11 ޖެނުއަރީ 2017
އިންޓަނެޓުގެ ހިދުމަތަށް މި ދުވަސްވަރު އަނެއްކާ ވެސް ބުރޫއަރާފައި ވަނީ ޑީޑޮސް ހަމަލާތަކެއްގެ ސަބަބުން ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.
އިންޓަނެޓުގެ ހިދުމަތަށް މި ދުވަސްވަރު އަނެއްކާ ވެސް ބުރޫއަރާފައި ވަނީ ޑީޑޮސް ހަމަލާތަކެއްގެ ސަބަބުން ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.
މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ދިރާގުން ދޭ މޮބައިލް ޑޭޓާ އަދި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ބައެއް ވަގުތުތަކުގައި މެދުކެނޑުމާއި ސްޕީޑް ދަށްވުން ފަދަ ކަންކަން މި ދުވަސްވަރު ވަނީ އާންމުވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން ދިރާގުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި މިހާރު ކުރިމަތިވެފައިވާ މައްސަލަ ހައްލުކޮށް، ޑީޑޮސް ހަމަލާތަކުން ރައްކާތެރިވުމަށް އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެ ކުންފުނިން އަންނަނީ އަޅަމުންނެވެ. ނަަމަވެސް، އިންޓަނެޓް މެދުވެރިކޮށް ދޭ ހިދުމަތްތައް ބޭނުންކުރުމުގައި މި ދުވަސްވަރު ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުގެ އިތުރުން، ރާއްޖޭގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ދެވަނަ ކުންފުނި ކަމަށްވާ އުރީދޫން ވެސް ވަނީ އެ ކުންފުނިން ދޭ އިންޓަނެޓުގެ ހިދުމަތްތަކަށް ޑީޑޮސް ހަމަލާތަކުގެ ސަބަބުން ބުރޫއަރާފައިވާ ކަމަށް މިދިޔަ ހޯމަ ދުވަހު ބުނެފަ އެވެ. އުރީދޫން ވެސް ބުނީ އެ މައްސަލަ ހައްލުކުރުމަށް އެ ކުންފުނީގެ ފަންނީ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޑީޑޮސް ހަމަލާތަކެއްގެ ސަބަބުން ދިރާގާއި އުރީދޫން ފޯރުކޮށްދޭ އިންޓަނެޓުގެ ހިދުމަތަށް މިދިޔަ ނޮވެމްބަރު މަހު ވެސް ބުރޫ އެރި އެވެ. އެ ގޮތުން، އޭޑީއެސްއެލް އަދި މޮބައިލް އިންޓަނެޓް ދޭތެރެ ދޭތެރެއިން މެދުކެނޑުމާއި ސްޕީޑް ވަަރަށް ބޮޑަށް ދަށްވުން ފަދަ ކަންކަން އޭރު ވެސް ކުރިމަތިވި އެވެ.
ޑިސްޓްރިބިއުޓެޑް ޑިނަޔަލް އޮފް ސާވިސް (ޑީޑޮސް) އަކީ މުވާސަލާތީ ހިދުމަތަކަށް އަމާޒުކޮށް، ވައިރަހެއް ނުވަތަ އެ ފަދަ އެހެން ވެސް ވަސީލަތެއް މެދުވެރިކޮށް، މެދުކެނޑުމެއް ނެތި ދޭ ހަމަލާތަކެކެވެ. މި ފަދަ ހަމަލާތަކުގެ ސަބަބުން ހިދުމަތް މެދުކެނޑި، ވެބްސައިޓުތަކަށް ނުވަދެވުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ.
"އިންޓަނެޓަށް މައްސަލަ ދިމާވަނީ ޑީޑޮސް ހަމަލާތަކަކުން"
ޑީޑޮސްއާ ގުޅިގެން ދިރާގުން ޑިސްކައުންޓެއް ދެނީ
ދިރާގުގެ ނެޓްވޯކަށް ދޭ ހަމަލާތައް ވަރުގަދަވެއްޖެ
ދިރާގު ޓީވީ އާއި އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް
ޓެލެކޮމް ދާއިރާއިން ރާއްޖެ ކުރިއެރުވި ދިވެހި ކުންފުނި
މޮބައިލް އިންޓަނެޓުގެ އާ އަގުތައް ހުކުރު ދުވަހު
ދިރާގު ބިޒް ފައިބަ ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް
މިއަދަކީ ތާރީހީ ދުވަހެއް: އިންޓަނެޓް ހަބޭސް!
އިންޓަނެޓު އަގުހެޔޮ ކުރުމުގެ ތައްޔާރީތައް ނިމިފައި
އިންޓަނެޓް ހެޔޮކުރީ އާ އޮޕަރޭޓަރުން ނުގެންނަގޮތަށް