14 ޑިސެމްބަރ 2022
މިއަހަރުގެ ފިނި މޫސުމުގެ ދުވަސްތައް ފެށިގެން ކުރިއަށް ދާއިރު، އެމެރިކާ އާއި ކެނެޑާ ހިމެނޭ ސަރަހައްދުގައި ފިނި މޫސުމުގެ ބާރުގަދަ ކޮޅިގަނޑެއް އުފެދި ނަގޫރޯޅިތަކާއި ގަނޑުފެނުގެ ނުރައްކާ ކުރިމަތިވެއްޖެ އެވެ.
މިއަހަރުގެ ފިނި މޫސުމުގެ ދުވަސްތައް ފެށިގެން ކުރިއަށް ދާއިރު، އެމެރިކާ އާއި ކެނެޑާ ހިމެނޭ ސަރަހައްދުގައި ފިނި މޫސުމުގެ ބާރުގަދަ ކޮޅިގަނޑެއް އުފެދި ނަގޫރޯޅިތަކާއި ގަނޑުފެނުގެ ނުރައްކާ ކުރިމަތިވެއްޖެ އެވެ.
މި ހަފުތާ ފެށުނީއްސުރެ މޫސުން ގޯސްވެ އެމެރިކާގެ ދެކުނު ސަރަހައްދަށާއި ކެނެޑާގެ ބައެއް ސަރަހައްދުތަކަށް ދަނީ ގަނޑުފެން ފައިބަމުންނެވެ. ގަނޑުފެން ފޭބުމުގެ ސަބަބުން، އެމެރިކާގެ ޓެކްސަސް އިން އެތައް ބަޔަކު ޒަޚަމްވެ ބައެއް އިމާރާތްތަކަށް ވަނީ ގެއްލުންތައް ލިބިފަ އެވެ.
“This is a ‘we are not kidding’ kind of storm,” the South Dakota Department of Public Safety said Monday in a tweet. https://t.co/44xTZQob83
— KARE 11 (@kare11) December 13, 2022
މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް، ފިނި މޫސުމުގެ ކޮޅިގަނޑުގެ ބާރު ގަދަވެ، ގަދައަށް ސްނޯ ފައިބަމުން ދިއުމުގެ ސަބަބުން، ވައިގެ މަގުން ކުރާ ދަތުރުތަކަށް ވަރަށް ބޮޑަށް ބުރޫ އެރި އެވެ. ބައެއް މަސްދަރުތައް ބުނާ ގޮތުން ހޯމަ ދުވަހާއި އަންގާރަ ދުވަހު އެކަނިވެސް، އެމެރިކާގެ އެކި މަންޒިލްތަކަށް ކުރަން ހަމަޖެހިފައި އޮތް 9000 އަށް ވުރެ ގިނަ ދަތުރު، ކަނޑައެޅިފައިވާ ވަގުތަށް ވުރެ ފަސް ކުރަންޖެހުނެވެ.
އެމެރިކާގެ ހުޅަނގު ސަރަހައްދުގެ ބައެއް ސްޓޭޓްތަކަށް ބޯކޮށް ސްނޯ ފައިބައި، މަގުތަކުގައި 2-3 ފޫޓަށް ސްނޯ ހެދުމުގެ ސަބަބުން، ބައެއް ސްޓޭޓްތަކުގެ އެއްގަމު ދަތުރުތައް މެދުކަނޑައިލަން ޖެހުނެވެ. ބައެއް ސަރަހައްދުތަކުގައި މަގުތައް ބަންކުރަންޖެހޭ މިންވަރަށް ސްނޯ ނުފޭބިޔަސް، މުޅި އެމެރިކާ އަށް މިހާރު ދަނީ ވަރަށް ބޯކޮށް ސްނޯ ފައިބަމުން ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެ އެވެ.
ޓެކްސަސްގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި މިހާރު އުފެދިފައިވާ ފިނި މޫސުމުގެ ކޮޅިގަނޑަކީ، އާންމުކޮށް އަހަރުގެ މި ދުވަސްވަރު އުފެދޭ ކޮޅިގަނޑުތަކަށް ވުރެ ބާރު ގަދަ ކޮޅިގަނޑެކެވެ. އެމެރިކާގެ ހުޅަނގު ސަރަހައްދަށް ކޮޅިގަނޑުގެ އަސަރު ބޮޑަށް ކުރަމުން އައިސް، ހޯމަ ދުވަހުގެ ރެއިން ފެށިގެން، މެދުތެރެ އާއި އުތުރުގެ ސްޓޭޓްތަކަށް ވެސް މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
A giant winter storm cutting through the US is bringing severe weather, with dangerous blizzard conditions in the Great Plains, icy weather in the upper Midwest and severe storms along the Gulf Coast https://t.co/RsOjB8Wz17
— CNN (@CNN) December 13, 2022
މޮންޓާނާ، ވިޔޯމިންގް، ސައުތު ޑަކޯޓާ އަދި ނެބްރާސްކާ އަށް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ގަދަ ވަޔާ އެކުގައި ބޯކޮށް ސްނޯ ފައިބާނެ ކަމަށް ލަފާކުރެވެ އެވެ. އެވްރެޖްކޮށް ގަޑިއަކު 40 މޭލަށް ވުރެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށް، ނަގޫރޯޅިތައް ވެސް އުފެދެމުންދާނެ ކަމަށް ލަފާ ކުރެވެ އެވެ.
ފިނި މޫސުމުގެ ފިނީގެ އަސަރު ގަދަވަމުން އަންނަ އިރު، ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައި މޫސުމަށް ސަމާލުވެގެން އުޅުމަށް، ސަމާލުގެ އިންޒާރު ނެރެފައިވާ ސަރަހައްދުތަކުގައި 20 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. ބައެއް ސަރަހައްދުތަކަށް މިނެޓަކު ދެ އިންޗީގެ ސްނޯ ފައިބާނެ ކަމަށް ލަފާކުރެވެ އެވެ.
ކެނެޑާ އަށް ވެސް މި ހަފުތާގެ ނިޔަލަށް ގަދަ ވަޔާއެކު ބޯކޮށް ސްނޯ ފައިބާނެ ކަމަށް ލަފާކުރެވޭ އިރު، އެ ގައުމުގެ ދެކުނު ސަރަހައްދުގައި ދިރިއުޅޭ މީހުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އަންގައިފަ އެވެ.
ފިނީގެ ތޫފާނުގައި އެމެރިކާ އިން 50 މީހުން މަރުވެއްޖެ
އެމެރިކާ އާއި ކެނެޑާ ރައްޔިތުން ގަދަ ފިނީގައި
ވިއްސާރައިގައި ލިބުނު ގެއްލުން މިލިއަނަކަށް ވުރެ މަތި
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
ޑްރެއިން ސިސްޓަމް ބޭނުންކުރަން ފެށުމުން ފެންބޮޑެއްނުވޭ
މާލެއަށް އިއްޔެ 89 މިލިމީޓަރުގެ ވާރޭ ވެހުނު
މާލޭގައި ބަރު ވެހިކަލް ނުދުއްވަން އެދިއްޖެ
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ
ވިއްސާރާގައި ނުވަ ރަށެއްގައި ފެން ބޮޑުވެއްޖެ
މާލެއަށް އިއްޔެ 100 މިލިމީޓަރުގެ ވާރޭ ވެހުނު