެގެން މަރުވެއްޖެ އެވެ.
އދ.ގެ އިންސާނީ އެހީތެރިކަމާ ބެހޭ އދ.ގެ އިދާރާތަކުން ބުނާ ގޮތުގައި، އަފްޣާނިސްތާނު ރައްޔިތުންގެ ތެރެއިން މަދުވެގެން 28.3 މިލިއަން މީހުން މިހާރުވެސް ތިބީ، އިންސާނީ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންޖެހިފަ އެވެ. އަދި، އަވަސް ގޮތެއްގައި އެހީތެރިކަން ފޯރުކޮށްނުދެވިއްޖެ ނަމަ، މިހާރު ކުރިމަތިވެފައިވާ ފިނީގެ ސަބަބުން އެތައް ބައެއް ފުރާނަ ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތެވެ.
ފެންބޮޑުވެ އަފްޣާނާއި ޕާކިސްތާނުން 45 މަރު
ފިނީގެ ތޫފާނުގައި އެމެރިކާ އިން 50 މީހުން މަރުވެއްޖެ
ސިއްކިމްގައި ފެންބޮޑުވެ 100 މީހުން ގެއްލިއްޖެ
ބާރަ ދުވަސް، 10 ސަރަހައްދެއްގައި ފެން ބޮޑުވެއްޖެ
ލީބިޔާއިން 5000 މީހުން މަރުވި ކަމަށް ބެލެވޭ
ޑެނިއަލް ތޫފާނުގައި ލީބިޔާއިން 2000 މީހުން މަރު
ޗައިނާއަށް ކުރާ ވިއްސާރައިގައި 20 މީހަކު މަރުވެއްޖެ
އެމެރިކާ އަށް އާދަޔާ ހިލާފު ފިނި މޫސުމެއް
އިރުމަތީ އޭޝިޔާއަށް އާދަޔާ ޚިލާފު ފިނި މޫސުމެއް
އެމެރިކާ އާއި ކެނެޑާ ރައްޔިތުން ގަދަ ފިނީގައި