19 ޖެނުއަރީ 2017
ދިރާގުގެ އިންޓަނެޓް ނެޓްވޯކަށް ބަޔަކު ދެމުންގެންދިޔަ ޑީޑޮސް ހަމަލާތަކާ ދެކޮޅަށް ކުރި މަސައްކަތުން، އެ މައްސަލަ މިހާރު ވަރަށް ބޮޑަށް ހައްލުކުރެވިއްޖެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ. އަދި އަންނަ މަހުގެ ބިލުން ކަސްޓަމަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުގެ އިންޓަނެޓް ނެޓްވޯކަށް ބަޔަކު ދެމުންގެންދިޔަ ޑީޑޮސް ހަމަލާތަކާ ދެކޮޅަށް ކުރި މަސައްކަތުން، އެ މައްސަލަ މިހާރު ވަރަށް ބޮޑަށް ހައްލުކުރެވިއްޖެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ. އަދި އަންނަ މަހުގެ ބިލުން ކަސްޓަމަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ ކުންފުނީގެ ނެޓްވޯކަށް ބަޔަކު ދެމުން ގެންދިޔަ ޑީޑޮސް ހަމަލާތަކާ ގުޅިގެން މިދިޔަ ހަފުތާއެއްހާ ދުވަހު ގިނަ ވަގުތުތަކަކަށް ހިދުމަތް މެދުކެނޑި، ވަރަށް ގިނަ ކަސްޓަމަރުންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހުނެވެ.
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕީއާރް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ އިންޓަނެޓް ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކުރަން އެމެރިކާގެ އެންމެ ވަރުގަދަ އެއް ކުންފުންޏާ އެކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އިންޓަނެޓް ނެޓްވޯކަށް ދިމާވި މައްސަލައާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ކުންފުނިން ނިހާޔަތަށް މައާފަށް އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އަންނަ މަހުގެ ބިލް ކަސްޓަމަރުންނަށް ފޮނުވާއިރު ހާއްސަ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށެވެ.
"ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އަންނަ މަހުގެ ބިލް ފޮނުވާއިރު ހާއްސަ ޑިސްކައުންޓެއް ލިބޭނެ. ޚިދުމަތުގެ މައްސަލަ އެންމެ ބޮޑަށް ދިމާވީ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވީމަ އެ ފަރާތްތަކަށް ޑިސްކައުންޓް ދޭން ނިންމީ،" މިރުޝާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ދިމާވެފައިވާ މައްސަލަ މި މަސް ނިމެންވާއިރަށް މުޅިން ހައްލުކުރެވޭނެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މިގެންދަނީ ޕްރޮޓެކްޝަން ލެވެލް މަތިކުރަމުން. އޭގެ ނަތީޖާ މިހާރު ކަސްޓަމަރުންނަށް އިހުސާސްކުރެވޭނެ. އިއްޔެ އާއި މިއަދު ވަރަށް ބޮޑު ތަން ރަނގަޅުވާނެ،" އޭނާ ވިދާޅުވި އެވެ.
"މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ދިމާވި މައްސަލަ މިހާރު ވަރަށް މަދުވާނެ. އަޅުގަނޑުމެންގެ ޓީމު ދަނީ ވަރަށް ރަނގަޅަށް މޮނިޓާކުރަމުން. އެކަމަކު މިކަހަލަ ޑީޑޮސް ހަމަލާތައް އެކި ފަހަރު އަންނަނީ އެކި ގޮތަށް ވީމަ އެކަން ހައްލުކުރަން ވަގުތުތަކެއް ނަގަނީ."
ދިރާގުގެ ނެޓްވޯކަށް ދޭ ހަމަލާތައް ވަރުގަދަވެއްޖެ
"އިންޓަނެޓަށް މައްސަލަ ދިމާވަނީ ޑީޑޮސް ހަމަލާއާ ހެދި"
"އިންޓަނެޓަށް މައްސަލަ ދިމާވަނީ ޑީޑޮސް ހަމަލާތަކަކުން"
ދިރާގު ޓީވީ އާއި އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް
ޓެލެކޮމް ދާއިރާއިން ރާއްޖެ ކުރިއެރުވި ދިވެހި ކުންފުނި
ދިރާގު ބިޒް ފައިބަ ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް
ދިރާގު ކަސްޓަމަރުންނަށް ހިލޭ އިތުރު ޑޭޓާ ދޭން ފަށައިފި
ދިރާގުން ފައިބާ ބްރޯޑްބޭންޑް ހިލޭ ގުޅައިދެނީ
ދިރާގުން ހިލޭ ޑޭޓާ އާއި ޑިސްކައުންޓް ޖޫންގައި ވެސް
އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް ދަނީ މަސައްކަތް ކުރަމުން