Roadha Mihaaru
މިދިޔަ މަހު 186 ކައިވެނި، 103 މީހުން ވަރިކުރި

މިދިޔަ މަހު 186 ކައިވެނި، 100 އަށް ވުރެ ގިނަ ވަރި

15 ނޮވެމްބަރ 2022

މިދިޔަ މަހު މާލެ ސަރަހައްދުގައި 186 ކައިވެނި ކުރިއިރު، 100 އަށް ވުރެ ގިނަ މީހުން ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ މަހު މާލެ ސަރަހައްދުގައި 186 ކައިވެނި ކުރިއިރު، 100 އަށް ވުރެ ގިނަ މީހުން ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ކޯޓުން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބު ދައްކާ ގޮތުން 186 ކައިވެނި ކުރިއިރު 103 މީހުން ވަރިކުރި އެވެ. މިދިޔަ މަހު ވެސް އެންމެ ގިނައިން އެ ކޯޓަށް ހުށަހެޅީ ވަރީގެ މައްސަލަތަކެވެ. ވަރީގެ 140 މައްސަލައެއް ހުށަހެޅިއިރު، އެންމެ ގިނައީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ.

ވަރިވުމަށް އެދި 67 މައްސަލައެއް ހުށަހެޅިއިރު، ވަރިކުރަން 25 މައްސަލައެއް އަދި ވަރި ސާބިތުކުރަން 47 މައްސަލައެއް ހުށަހެޅި އެވެ. ވަރީގެ 132 މައްސަލައެއް މިދިޔަ މަހު ފެމިލީ ކޯޓުން ނިންމި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ދެން އެންމެ ގިނައިން ހުށަހެޅީ އާއިލީ އެހެން މައްސަލަތަކާއި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކެވެ. އާއިލީ އެހެނިހެން މައްސަލަތަކުގެ ގޮތުގައި 19 މައްސަލައެއް އަދި ކުޑަކުދިން ނުދެއްކުމުގެ 11 މައްސަލައެއް ވެސް ހުށަހެޅި އެވެ.

ހަރަދު ނުލިބިގެން މިދިޔަ މަހު ހުށަހެޅީ ހަތް މައްސަލަ އެކެވެ. އަދި ހަތް މައްސަލައެއް މިދިޔަ މަހު ނިންމި އެވެ.