09 ޖޫން 2016
ދިމިޝްގު (ޖޫން 9) - ސީރިއާގެ ހަލަބް ސިޓީގައި ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ހިސާބުތަކުގެ ހޮސްޕިޓަލްތަކަށް ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 15 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
ދިމިޝްގު (ޖޫން 9) - ސީރިއާގެ ހަލަބް ސިޓީގައި ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ހިސާބުތަކުގެ ހޮސްޕިޓަލްތަކަށް ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 15 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
ތިން ގަޑިއިރު ތެރޭ ތިން ހޮސްޕިޓަލަކަށް ހަމަލާދީފައިވާ ކަމަށް ވެސް އދ. އިން ބުނެފައިވެ އެވެ. މީގެ ތެރޭގައި ކުޑަ ކުދިންގެ ހޮސްޕިޓަލެއް ވެސް ހިމެނެ އެވެ. ހަމަލާތަކާ ގުޅިގެން އިންކިއުބޭޓަރުގައި ތިބި ތުއްތު ކުދިން ވެސް ނަގަން ޖެހުނު ކަމަށް އދ. އިން ބުނެފައިވެ އެވެ. ހަލާކުވެ އަނދަމުންދާ އިމާރާތްތަކުން ކުޑަ ކުދިން ނެރޭ މަންޒަރު، ހަމަލާ އަށް ފަހު އާއްމުވި ވީޑިއޯ ފުޓޭޖްތަކުން ފެނެ އެވެ.
އަނެއް ހަމަލާ އަރާފައި ވަނީ އިރުމަތީގެ ޝާރް އަވަށުގެ ބަޔާން ހޮސްޕިޓަލަށް ކަމަށް މޮނިޓާރިން ގްރޫޕުން ބުންޏެވެ.
"އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް ސިއްހީ ޚިދުމަތްދޭ އާލާތްތައް ވަނީ ހަމަލާތަކުގައި ހަލާކުވެފައި. ވޭތުވެދިޔަ ދެ ހަފުތާގައި އެކަނިވެސް ހަ ހޮސްޕިޓަލަކަށް ހަމަލާދީފައި ވަނީ،" ޔުނިސެފް
ހޮސްޕިޓަލްތަކަށް ވައިގެ ހަމަލާ ދިނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. އެކަމަކު ހަނގުރާމަވެރިންގެ އަތް ދަށުން އެ ސިޓީ ހިފުމަށް ހަމަލާ ދެމުންދަނީ ސަރުކާރު ސިފައިންނެވެ.
މެދުއިރުމައްޗާއި އުތުރު އެފްރީ އަށް ކަނޑައަޅާފައި ހުންނަ ޔުނިސެފުގެ ރީޖަނަލް ޑިރެކްޓަރު ޕީޓާ ސަލާމާ ވިދާޅުވީ ހަމަލާ އަމާޒުވީ އިރުމަތީގެ ހޮސްޕިޓަލްތަކަށް ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ސިއްހީ އޮފިޝަލުން ހިމެނޭ ކަމަށް ވެސް އދ. އިން ބުންޏެވެ.
"އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް ސިއްހީ ޚިދުމަތްދޭ އާލާތްތައް ވަނީ ހަމަލާތަކުގައި ހަލާކުވެފައި. ވޭތުވެދިޔަ ދެ ހަފުތާގައި އެކަނިވެސް ހަ ހޮސްޕިޓަލަކަށް ހަމަލާދީފައި ވަނީ،" ޑރ. ސަލާމާ ވިދާޅުވި އެވެ.
ހޮސްޕިޓަލްތަކަށް ހަމަލާތައް އަމާޒުވި ނަމަވެސް، ސީރިއާގެ އާ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ރައީސް ބައްޝާރުލް އަސަދު އަންގާރަ ދުވަހު ވިދާޅުވީ ދެކޮޅުވެރިންނަށް ސީރިއާގެ ބިމުން އެންމެ އިންޗިއެއް ވެސް ދޫނުކުރާނެ ކަމަށެވެ.
ސީރިއާގެ 10 ހޮސްޕިޓަލަކަށް ވަނީ ވައިގެ ހަމަލާދީފައި
ހަލަބުގެ ކުޑަ ކުދިންގެ ހޮސްޕިޓަލަކަށް ބޮން އަޅައިފި
ސީރިއާގެ އިދްލީބަށް ދޭ ހަމާލަތައް ވަރުގަދަކޮށްފި
ކެމިކަލް ހަމަލާއެއް ދީފި ނަމަ އަދިވެސް ބޮން އަޅާނަން
100 އަށް ވުރެ ގިނަ މިސައިލް ސީރިއާ އަށް ފޮނުވާލި
އެމެރިކާ އިސްވެ ސީރިއާ އަށް ވައިގެ ހަމަލާ ދީފި
ވައިގެ މަރުކަޒަށް ހަމަލާ ދިނީ އިޒްރޭލުން: ސީރިއާ
ސީިރިއާގެ ވައިގެ މަރުކަޒަކަށް މިސައިލް ހަމަލާދީފި
ޣޫތާގެ ސްކޫލަކަށް ދިން ހަމަލާގައި 15 ކުދިން މަރު
އިރުމަތީ ޣޫތާގެ ދެބައިކުޅަ އެއްބައި ހިފައިފި