16 ޑިސެމްބަރ 2022
އަންނަ އަހަރުގެ ބޮޑު އީދާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި ފެމިލީ ކޯޓުން ކައިވެނިކޮށް ނުދޭން ނިންމައިފި އެވެ.
އަންނަ އަހަރުގެ ބޮޑު އީދާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި ފެމިލީ ކޯޓުން ކައިވެނިކޮށް ނުދޭން ނިންމައިފި އެވެ.
މިއަހަރާއި މިދިޔަ އަހަރު ވެސް ފެމިލީ ކޯޓުން ހުރިހާ ދުވަހެއްގައި ކައިވެނިކޮށް ދެމުން އަޔަސް، އަންނަ އަހަރުގެ ވަކި ދުވަސްތަކެއްގައި ކައިވެނިކޮށް ނުދޭން އެ ކޯޓުން ވަނީ ނިންމައިފަ އެވެ.
ފެމިލީ ކޯޓުން އިއްޔެ ނެރުނު އިއުލާނެއްގައިވާ ގޮތުން އަންނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުން އިން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް އަދި 28 ވަނަ ދުވަހުން އިން ފެށިގެން ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކައިވެނިކޮށް ނުދޭނެ އެވެ.
ފެމިލީ ކޯޓުން ބުނިގޮތުގައި ދުވަސްތަކުގައި ކައިވެނިކޮށް ނުދެނީ އަޟްހާ އީދުގެ މުނާސަބަތުގައި އަންނަ ބަންދު ދުވަސްތަކާ ގުޅިގެންނެވެ. އެ ދުވަސްތަކުގައި ސަރުކާރު ބަންދު ނުވާނީ ޖޫން މަހުގެ 27 ވަނަ ދުވަސް އެކަންޏެވެ. އެދުވަހު ފެމިލީ ކޯޓުން ވެސް ކައިވެނިކޮށް ދޭނެ އެވެ.
ކައިވެނިކޮށް ދޭ ގަޑިތަކަށް މާ ބޮޑު ބަދަލެއް ނުގެނެ އެވެ. އެގޮތުން ކޯޓުގައި ކައިވެނި ކުރުން ހެނދުނު 9 އިން ފެށިގެން މެންދުރު 11:30 އާ ހަމައަށް އަދި މެންދުރު 1 އިން ފެށިގެން 1:30 އަށް ކުރިއަށް ގެންދާނެ އެވެ.
ނުރަސްމީ ގަޑީގައި އަދި ކޯޓުން ބޭރުގައި ކައިވެނި ކުރާނަމަ ހަވީރު 4 އިން ފެށިގެން ރޭގަނޑު 9:30 އާ ހަމައަށް ކައިވެނިކޮށް ދޭނެ އެވެ.
ފެމިލީ ކޯޓުން ވަކި ދުވަސްތަކެއްގައި ކައިވެނިކޮށް ނުދޭން ނިންމިޔަސް، ރަށްރަށުގެ ކޯޓުތަކުން އެކަން ކަނޑައަޅާނީ އެ ކޯޓަކުން އަމިއްލައަށެވެ.
އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށް ދޭނެ
މިދިޔަ މަހު 171 ކައިވެނި، 132 މީހުން ވަރި
މިދިޔަ މަހު މާލޭގައި 245 ކައިވެނި، 115 ވަރި
ތާރީހު ރީތިކަމުން މިއަދުވެސް މާލޭގައި ކައިވެނި ގިނަ
މިދިޔަ އަހަރު 2،500 ކައިވެނި، 1،300 ވަރި
ކުރި ކައިވެނީގެ ދެބައިކުޅަ އެއްބަޔާ ގާތަށް ވަރިކުރި
ކައިވެނީގެ ރަޖިސްޓްރާ އައްޔަންކުރުން ކޯޓުން ހުއްޓުވައިފި
އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށް ދޭނެ
ބޭރު މީހުން ލައްވައި ކުރާ ކައިވެނި ރަޖިސްޓްރީކޮށްނުދޭނެ
ވީޑިއޯ މެދުވެެރިކޮށް އެންމެ ގިނަ ކައިވެނި އޮތީ މިއަދު