11 ޖެނުއަރީ 2017
ދިރާގުގެ އިންޓަނެޓް ނެޓްވޯކަށް ދޭ ހަމަލާތައް ވަރުގަދަވެ، މައްސަލަ ހައްލުކުރަން އުނދަގޫތަކަކާ ކުރިމަތިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދިރާގުގެ އިންޓަނެޓް ނެޓްވޯކަށް ދޭ ހަމަލާތައް ވަރުގަދަވެ، މައްސަލަ ހައްލުކުރަން އުނދަގޫތަކަކާ ކުރިމަތިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނީގެ ނެޓްވޯކަށް ބަޔަކު ދޭ ޑީޑޮސް ހަމަލާތަކާ ގުޅިގެން އިއްޔެ އާއި މިއަދު މޮބައިލް ޑޭޓާ އަދި ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ގިނަ ވަގުތުތަކަށް މެދުކެނޑިގެންދިޔަ އެވެ. އަދި އެ މައްސަލަ ހައްލުކުރަން ދިރާގުގެ އިންޖިނިއަރުންގެ ޓީމުން މެދުނުކެނޑި މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ވިދާޅުވީ އިއްޔެ އާއި މިއަދު އެ ކުންފުނީގެ ނެޓްވޯކަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަވެފައިވާ ކަމަށެވެ. އަދި މިއަދު މެންދުރު ފަހު ހިދުމަތް ދޭތެރެ ދޭތެރެއިން މެދުކެނޑިގެންދަނީ ދޭ ހަމަލާތައް ކުރިޔަށްވުރެ ވަރުގަދަވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ހަމަލާތައް މިއަންނަނީ ބޭރުން އެކި ދިމާދިމާތަކުން. އެ ދަނޑިވަޅުތަކުގައި މައްސަލައަށް ހައްލު ހޯދަން ވަގުތުތަކެއް އެބަ ނަގާ. އިއްޔެ އާއި މިއަދު މާ ވަރުގަދަ ހަމަލާތައް އައިސްގެން މިއުޅެނީ،" މިރުޝާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ހައްލުކުރަން އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް އެ ކުންފުނީގެ އިންޖިނިއަރުންގެ ޓީމުން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު މައްސަލަ ހައްލުކުރަން މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މިދަނޑިވަޅުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުން ކުންފުނިން ފާހަގަކުރަން. އަޅުގަނޑުމެން މި މަސައްކަތްކުރަނީ މައްސަލަ ހައްލުކުރަން ކެނޑިނޭޅި މަސައްކަތްކުރަމުން،" މިރުޝާން ވިދާޅުވި އެވެ.
ޑީޑޮސް ހަމަލާތަކެއްގެ ސަބަބުން ދިރާގާއި އުރީދޫން ފޯރުކޮށްދޭ އިންޓަނެޓުގެ ހިދުމަތަށް މިދިޔަ ނޮވެމްބަރު މަހު ވެސް ބުރޫ އެރި އެވެ. އެ ގޮތުން، އޭޑީއެސްއެލް އަދި މޮބައިލް އިންޓަނެޓް ދޭތެރެ ދޭތެރެއިން މެދުކެނޑުމާއި ސްޕީޑް ވަަރަށް ބޮޑަށް ދަށްވުން ފަދަ ކަންކަން އޭރު ވެސް ކުރިމަތިވި އެވެ. ޑިސްޓްރިބިއުޓެޑް ޑިނަޔަލް އޮފް ސާވިސް (ޑީޑޮސް) އަކީ މުވާސަލާތީ ހިދުމަތަކަށް އަމާޒުކޮށް، ވައިރަހެއް ނުވަތަ އެ ފަދަ އެހެން ވެސް ވަސީލަތެއް މެދުވެރިކޮށް، މެދުކެނޑުމެއް ނެތި ދޭ ހަމަލާތަކެކެވެ. މި ފަދަ ހަމަލާތަކުގެ ސަބަބުން ހިދުމަތް މެދުކެނޑި، ވެބްސައިޓުތަކަށް ނުވަދެވުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ.
ޑީޑޮސްއާ ގުޅިގެން ދިރާގުން ޑިސްކައުންޓެއް ދެނީ
"އިންޓަނެޓަށް މައްސަލަ ދިމާވަނީ ޑީޑޮސް ހަމަލާއާ ހެދި"
"އިންޓަނެޓަށް މައްސަލަ ދިމާވަނީ ޑީޑޮސް ހަމަލާތަކަކުން"
ދިރާގު ޓީވީ އާއި އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް
ޓެލެކޮމް ދާއިރާއިން ރާއްޖެ ކުރިއެރުވި ދިވެހި ކުންފުނި
ދިރާގު ބިޒް ފައިބަ ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް
ދިރާގު ކަސްޓަމަރުންނަށް ހިލޭ އިތުރު ޑޭޓާ ދޭން ފަށައިފި
ދިރާގުން ފައިބާ ބްރޯޑްބޭންޑް ހިލޭ ގުޅައިދެނީ
ދިރާގުން ހިލޭ ޑޭޓާ އާއި ޑިސްކައުންޓް ޖޫންގައި ވެސް
އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް ދަނީ މަސައްކަތް ކުރަމުން