03 އެޕްރީލް 2019
ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އަހުމަދު އަބްދުﷲ އެ ކޯޓުން ސަސްޕެންޑްކޮށްފި އެވެ.
ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އަހުމަދު އަބްދުﷲ އެ ކޯޓުން ސަސްޕެންޑްކޮށްފި އެވެ.
ކައިވެނީގެ ރަޖިސްޓްރާ އަހުމަދު ސަސްޕެންޑްކުރީ މިދިޔަ ހަފުތާއިން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ކަމަށް ވަނީ އެނގިފަ އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ އަހުމަދު ސަސްޕެންޑްކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ފެމިލީ ކޯޓުން ކަމަށެވެ. އެ ކޯޓުން އެކަން އެ ޑިޕާޓްމެންޓްގެ ސަމާލު ކަމަށް ވެސް އެ ގެނެސްފައިވާ ކަމަށާއި އެކަން ބެލުމަށް ޑިޕާޓްމެންޓުން ވެސް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
އަހްމަދުގެ މައްސަލައެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސަމާލުކަމަށް ވެސް އައިސްފައިވާކަން އެނގިފައިވެ އެވެ.
މީގެ ކުރިން 2016 ވަނަ އަހަރު ޖޭއެސްސީން ގާޒީ ހަސަން ސައީދާ ގުޅޭ ގޮތުން ބެލި މައްސަލައެއްގައި، އޭނާއާ ދެކޮޅަށް ރެޖިސްޓްރާ އަހްމަދު ހެކިބަސް ދެއްވި މައްސަލައެއް ވެސް މީގެ ކުރިން ހޫނުވެފައިވާ ކަމަށްވެ އެވެ. އެފަހަރު ޖޭއެސްސީން ހަސަން ސައީދު ސަސްޕެންޑްކުރުމަށް ފަހު އެކަން އުވާލީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
ސަސްޕެންޑްކުރި އަހްމަދު ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު މައްސަލައެއް ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާފައިވާކަން ވަނީ އެނގިފަ އެވެ.
ކައިވެނީގެ ރަޖިސްޓްރާއަކީ ފެމިލީ ކޯޓުގައި ކައިވެންޏާއި ވަރިއާ ބެހޭ ހުރިހާ ކަންކަން ބަލަހައްޓާ ފަރާތެވެ.
އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށް ދޭނެ
އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށް ދޭނެ
މިދިޔަ މަހު 171 ކައިވެނި، 132 މީހުން ވަރި
ދަރިންގެ ހަރަދުނުދީ އެތައް އަހަރެއް: ފިޔަވަޅެއް ނެތް؟
މިދިޔަ މަހު މާލޭގައި 245 ކައިވެނި، 115 ވަރި
ތާރީހު ރީތިކަމުން މިއަދުވެސް މާލޭގައި ކައިވެނި ގިނަ
މިދިޔަ މަހު 195 ކައިވެނި، 127 މީހުން ވަރިކުރި
މިދިޔަ އަހަރު 2،500 ކައިވެނި، 1،300 ވަރި
އަންނަ އަހަރު ބޮޑު އީދުގައި ކައިވެނިކޮށް ނުދޭނެ
މިދިޔަ މަހު 186 ކައިވެނި، 103 މީހުން ވަރިކުރި