Roadha Mihaaru
އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށް ދޭނެ

އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށް ދޭން ނިންމައިފި

31 ޑިސެމްބަރ 2021

އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ކައިވެނިކޮށް ދޭން ފެމިލީ ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ކައިވެނިކޮށް ދޭން ފެމިލީ ކޯޓުން ނިންމައިފި އެވެ.

ފެމިލީ ކޯޓުން ނެރުނު އިއުލާނެއްގައިވަނީ އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށް ދޭން އެ ކޯޓުން ނިންމާފައިވާ ކަމަށެވެ. ކޯޓާއި ކޯޓުން ބޭރުގައި ވެސް ކޮންމެ ދުވަހަކު ކައިވެނިކޮށްދޭނެ ކަމަށް އިއުލާނުގައިވެ އެވެ.

އިއުލާނުގައިވާ ގޮތުން ކޯޓުގައި ކައިވެނިކޮށް ދޭނީ ހެނދުނު 9 އިން ފެށިގެން މެންދުރު 11:30 އަށް އަދި މެންދުރު 1 އިން 2 އާ ހަމައަށެވެ. އަދި ނުރަސްމީ ގަޑިއެއްގައި ކައިވެނި ކުރާ ނަމަ، ހަވީރު 4 އިން ފެށިގެން ރޭގަނޑު 9:30 އާ ހަމައަށް ކައިވެނިކޮށް ދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ. އެކަމަކު ކޯޓުން ބޭރުގައި ކައިވެނި ކުރެވޭނީ ހަވީރު 4 އިން ފެށިގެން ރޭގަނޑު 9:30 އާ ހަމައަށް ކަމަށާއި އަދި ރޯދަ މަހު ކައިވެނިކޮށް ދޭނެ ގަޑިތައް ފަހުން އިއުލާން ކުރާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

މީގެ ކުރިން ބައެއް ބަންދު ދުވަސްތަކުގައި ފެމިލީ ކޯޓުން ކައިވެނިކޮށް ނުދޭ ގޮތަށް ހަމަޖައްސާފައި އޮތުމަށް ފަހު ހުރިހާ ދުވަހެއްގައި ވެސް ކައިވެނިކޮށް ދޭ ގޮތަށް ހަމަޖެއްސީ މި އަހަރުން ފެށިގެންނެވެ.

އެކަމަކު ކޮވިޑް-19 އާ ގުޅިގެން މިއަހަރު ކުރީކޮޅު ބައެއް ކައިވެނިތައް ކޮށް ދިނީ އޮންލައިންކޮށެވެ.