Roadha Mihaaru
ބޭރު މީހުން ލައްވައި ކުރާ ކައިވެނި ރަޖިސްޓްރީކޮށްނުދޭނެ

ރާއްޖޭގައި ތިބެގެން ބޭރު މީހުން ލައްވައި ކުރާ ކައިވެނިތައް ރަޖިސްޓްރީކޮށްދިނުން ހުއްޓާލަން ނިންމައިފި

16 އޯގަސްޓް 2021

ރާއްޖޭގައި ތިބެގެން ބޭރު މީހުން ލައްވައި ކުރާ ކައިވެނިތައް ރަޖިސްޓްރީކޮށްދިނުން ހުއްޓާލަން ފެމިލީ ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ތިބެގެން ބޭރު މީހުން ލައްވައި ކުރާ ކައިވެނިތައް ރަޖިސްޓްރީކޮށްދިނުން ހުއްޓާލަން ފެމިލީ ކޯޓުން ނިންމައިފި އެވެ.

ފެމިލީ ކޯޓުން ނެރުނު އިއުލާނެއްގައި ބުނީ ކައިވެނިކުރާ ދެ މީހުން ރާއްޖޭގައި ތިބެގެން ރާއްޖެއިން ބޭރުގެ ޖަމާއަތެއްގެ މީހުން މެދުވެރިކޮށް ކުރާ ކައިވެނިތައް އަންނަ ހަފުތާއިން ފެށިގެން އެ ކޯޓުން ރަޖިސްޓްރީކޮށް ނުދޭނެ ކަމަށް ބުންޏެވެ. ކައިވެނިކުރާ އެކަކު ރާއްޖޭގައި ހުރެގެން އެގޮތަށް ކައިވެނި ކުރިޔަސް، އެފަދަ ކައިވެންޏެއް ރަޖިސްޓްރީކޮށް ނުދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

މީގެ އިތުރުން ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުން މެދުކަނޑާލާފައި އޮތުމަށް ފަހު އަންނަ ހަފުތާއިން ފެށިގެން ކޯޓުން ބޭރުގައި ވެސް ކައިވެނިކޮށް ދޭން ފަށަން ނިންމާފައިވާ ކަމަށް ފެމިލީ ކޯޓުގެ އިއުލާނުގައިވެ އެވެ. އިއުލާނުގައި ބުނެފައިވާ ގޮތުގައި ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައި ކޯޓުން ބޭރުގައި ކައިވެނިކޮށް ދޭނެ އެވެ.

ރާއްޖޭގައި ތިބެގެން، ބޭރު މީހުން ލައްވައި ކުރާ ކައިވެނިތައް ރަޖިސްޓްރީކޮށް ދިނުން ހުއްޓާލަން ނިންމިއިރު، ބޭރުގެ ޖަމާއަތްތައް މެދުވެރިކޮށް ކުރާ ކައިވެނިތައް އެ ކޯޓުން ކުރިން ރަޖިސްޓްރީކޮށް ދިނެވެ.

ރާއްޖެއިން ބޭރުގައި ކުރާ ކައިވެނިތައް ރަޖިސްޓްރީކޮށް ދެނީ އެ ކައިވެންޏެއް ކޮށްދިނީ ފެމިލީ ކޯޓުން ގަބޫލުކުރާ ބޭރުގެ ޖަމާއަތެއް މެދުވެރިކޮށް ކަމަށްވާ ނަމަ އެވެ.