Roadha Mihaaru
ތާރީހު ރީތިކަމުން މިއަދުވެސް މާލޭގައި ކައިވެނި ގިނަ

ތާރީހު ރީތިކަމުން މިއަދުވެސް މާލޭގައި ކައިވެނި ގިނަ

23 ފެބުރުއަރީ 2023

މިއަދަކީ މިއަހަރު އަންނަ ރީތި ތާރީޚަކަށް ވާތީ މާލެ ސަރަހައްދުގައި އެހެން ދުވަސްތަކަށް ވުރެ މިއަދު ވެސް ކައިވެނި ގިނަވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިއަދަކީ މިއަހަރު އަންނަ ރީތި ތާރީޚަކަށް ވާތީ މާލެ ސަރަހައްދުގައި އެހެން ދުވަސްތަކަށް ވުރެ މިއަދު ވެސް ކައިވެނި ގިނަވެއްޖެ އެވެ.

މާލޭ ސަރަހައްދުގައި މިއަދު، 23/2/23 ގައި 38 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމަކީ ރާއްޖޭގައި ވެސް މިފަހަކަށް އައިސް އާންމު ކަމެކެވެ.

ފެމިލީ ކޯޓުން ބުނީ މިއަދު ކުރަން ހަމަޖެހިފައިވާ 38 ކައިވެނީގެ ތެރެއިން 19 ކައިވެންޏެއް ކުރަނީ ރަސްމީ ގަޑީގައި ކޯޓުގައި ކަމަށެވެ. އަދި ބާކީ 19 ކައިވެނި ކުރަން ހަމަޖައްސާފައި އޮތީ ނުރަސްމީ ގަޑީގައި އަދި ކޯޓުން ބޭރުގައި ކަމަށް ކޯޓުން ބުންޏެވެ.

އެންމެ ފަހުން ރީތި ތާރީޚެއްގައި ގިނަ ބަޔަކު ކައިވެނިކުރީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

ފެމިލީ ކޯޓުން ކައިވެނި ކޮށްދެނީ މާލެ ސަރަހައްދުގައި އެކަނި ކަމަށްވާތީ އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކުން ކޮށްދޭ ކައިވެނިތަކުގެ އަދަދެއް ސާފެއް ނުވެ އެވެ.